ދިހަ ޓަނު މަހާއެކު ދަތުރުކުރި ގާފަރު "ހުދަންބަރު" ދޯނި ފ.އަތޮޅު ހިމިތި ކަނޑުގެ ދެކުނު ފަރާތުގެ ކަންމަތީ ފަރަކަށް އަރާ، އެތާ އޮއްވާ ދެބުރި ވެފައިވަނީ އޭތި ފުންކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ކަމަށާއި އެ އާއިލާއަށް ދައުލަތުން ބަދަލުދޭން ޖެހޭނެ ކަމަށް ގާފަރު ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެެމްއެންޑީއެފްއިން މީގެ ކުރިން މައުލޫމާތު ދިނެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އޭގެ ފަހުން ދޯނި ފުންނުކުރެވި އޮއްވާ، އެ ދޯނި މިހާރު ވަނީ ދެބުރި ވެފައެވެ.
އެކަމާއި ގުޅިގެން ގާފަރަށް ދަތުރުކުރަމުން ލޯންޗް މަތީގައި އިންނަވައިގެން "ވަގުތު" އާއި ވާހަކަދައްކަވަމުން މެންބަރު ޖާބިރު ވިދާޅުވީ އެ ދޯނި ދެބުރި ވުމަކީ މުޅި އާއިލާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި އޭނާ ވެސް އެ އާއިލާގެ ހިތާމާއިގައި ބައިވެރިވުމަށް ގާފަރަށް ދަތުރުކުރަމުންދާ ކަމަށެވެ.
"މިހާރު އަޅުގަނޑުވެސް މި ދަނީ އެ އާއިލާގެ ހިތާމާއިގާ ބައިވެރިވުމަށް ގާފަރަށް ދަތުރުކުރަމުން. މިއީ ވަރަށް ބޮޑު ގެއްލުމެއް. ކުރީބައިގައި އޭތި ފުން ނުކުރެވުނީމާ ވީގޮތް މީ. އަޅުގަނޑު ގޮވާލަން ސަރުކާރުން އެ އާއިލާއަށް ބަދަލު ދޭން" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދާއިރާގެ ދޯންޏެއް ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ވަގުތުން އެކަން ޑިފެންސް މިނިސްޓަރަށް އެންގިން ކަމަށާއި އަދި ސިފައިންގެ މޭޖާރ ޖެނެރަލް ޝަމާލަށް ވެސް އެކަން އަންގާ، ދޯނި ފުންކުރުމުގައި އެހީތެރިވުމަށް އެދިފައިވާނެ ކަމަށެވެ.
އެކަމަކު، މިހާރު ދޯނި ވަނީ ދެބުރިވެފައެވެ. އޭނާ ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް އަޅާލަން ޖެހޭ ކަމަށާއި މަސްވެރިކަން ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އާއިލާއަށް ބަދަލުދިނުމަށް އޭނާ ވަނީ އެދިފައެވެ.
ޢިންޑިއާ ބޯޓެއް ނަމަ ވަގުތުން ފުންކުރީސްިއީ ސަރުކާރުގެ ހުރިހާއުޅަނދެއްނެއްލައިގެން އެލާޓުގަ އެކަންކޮށް ނިންމާލާނެ ދިވެހިންނަށް އޮތީ މިގޮތް މިނޫންގޮތެއްނެތް.........ގައުމުފުނޑިއްޖެ.
ޢިންޑިއާ ބޯޓެއް ނަމަ ވަގުތުން ފުންކުރީސް ސަރުކާރުގެ ހުރިހާއުޅަނދެއްނެއްލައިގެން އެލާޓުގަ އެކަންކޮށް ނިންމާލާނެ ދިވެހިންނަށް އޮތީ މިގޮތް މިނޫންގޮތެއްނެތް.........ގައުމުފުނޑިއްޖެ.
ހުންގާނުގައި ހުރި މީހާގެ އިހުމާލެއް ނެތްބާ؟
މަޑުން ތިބެމާހިނގާ ފަހުން ރަނގަޅުވާނެ. އޮކޭނުން
ޖާބެ ބުންޏަސް ތެދެއްވިއްޔާވާނީ ތެދަކަށް