ހއ. މުރައިދޫ ބަނދަރުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 72 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.

މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

އަދި، ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް މިހާރު ވަނީ 17 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ.

އަދި ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.