މި އަހަރު ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދިޔައިރު ގަވައިދާ ހިލާފަށް އެހީތެރިން ގެންދިޔަ ކަމަށް ކުރެވުނު ތުހުމަތު އިސްލާމިކް މިނިސްޓްރީން ދޮގޮކޮށްފި އެވެ،

ހައްޖާއި އުމްރާއި ދަތުރުތަކުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ބޭފުޅުން ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުވާލުމުން އަރަބި ބަސް ދަންނަ ގާބިލު ބޭފުޅުން ކުރިމަތިލެއްވުމުން ވެސް އަދާލަތު ޕާޓީއާއި އިސްލާމިކް މިނިސްޓްރީގެ ތެރެއިން ވަކި ބަޔަކަށް ގެންދިޔަކަށް އޮތީ ތުހުމަތު ކުރެވިފަ އެެވެ.

އެހެންވެ އޭގެ ހަގީގަށް ހޯދަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބު މިއަދު ވަނީ މަޖިލީހުގައި އިއްވައިފަ އެވެ.

ތުހުމަތުތައް ދޮގުކުރައްވައި މިނިސްޓަރު ވިދާޅުވީ ހައްޖު އެހީތެރިން ހޮވީ ކުރިމަތިިލީ ފަރާތްތަކާއި އިންޓަވައިކޮށް އޭގެން އެންމެ މަތިން މާކްސް ލިބުނު ބޭފުޅުން ކަމަށެވެ.

އަދި އެހީތެރިންގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ހައްޖަށް ގެންދިޔައީ އެންމެ މުވައްޒަފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހައްޖު ދަތުރުގައި އަދާލަތު ޕާޓީގެ ފަރާތުން އެހީތެރިންގެ ގޮތުގައި އެއްވެސް ބޭފުޅަކު ވަޑައިގަތްކަމެއް މިނިސްޓަރު ވިދާޅެއް ނުވި އެވެ.

އެހީތެރިންގެ ގޮތުގައި ހައްޖަށް ގެންދާ މީހުންގެ ހުރިހާ ހަރަދެއް ކުރަނީ ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖު ކޯޕަރޭޝަނާއި ގުޅުން އޮންނަ މީހުންނަށް އެހީތެރިންގެ ގޮތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ކަމަށް ބުނެ މީގެ ކުރިން ވެސް އެކިފަރާތްތަކުން ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލައިލާ

    އެހީ ތެރިން ހަހަހަ ގިނައީ ހުސް ބޯ ތަކެއް.... އަދި މާ މޮޅު ކޮށްލަން އަންހެން ސުޓާފެއް ގޮވައިގެން އެވެސް މުޅިން އަލަ ސައުދީއަށް ހަހަހަ އެންމެ ފަހުން މިޖެހުނީ އެކުޖާއައް މަގު ކިޔައިދެން ހަހަހަހަހަ އަސް ވ ވ ވ ކަޑަ .... ހިލޭ ލުބުނަސް ތި ހަޖް ކޯޕަރޭން ގުރޫޕަކުން ނުދާ ނަން......

  2. ޖާބިރު

    ދެން ކަލޭ ކާރު ދުއްވަން ގެންގުޅޭ ދިގު ސޮރު ގެންދިޔައީ ކޮން ތަޖުރިބާއެއް ހުރެގެން..
    އެހީތެރިއެއްކަންވެސް އެނގުނީ ފުރިދުވަހު..
    މާލޭގައި ކުރި އެއްވެސް މަސައްކަތަކަށް އޭތި ނާދޭ!
    ހުރިހާކަމެއް ކުރީ އެހެން މީހުން..
    އަދިވެސް ދޮގުހަދާތި... އަލީ ބާބާ..