ދައުލަތުގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރު ހުށަހަޅާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު އެފަދައިން ވިދާޅުވީ މިއަދު މެންދުރު ފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އަންނަ އަހަރަށް ބަޖެޓުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާތީ އަދި ސީދާ އަދަދު އަދި ކަށަވަރު ކުރަން ނޭނގޭ ކަމަށެވެ.

"2023 ވަނަ އަހަރު 41.5 ބިލިއަން ރުފިޔޭގެ ބަޖެޓެއް ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ފިސްކަލް ސްޓެރެޓެޖީ ނަމްބަރުތައް ވެސް އޭގައި އަޅުގަނޑުމެން ހިމަނާފައިވާނެ،" އޭނާ ވިދާޅުވިއެވެ.

މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.6 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37 ބިލިއަން ރުފިޔާއެވެ. ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 34.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓަކީ 9.8 ބިލިއަން ރުފިޔާއެވެ.

އެކަމަކު، ފިނޭންސް މިނިސްޓްރީން ލަފާކުރި އަދަދަށް މިއަަހަރު އާމްދަނީ ނުލިބޭނެކަން ޔަގީންވާތީ، ދައުލަތުގެ ދަރަނި އަންދާޒާ ކުރިވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރުކަމަށްވާތީ ގިނަ އާ މަޝްރޫއުތަކާއި އެކު ބަޖެޓް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއަހަރަށް ހުށައަޅަނީ ކިހާ ވަރެއްގެ ބަޖެއްގެ ކަމެއް އަދި ނޭނގެއެވެ.

މިއަހަރަށް ލަފާކުރި ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އެހީ ލިބިފައިނުވާއިރު ދައުލަތުގެ ދަރަނި ބޮޑުވަމުންދާތީ އެ ކަންބޮޑުވުން ބައެއް މީހުން ފާހަގަކުރެވެއެވެ. އަދި އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާން ސަރުކާރުން ނިންމާފައިވާއިރު ތަކެތީގެ އަގު އަންނަ އަހަރު އަނެއްކާވެސް އުފުލިގެންދާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 31 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ކައި ކައި ބަނޑު ނުފުރޭ ބައެއް މިނޫނިއްޔާ މަނުދެކެން.

    23
  2. ޑައެލޯގް

    ނޫމަޑިއަށާއި ދީބާޖާއަށާއި އެމްޑީޕީކުދިންނަށް ބަދަލުދީފަ ލޯނުނުނަގަންބުނެ ލޯނުނެގުމުގެ ރާއްޖޭގެ ރެކޯޑް މުގުރާލައިފަ ރައްޔިތުންފެލަން ޖީއެސްޓީއާއި އެކިޓެކްސް ކުދިމީހުންގެ އަތުން އަތުލަން މިހާރުވަނީ ނިންމާފައެވެ. މިވަރުންވެސް ރިސޯޓް އޯނަރުންނާއި ގާސިމުމެންއަތުން އަތުލުމުގެ ބަދަލުގައި ދެނީއެވެ. ޒީރޯޓޮލަރެންސް

    24
  3. Anonymous

    ޓެކުސް ބޮޑުކޮށްގެން ބަޖެޓް ބޮޑުކޮށްގެން ކަޓުނަގަން ޖީބަށްލާން ލިބޭ އެތިކޮޅު ބޮޑުވާނެތާ !

  4. ދަރަނި ދަންތުރަ

    ފަސްމާމުލު 5 ވަގުން ގައުމުދަވާލައިފި ، އެމް ޑީ ޕީ ދިވެހިންނާ ދިވެހި ގައުމުގެ ހަލާކު ، ތިލަފަތަށް ވޯޓުދިނުން ހަރާމް އުމުރަށް ސަލާން

  5. ހަސަން

    ހެވިފައި ތިބޭނެ ކަމެއްނެތް! ގައުމުއޮތީ ބަނގުރޫޓުވެފައި! ރައްޔިތުންނަށް އޮޅިފައެއްނުވޭ! ނާގާބިލް ދެމީހުން! ތިޔަހިންގާގޮތައް ގައުހިންގަން އިގޭނެ ރާބެއަށްވެސް! ގައުމުގެ މާލިއްޔާބަހާހުސްކޮށްގެން! އެމީހަކު ހަދާނެގޮތެއްހަދަން ބައިވެރިންނަށް ގައުމުގެ މާލިއްޔާ ދޫކޮށްލައިގެން!

  6. ކޮއްޔާ

    ގައުމު ދެރުވޭނެ ފަހުއަހަރުމީ އެވަރު ދަންނާތި //

  7. ހުސޭނުބޭ

    މި ދިޔަ ހަތަރު އަހަރު ކޮންމެ އަހަރަކު 30 ބިލިއަނަށްވުރެ ބަޖެޓް ބޮޑު. އެކަމަކު މިހާތަނަށް ކޮށްދެވުނުހައިވެސް ކަމަކީ ސްކޫލެކޭ ކިޔާފައި ޓިނު ގުދަނެއް އަޅައިދިނުން. އެކަލާ އަޖައިބުވެ އަހަރެމެން މި އަތްޖަހަނީ

  8. Anonymous

    މިޤައުމަށް ލިބޭހާ އާމްދަނީ ވަންނަނީ 3 މީހެއްގެ ޖީބަށް އަމްދަނީ ލިބޭނެ ގޭޓް ތަކުގައި އަތް އަޅައިގެން ތިބީވެސް އެމީހުން ! ޖީއެސްޓީ ބޮޑުކޮށްގެން ބަޖެޓް ބޮޑު ކޮށްގެން ލިބޭ އާމްދަނީވެސް އެބަޔަކަށް ! ރައްޔިތުން ގުންބޯ ހެއްދުން !

  9. ލޮޓީ

    ސިޔާސީޕާޓީތަކަށް ގިނައިން ދެވޭނީ އޭރުންދޯ.
    ދައުލަތުގެ މުއައްސަސާތަކާއި އެކިއެކި ޕްރޮޖެކެޓްތަކަށް ބަޖެޓް ފާސްކޮށްފަ އަހަރު މެދުތެރެއިން އަންދާޒާކުރި ވަރަށް ނުލިބެ ކިޔާފަ ފިނޭންސް އިން އުނިކޮށްލާނެ