ކ. ގާފަރުގައި ރޭ މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރް ޖަލީލް ވިދާޅުވީ ރޭ ގެސްޓު ހައުސްގައި މަރުވެފައި އޮތް އަންހެން މީހާގެ ހަށިގަނޑު ފުލުހުން މިހާރު މާލެ ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ގެންދިޔައީ ރޭ ފަތިހު 4:30 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

މުބައްޝިރު ވިދާޅުވީ އެ އަންހެން މީހާ ގާފަރަށް އައީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ އުޅެމުން ދިޔައީ އެކަނި ކަމަށް ވިދާޅުވިއެވެ.

އެ އަންހެން މީހާ މަރުވި ވަކި ސަބަބެއް ނޭނގޭ މުބައްޝިރް ވިދާލުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނީ އއ. ބޮޑުފުޅަދޫއަށް އުފަން އުމުރުން 28 އަހަރު ނާޖިލާ ލުތުފީއެވެ.

ނާޖިލާގެ މަރާ ގުޅޭގޮތުން ގާފަރު މީހަކު މައުލޫމާތު ދިން ގޮތުގައި އޭނާގެ ކަރަށް ވަޅިއަކުން ދިން ޒަހަމެއް ފެންނަން ހުރި ކަމަށާއި ނަމަވެސް އެއީ އޭނާ އަމިއްލައަށް ދިން ޒަހަމެއްކަން ނުވަތަ އެހެން މީހަކު ދިން ޒަހަމެއް ކަން ކަށަވަރު ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަރީ

    މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތައް ހެދުމާ ހޯމްސްޓޭ އަށް ފުރުޞަތު ދިނުމަކީ ދިވެވެހި އިސްލާމީވަންތަކަން ގެއްލި ވިޔާނުދާ ކަންކަމަށް މަގުފަހިވާ ކަންކަމެވެ. އެކަންޏާ ދެކަނީގެ ނާޖާއިޒު ދީނާ ޚިލާފު ކަންކަން މިފަދަ ގެސްޓް ހައިސްތަކުގައި ހިނގާކަން މިއީ އެންމެން ދަންނަ ސިއްރެކެވެ. ކާވެނި ނުކޮށް ގެސްޓްހައުސްތަކުގައި ނިދާލަން އަންނަ ޒުވާން ކުދިންގެ ކަންކަން ބަލާލާނެ މީހަކީ ކޮބައިތޯއެވެ؟ މިފަދަ ވާހަކައެއް ދައްކާ މީހަކީ ކަޓު ޒަމާނާ ނުގުޅޭ ހޭލުންތެރިކަން ކުޑަ މީހަކަށް އޮންނަނީ ވެފައެވެ. ޑޮލަރުގެ ފުނިވަރަކުންވިޔަސް މަރުގެ ކުރިމަތީ ދެއްކޭނީ ކޮންގަދައެއްހެއްޔެވެ. މަދު ފައިސާކޮޅުންވެސް ރަނގަޅު ދިރިއުޅުމެއް ބިނާކުރަނީ އާޚިރުގެ ފައިދާއަށެވެ. މިއަދު އަހަރެމެންގެ ބައެއް ދިވެހިންގެ ކަންކަން ހުރިގޮތުން ދުނިޔެއަށްފަހު ދާންއޮތް އެހެންތަނެއް ނެތްހެން ހީވެއެވެ. ހިސާބު ބެއްލެވުމެއް ނެތްހެން ހީވެއެވެ. އެކަމަކު އެހެން އެކަންވާނެހެއްޔެވެ؟

    1
    2