ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްގައި އޮތް ފަރުކޮޅުފުށި ހަފްލާތަކަށް ދޫކުރަން ފަށައިފި އެވެ.

އެޗްޑީސީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކައިވެނި ހަފްލާ އާއި އުފަން ދުވަސް ޕާޓީ އާއި އެހެނިހެން ހަފްލާތައް ބޭއްވުމަށް ފަރުކޮޅުފުށި މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ހަފްލާތަކަށް ފަރުކޮޅުފުށި ހިފުމަށް [email protected] އަށް މެއިލް ކުރުމަށް އެޗްޑީސީއިން ބުނެފައި ވެއެވެ.

https://twitter.com/hdcmaldives/status/1579753162336264193

ފަރުކޮޅުފުއްޓަކީ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ.

އޭގެ ފަހުން އެ ތަން ކޮވިޑް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރިއެވެ