އދ. މަންދޫ ބަނދަރު ތަރަގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަަސައްކަތުގެ 94 އިންސައްތަ ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އައު ހާބާ ބޭސިން ފުންކުރުމުގެ މަަސައްކަތުގެ 94 އިންސައްތަ މިހާރު ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަދި 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީއިން ހާމަކުރެއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މި މަސައްކަތަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ