ކުރީ ސަރުކާރުން އުފެއްދި މޯލްޑިވްސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެމްއާރުޑީސީ އުވާލާފައިވަނީ ކުންފުންޏަށް ލިބެންޖެހޭ އެތައް ފައިސާތަކެއް ނުހޯދައި އިޖުރާއަތުތަކާއި ޚިލާފަށް ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ ނެރެފައިވާ ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތް އެމްއާރުޑީސީ އުވާލުމަށް 22 ޖެނުއަރީ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކުން ވަނީ ނިންމާފައެވެ.

މިގޮތުން އޭރުގެ ސަރުކާރުން އެކުންފުނި އުވާލަން ނިންމާފައިވަނީ ކުންފުންޏާއި ހަވާލުކުރި މަޝްރޫޢުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމާއި، ބޮޑެތި މަޝްރޫޢުތައް ދިގުލައިގެން ދިއުމާއި އަދި ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތަކެއް ކުރިމަތިވެގެންނެވެ.

އެހެންވެ، އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ނުވަތަ ލިކިއުޑޭޝަންގެ މަސައްކަތް ކުރުމަށް 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްއާރުޑީސީގެ މުދަލާއި ދަރަނި ހިސާބުކޮށް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދައި، ކުންފުނީގެ މުދާތައް ހިފެހެއްޓުމަށް ވަނީ އެއްބަސްވެފައެވެ. އަދި، ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފްސީލް ރިޕޯޓެއްވެސް އެކުލަވާލަންޖެހެއެވެ.

އެކަމަކު، މި މަސައްކަތް ކުރުމަށް ހަވާލުވި ކުންފުނިން އެމްއާރުޑީސީއަށް ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ފެންނަ ރިޕޯޓެއް ތައްޔާރު ކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ.

އެކުންފުނި އެންމެ ފަހުން އޮޑިޓް ކުރެވިފައިވާ 31 ޑިސެންބަރ 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް 171.7 މިލިޔަން ރުފިޔާ ކުންފުންޏަށް ލިބެން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ބުނެފައިވެއެވެ. އެކަމަކު ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއިރު ވެސް އަދި އޭގެ ފަހުން ވެސް ކުންފުންޏަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ހޯދުމަސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލަތައް ހައްލު ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ. އެގޮތުން ކުންފުންޏާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާހަމަކޮށް ކުންފުނިން އުވާލުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އަމަލުކޮށް އެ މަސައްކަތް އަވަހަސް ކުރުމަށް ވަނީ އަންގާފައެވެ.

ރަށްރަށުގެ މަގުތައް ހަދައި ތަރައްޤީކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމުގެ މަޤްސަދުގައި 24 އޯގަސްޓް 2010 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު ވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހިންގުން ހުއްޓުމަކަށް ގެނެސް ކުންފުނީގެ މުވައްޒަފުން ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ބަދަލުކޮށް ކުންފުނީގެ މުދަލާއި ތަކެތި ސަރުކާރުގެ އެކި އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    މިއިންވެސް އެގެނީ ކުރީސަރުކާރުގެ ރަގަޅުކަމެވެ. އެކުންފުނި ރަގަޅަށްނުހިނގާތީ އެއުވާލިއްޔެވެ.

    2
    2
    • ސަފީރު

      މިހާރު މާރަނގަޅެއްނު މި މީހުން އާރު ޑީ ސީ ހަދާފަ ދައުލަތުގެ އެންމެ ބޮޑު ދަރަނި އޮތްކުންފުންޏަކަށް އެތަން ބަދަކުކޮށް 300 އެތައް މިލިޔަނެއް ދަރުވާލައިފި.

    • އަސް

      މަޅާލާފަ އުވާލީކީ ނޫންތަ އަނެއްކާ؟

  2. މަތިމަތިން

    ފްލެޓަށް ކުލި ނުދައްކައިގެން ވޯލްޑް ބޭންކުން މާކަންތައް ބޮޑުކޮށްލައިގެން އުޅޭއިރު، ވޯލްޑް ބޭންކަން މިހިރަ ކަންކަން ހަމަ ރޭކާވެސް ނުލަނީތަ! މިކަހަލަ ދެތިން ކުންފުނިން ނުދައްކައިހުރި ފައިސާއާއި ރިޒޯޓް އޯނަރުން ނުދައްކައި ހުރި ފައިސާ ހޯދީމާ ހުރިހާ ފްލެޓެއް ހިލޭވެސް ދެވޭނެ.