ހއ. މޮޅަދޫ ސިއްހީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފިއެވެ.

މޮޅަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަހުމަދު އަޝްރަފް "ވަގުތަށް" ވިދާޅުވީ އެ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސީ އިއްޔެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށޤ ކަމަށެވެ.

"އެ ބޭފުޅުން ޕްލޭން ކޮށްފަ އޮތީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވިހަން ދިއުމަށް. އެކަމަކު ކަން ދިމާވި ގޮތުން އިއްޔެ ހަވީރު ބަނޑުގައި ރިއްސާތީ މި ކޮޅަށް އައީ. މާ ގިނައިރެއް ނުވާނެ ވިހައިފި." އަޝްރަފް ވިދާޅުވިއެވެ.

މޮޅަދޫ ހެލްތް ސެންޓަރުގައި ލޭބާ ރޫމެއް ވެސް ނުހުންނަކަން ފާހަގަކުރަމުން އަޝްރަފް ވިދާޅުވީ ވަސީލަތްތައް ނެތި، އެ މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތުން މީހަކު ވިއްސީތީ އެކަމާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އުޅުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވެވިއެވެ.

އަޝްރަފް ވިދާޅުވީ މަންމައާއި ދަރުފުޅުގެ ހާލު ރަނގަޅު ކަމަށާއި ވިހެއުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

އަދި ހޯރަފުށީ ހޮސްޕިޓަލުގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިހާރު އެ ދެމައިން ދިއްދޫ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުޑަމުހައްމަދުބޭ

    އެއީމިރާއްޖޭގައި ހުރި އެއްމެޒުވާން މިނިސްޓަރ ނަސީމަށްލިބުނުއެވޯޓާ އެމަނިކަފާނުގެ ވިދާޅުވެފައިވާ ސިއްހީނިޒާމަށް ގެނައި އިގިލާބީބަދަލުމިފެންނަމުންދާކަމުގެ ހެކި

    6
    1
  2. Anonymous

    ހުރިހާ މުވައްޒަފުން ވެގެންތޯ ގުދުރަތީ ވިހެއުމެއް ވިއްސީ.

    7
    1
    • ޠަޢޫން

      ކީއްވެބާ މީގެކުރިން އެކަހަލަ ވިހެއުމެއްވެސް މިތަނުގަ ނުވިހޭ؟ ޔާގުންޑާ ކީއްވެބާ އެކަހަލަ ކަމެއް ނުކުރުވޫ؟

      2
      4
  3. ވަހުތާން

    ވިއްސީއަކީ ނޫނެއްނު؟ ވިހެއީނު.

  4. ޕޮގުބާ

    ވިއަސީއެއްނޫން ވިހެއީ ކަންދިމާކުރި ގޮތުން

  5. ކައުންސެލަރު 🙌

    މިސަރުކާރުގެ ރިޔާސީ ވައުދެއް ކޮންމެ ސިއްހީ މަރުކަޒެއްގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުން. ކިތައް ކިތައް މަރުކަޒުގަބާ އެކްސްރޭ ނަގަންފެށީ. ހުރިހާ ގުނބޮލުން ތިބޭ ކިޔާ ލަވަޔަށް ނަށާފައި އަތްޖަހާފައި ވޯޓުލާން

  6. އަހުމަދު

    އަހަރެންކުޑައިރު އަހަރެންގެ ކޮއްކޮމެން ވިއްސީގޭގައި އަހަރެން އެ ވަގުތުތައް އެބަ ހަނދާންވޭ... އެއީ މީގެ 39 އަހަރުވަރު ކުރި....