ހއ. މުރައިދޫ ބަނދަރުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީއިން މިއަދު ބުނީ މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށެވެ.

މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރޭގައި 29،841 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުުރުމާއި 3،546 ކިއުބިކް މީޓަރުގެ ފުޅާމިނުގައި ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި 212 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ.

އަދި ބަނދަރުގެ 50 މީޓަރުގައި ގްރޮއިން ޖަހާއި 107 މީޓަރު އެގްޒިސްޓިން ބްރޭކްވޯޓާ ރިފްރޮފައިލް ކުރުމުގެ އިތުރުން އެއްގަމު ތޮށިން ބޭރު ތޮށްޓަށް އަރަން ބްރިޖެއް ހެދުމާއި ރޭމްޕް ހެދުމާއި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 33.7 މިލިޔަން ރުފިޔާއެވެ.