ބަހްރެއިނުގެ ރަސްގެފާނުގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަހްރެއިނަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ވިދާޅުވީ ބަހްރެއިންގެ ރަސްގެފާނު ހައްމާދު ބިން އީސާ އަލް ހަލީފާގެ ރަސްމީ ދައުވަތަކަށް ރައީސް މާދަމާ ބަހްރެއިނަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ ރައީސް ބަހްރެއިނަށް ކުރައްވާ ދަތުރުފުޅު ތިން ދުވަހަށް ދެމިގެންދާނެއެވެ.

މިގޮތުން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ރައީސް އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.