ފަރުކޮޅުފުށީގެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރޯވެފައިވަނީ ފަރުކޮޅުފުށީގައި ނާސަރީއެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތުގައި ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 17:01 ގައި ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާއިރު، އާބަންކޯއިން ބުނީ، ހުޅުމާލޭ ފޭސް 2 ފަރުކޮޅު ފުށީގައި ހުރި ބާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.