ނިރުބަވެރި، ހަނގުރާމަވެރި ޖަމާއަތްްތަކުގެ ލިސްޓު އަލުން މުރާޖައާ ކުރުމަށް ފަހު އާންމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ.

ރައީސް އޮފީހުން އާންމުކުރި ލިސްޓުގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ހިމެނޭގޮތަށް މުރާޖައާކޮށްފައެވެ.

"....[މި ލިސްޓު] ގެޒެޓުކުރުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާތީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، ޢާންމުކޮށް އަންގައި އިއުލާނު ކުރީމެވެ." ރައީސް އޮފީހުން ކުރި އިއުލާނުގައި ވިދާޅުވިއެވެ.

މި ލިސްޓުގައި ނިރުބުވެރި ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ފާހަފަކޮށްފައި ވެއެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ވަނީ ފާހަގަކޮށްފައެވެ.

ލިސްޓުގައި ފާހަގަކޮށްފައިވާ ޓެރަރިސްޓު ޖަމާއަތްތައް:

  1. އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ (ISIS)
  2. އަލް-ގައިދާ (AQ)
  3. ޖަބްޙަތު އަލް-ނުސްރާ
  4. ލަޝްކަރޭ ތައިބާ
  5. އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ (AQAP)
  6. އަލް-ޤައިދާ އިން ދި އިސްލާމިކް މަޣްރިބް (AQIM)
  7. އަބޫ ސައްޔާފް
  8. ބޯކޯ ހަރަމް
  9. އަލް ޝަބާބް
  10. އަލް-ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް (AQIS)
  11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (TTP)
  12. ޙަރަކާތުލް ޖިހާދު އަލް-އިސްލާމީ (HUJI)
  13. ޖައިޝޭ މުޙައްމަދު
  14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް –ޚުރާސަން
    ޕްރޮވިންސް
  15. ނޭޝަނަލް ތައުޙީދް ޖަމާޢަތް
  16. ވިލާޔަތް އަލް ސޭލާނީ
  17. ޖަމާޢަތު މިއްލަތޭ އިބްރާހީމް
  18. ހައިއަތު ތަހްރީރް އަލްޝާމް
  19. ޚުއްރާސް އައް ދިން

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    މިރާއްޖެއަށް އަސަރުކުރަނީ ތިކަމަކުންނެއްނޫން. ލާފިނިއްޔަތުގެ ސަބަބުން. ހުރިހާ ލާދީނީ ޖަމާއަތެއް ގެ ލިސްޓުވެސް އާންމުކޮށްބަލާ އިބުރާހިމް

  2. Anonymous

    ކުރުގޮތަކަށް ހުރިހާ ސުންނީ މުސްލިމުން ބަރާބަރަށް ނަމާދުކުރާ ނަމަ ޔޯގާނަހަދާނަމަ ނިރުބަވެރިން ދެއްތޯ

  3. ކަންކަންނުވީމާ މަތިޖަހާ ސަރުކާރު

    ކޮބާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ކޮބާ އިޒްރޭލުގެ ވާހަކަ އެއީ ވެސް މުސްލިމުން މަރާ ނިރުބަވެރި ތަންތަން އިންޑިޔާ ވެސް

  4. އައްޑޫ ޑޯން

    ކޮބާ ޔޫރަޕުން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ހައްދުފަހަނަޅައިފައިވާ ސަހުޔޫނީ ޓެރަރިސްޓް ޖަމާޢަތްތައް؟ ކޮބާ އިންޑިއާގެ ހައްދު ފަހަނަޅައިފައިވާ ހިންދޫ ޓެރަރިސްޓް ޖަމާޢަތްތައް؟ ދިވެހިދައުލަތުން ޓެރަރިސްޓު މިލަފުޒް މާނަކުރާ ގޮތް ރައިޔަތުން ނައް ތިލަވާން އެބަޖެހޭ…

  5. ހުސެންބެ ބ

    އިންޑިއާ ގެ ހިންދުވާތާ ގޮފި އާރުއެސްއެސް ކޮބާ .ހިންދީން ނުވާނީތަ ނިރުބަވެރީންނަށް މަޖަލެއް ނުންތަ މި ކޮހުން ހަމައެކަނި އިސްލާމްކިޔައިފިއްޔާ މިވަނީ ނިރުބަވެރިންނަށް.މި މީހުން ގަޅިކަމާ

  6. ހުސެންދީ

    ތި ލިސްޓްގަ ތިހިރީ ހުސް އިސްލާމިސްޓްސް އަށް ނިސްބަތްވާ ޖަމާތްތަށް. އެހެންދީން ތަކަށް ނިސްބަތްވާ ބައިވަރު ނިބުރަވެރި ޖަމާތްތައްވެސް ހުރޭ. އަދި ވަކިދީނަކަށް ނިސްބަތް ނުވާ ނިބުރަވެރި ޖަމާތްތަށްވެސް ވަރަށް ގިނަވާނެ. ތި ލިސްޓް ފުރި ހަމަ އެއް ނޫން. އެން.ސީ.ޓީ.ސީ ގެ ބޭކަލުންނާއި ކަނބަލުން މިއަށްވުރެ ރަނގަޅަށް ދިރާސަކުރަން ޖެހޭ.

  7. އާނީ

    ތިއޮތީ އަނެއްކާވެސް މިސަރުކާރުގެ މިންވަރުން މެގަ ޕުރޮޖެކްޓެއް ނިންމާލެޗިފަ. އަވަހައް ރިބަން ކަނޑާ.

  8. ކެރަފާ އައުޓް

    ތިލިސްޓައް އެމްޑީޕީ ވެސް އިތުރުކޮއްލާ. ނޮވެމްބަރު 3 ގައި މިގައުމަށް އަރާ ދިވެހިން މެރި މީހުން އެމްޑީޕީގެ ކުރީގެ ތިބީ.

  9. ޅޮލް

    ކޮބާ އެމް.ޑީ.އެން. ؟؟ ކޮބާ ނޭ.ޓޯ ؟؟؟ ކޮބާ ޒަޔަނަނިސްޓް ރަޖީމް އޮފް ވެސްޓްބޭންކް ؟؟؟

  10. ާބޮއޯ

    އަދާލަތު ޕާޓީ

  11. ޑައެލޯގް

    މިސަރުކާރު ހިންގަނީ ޔަހޫދީންގެ ފައްޅިތަކުންނެވެ. އެހެންވެ ރަސޫލާއަށް ފުރައްސާރަކުރާމީހުނާއި މިސްކިތައް ބޮޑުކަމުދާމީހުނާއި، ބުދަށް އަޅުކަންކުރަމުން ރަށެއްގައި ދުވިއިންޑިޔާމީހާއަށް ހިމާއަތްލިބިގެންއެވަނީ އަދި ޔޯގާއާއި ޝިރުކުގެ އަމަލު ހުއްޓުވާމީހުނަކީ ޓެރަރިސްޓުންކަމަށްވެފައެވަނީއެވެ.