މުސްތަގުބަލަށްޓަކާ ދަރިވަރުން ތައްޔާރުކުރުމަށް މުދައްރިސުން ކުރަނީ ބުރަ މަސައްކަތެއް ކަމަށާއި، އެކަމަށް ޝުކުރުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓީޗަރުން އުގަންނައިދޭ ރަނގަޅު ކަންކަމަކީ އަބަދަށް ދަރިވަރުންގެ ކިބައިގައި ހަރުލާނެ ކަންކަން ކަމަށާއި، ދަރިވަރުން ތަރުބިއްޔަތުކުރުމަށް އެފަރާތްތަކުން ކުރައްވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ވަނީ މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާ އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކެއްގެ ހުރިހާ ސްކޫލްތަކެއްގައިވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ޓީޗަރުންގެ ދުވަހު އެފަރާތްތަކަށް އަގުވަޒަންކޮށް ހަދިޔާ އަދި ކާޑުތައް ދިނުމާއި، ބެލެނިވެރިން ބައިވެރިވާ އެކި ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މުދައްރިސުންގެ ދުވަހަކީ މުދައއްރިސުން ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފާހަގަކުރާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    މުސާރަ ކުޑައޭ ކިޔާފަ ކުޑަކުދިން ކައިރިއަށް ކަޅުހެދުން ލައިގެން ދިޔުމަކީ ވަރަށް ބުރަ މަސައްކަތެއް

    2
    1
  2. ނަޒީ

    މީނާ ނުކިޔަވާހުރެ ދަރިވަރުންނޭ ޓީޗަރުންނޭ ކިޔަން ލަދެއްވެސް ނުގަނޭހެއްޔެވެ؟

  3. އަހްމަދު

    ސޯލިހްކަލޭބޭކާރުއަގަނުތަޅާ ޓީޗަރުންނައް އޯވަޓައިމްނުދީ ދުވާލުހަތަރުދަމު ސުކޫލްތެރޭގައުޅެން މަޖްބޫރުތިކުރުވަނީއެއީ އެޓީޗަރުންނައްދެވޭއަނިޔާއެއް އިތުރުގަޑީގަ މަސައްކަތްކުރުވާނަމަ އިތުރުގަޑީގެލާރިދޭންވާނެ އެހެންނޫނީ އިތުރުގަޑީގަ އެޓީޗަރުން ސްކޫލްތެރޭގަނުގެންގުޅުއްވާ

  4. ޚޙގފ

    ޕުރީސުކޫލު ތީޗަރުންނައް އެއްވެސް ގޮތަކައް ސަރުކާރުން އަޅައެއްނުލާ