ސިޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ރިޔާސީ އިންތިހާބުގައި މިފަހަރު އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރިޔާސީ ކެމްޕޭނަށް މިއަދު ހއ. މުރައިދޫ ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކުޑަ ރަށަކަށް އެމަނިކުފާނުގެ ސަރުކާރުން ނުބައްލަވާނެ ކަމަށެވެ. މިރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ތަފާތު ކުރުމެއް ނެތި، ފުރިހަމަ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެެވެ.

"މިރަށުގައިވެސް ދިރިއުޅެނީ ދިވެހި ރައްޔިތުން، މިރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ތަފާތު ކުރުމެއް ނެތި އަޅުގަނޑުމެން މި ދަނީ ފުރިހަމަ ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ އިންތިހާބުގައި ވީ ވައުދުތައް ބަރާބަރަށް ކޮށްދީ މި ދައުރުގައި ނިންމަދޭނަން.".

ރައީސް ވިދާޅުވީ، ގުޅިފައިވާ ޕާޓިތަކުގައި އޮތީ އެއް މަގްސަދެއް ކަަމަށެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމާއި، ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން ހުންނާނެ، އެހެން ނަމަވެސް އެ އަށްވުރެ އިސް މި ކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް".

ރައީސް ސޯލިހް ހއ. މުރައިދޫއަށް ވަޑައިގަތުން - ފޮޓޯ: ޝަހޫ ރިޒާ

ރައީސް ވަނީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ރިޔާސީ އިންތިހާބުގައި މިފަހަރު ގުޅިފައިވާ ޕާޓީތަކަށް ވޯޓު ދެއްވުމަށް މިރަށުގެ ރައްޔިތުންނަށްވެސް ގޮވާލައްވާފައެވެ.

"މިއީ ގެއްލިގެންދާނެ އެއްޗެއް، ތިޔަ ބޭފުޅުން ތި ހޮއްވަވަނީ ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް. ވޭތުވެދިޔަ ތަނުގައި ވެރިއަކު ފަސް އަހަރަށް ހޮވީމަ، އަދި އޭގެ ކުރީ ފަހަރުވެސް ހޮވީމަ ވީގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ".

އަދި ވިސްނަވަންވީ ވީވައުދުތަކާއި އެއްގޮތަށް، ސުލްހަވެރިކަމާއި އަމާންކަމާއި އެކީގައި ރާއްޖެ ކުރިއަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުން ކަމަށްވެސް ރަައީސް ވަނީ ވިދާޅުވެފައެވެ.

"މި ވޭތުވެދާ ފަސް އަހަރު ތެރޭގައި ތިޔަ ބޭފުޅުންނަށް ވަރަށް ސާފު ފެނިވަޑައިގަންނާނެ، އަޅުގަނޑުމެން ކަންތައް ކުރަމުން އައި ގޮތް، ސިޔާސީ ހަބޮލިކަމުގެ ތެރެއަށް ނުގޮސް، އެކަހެރިކޮށް އަޅުގަނޑުމެންގެ އަމާޒަކަށްވީ ސީދާ އެ ވީ ވައުދުތައް ފުއްދުމަށް.".

ފާޑުވެސް ކިޔާ ކަމަށާއި، އެކަންކަން ހައްދުންވެސް ނައްޓައިގެން ދާވަރުވިޔަސް، އެކަމާ އަޅާ ނުލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ކުރުކޮށް މިބުނަނަީ ނުދޭނަމޭ.!!

    29
    1
  2. Anonymous

    ތިވޯޓް ވާނީ މޯދީއަށް ދެވޭ ވޯޓަކަށް. އަހަރެމެން ސޯލިހާ ދެކޮޅުވާ އެންމެ ބޮޑު ސަބަބަކީ މުސްލިމުންގެ ދުޝްމަނުންނާ އޮންނަ ގާތް ގުޅުން. އިންޑިޔާގައި އެތަން ޒަމާނެއްވެފައިވާ އާސާރީ މިސްކިތްތަކުގަ ހުޅުޖަހާ އެތަންތަން ނަފާކުރާއިރު "އިންޑިޔާ ފަސްޓް" ކިޔައިގެން އިންޑިޔާގެ ހިންދޫންގނޑު ދިވެހިގައުމަށް ތި އެތެރެކުރުވަނީ.

    28
    1
  3. ސުވާލު

    އިބުރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭންވީ ކީއްވެ؟ އެކަށީގެންވާ ރަނގަޅު ސަބަބެއް ބުނެދީފިއްޔާ އަހަރެންގެ ވޯޓު އިބުރާހިމަށް ދޭން ތައްޔާރު.

    25
    3
    • ހުސޭނުބޭ

      ޤައުމު ދަރުވާލާ ޤައުމީ ދަރަނި 130 ބިލިއަނަށް އަރުވާލި
      އެއްވެސް މަރަކަށް އިންސާފެއް ނުހޯދުނު
      ހިއްކިފަޅެއް އެޅި ފްލެޓެއްނެތް. ކަނޑުއަޑިން ގޯތި ދިން
      ރޔަލް ރޭޕް ކޭސް ހިންދާލި
      ކަނޑު ވިއްކާލާ ކޭންޕޭނަށް ލާރި ހޯދި
      ފަނޑިޔާރުގެ އޭނާގެ ބަނޑުދަށަށް ލި
      ޕާޓޭން ފުލުހުންގެ ޔުނިފޯމް އަޅުވައިގެން ރައްޔިތުންނަށް ހާނިކަކުރަން ނެރުނު
      ބަދަލުގެ ގޮތުގައޭ ލިޔާ އޭގެ ގާތް މީހުންނަށް ފަޅުތަކާއި ރަށްތަކާއި އެތައް ފައިސާއެއް ދިން
      އޭނާއާ ގުޅުން ހުރި މީހެއްވިއްޔާ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ޖަލުން މިނިވަންކުރޭ
      އާރުޑީސީ ގެ ޕެޓީކޭޝް މައްސަލަ ނުބަލަން ފުލުހުންނަށް އެންގި.
      އަދި އަލްގިރި ސަލާމްބުނި

      12
  4. ކަމަނަ

    މިހާރުން މިހާރަށް ހުރިހާ ކެންޑިޑޭޓުން ކެންޕެއިން ހުއްޓާލުމަށްފަހު ރައީސަށް ވޯޓު އަޅަން ގޮވާލާ މިޔޮއްކޮއްދޭ ބޮޑެތި މަސްރޫއުތަކަށް ވިސްނާފަ ދަރިންގެ ދަރިންގެ ބޮލުގައި ދަރަނި އެޅުވުމަށް މި ރައީސް ފަހަތަށް އަރާ

    14
    1
  5. ރައޫފާ

    ޔަގީނުންވެސް އަހަރެއްގެ ވޯޓެއް އަދި އަހަރެއްގެ ބާރެއްވެސް ހިގާމީހަކު މި ސަރުކާރަން ވޯޓެއްދޭކަން ނުކުރޭނެ

    25
    1
  6. ޙިންނަބެ

    ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ދަރިންގެ ބޮލުގައި ދަރަނި އަޅުވަނުން ދުވާއިރު ވޯޓުނުލާންވީ ސަބަބެއްނެތް މި ރައީސް އަށް ވޯޓްލާ ކަލޭނޭ ވޯޓުލާ

    14
    2
  7. އަދުހަމު

    ފެށި މަސެއްކަތްތައް ކުރިއަށް ނުދޭ ކިހިނެއް ވޯޓު ދޭނީ

  8. ލިކާ

    ފައްކާ މަރުމޯލެއް

  9. ލިކާ

    ގައުމު ދަނީ ފަހަތައް .. ނިކަމެތިން ނިކަމެތި ވަނީ.. ކަނޑުތައް ވިއްކނީ

  10. އުގުރި

    ދެން ކޮންކަމަކާތޯ ތިޔަ ބޭކަރު ހަރަދުކޮށް ތިޔަ ކެންޕޭން ކުރައްވަނީ..

  11. ރަން ރީނދޫ

    ނުހޮވޭނެކަން ޔަގީންވެ،އިދިކޮޅަށް އާދޭސް ކުރަން ފަށައިފި.

  12. ސާރާ

    ދެން ކަލެޔަށް ވެރިކަން ދީފިނަމަ ދިވެހިރާއްޖޭގައި ތިބޭނީ ދިވެހިންނަށވުރެ ގިނއިން އިންޑިޔާމީހުން. އިސްލާމްދީން އެއްކޮށް ރާއްޖެއިން ފޮހެވިގެން ދާނެ. ޜާއްޖެވާނީ ދަރަނިން ދަށްމަޅިޖެހިފައވާ އިންޑިޔާގެ އަޅުވެތި ސިޓީއަކަށް. ސޮރީ

  13. 😆

    ނުޖެހެ…

  14. އުންމީދު

    ކިނބުލާ ކަލެއަށް ދޭނެ ވޯޓެއްނެތް.

  15. ޙަސަން

    ނެތް ދެވޭކަށް. ގާބިލްކަމެއް ނުފެނުނު 5 އަހަރުގައި

  16. ޔާ ސީ ނު

    ވާނުވާ ރައީސް..ދުނިޔޭން ބޭރުގަ.....

  17. ީިއިމުރާން

    އިމުރާާނު އެ ބުނަނީ އެއް ބުރުންނޭ..ކޮންބައެއް ކަމެއް ނޭންގުން އެހާ ގިނަ ވޯޓް ދެނީ.ޗޯރޭއަށް ވޯޓް ދޭނެ މީީހަކާ އަދި ދމާލެއްނުވޭ...ދެވަނަ ދައުރު އޮޅާލާ..