ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު ނިޔާވިތާ ތިން ދުވަސް ފަހުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިތާމަ ފާޅުކޮށް ޓްވީޓެއް ކުރައްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު ނިޔާވީ މައްސަލާގައި ފުލުހުންނަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ. އޭނާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދި އާދޭސް ކުރާތާ އެތައް އިރެއްވީ ފަހުންނެވެ.

އޭނާގެ ނިޔާވުމުގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް އޮއްވާ އޭނާ ނިޔާވުމަށް ފަހުގައި ވެސް ފުލުހުން އަމަލުކުރަމުން އަންނަ ގޮތާއި ގުޅިގެން ނުރުހުން ފާޅުކޮށް އާއިލާއިންނާއި އެތައް ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

އަބްދުﷲ ނިޔާވުމާއި ގުޅިގެން މީގެ އިރުކޮޅެއް ކުރިން ސީޕީ ހަމީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އަބްދުﷲ ހައްޔަރު ކުރެވުނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ކަމަށާއި، ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ.

"ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ". ސީޕީގެ ޓްވީޓްގައި ވެއެވެ.

ހަމީދު ވިދާޅުވީ، މިމައްސަލައާައި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުން ހޯދާފައިވާ ކަމަށެވެ. އަދި އެރަށުގެ އެހެނިހެން ތަންތަން ކުރިއަށް އޮތްވަގުތުތަކުގައި ފުލުހުން ބަލާ ފާސް ކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހޯނޑެއްދޫ ވަލު ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފުލުހުން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އޮަޕަރޭޝަނެއްގައި ހޯނޑެއްދޫ ވަލު ތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޕަރީ

    ފުލުުހުން ތަމްރީން ކުރަނީ އެމީހުންގެ ހިތުން އިންސާނިއްޔަތުކަން ކަނޑާލާ އޯގާތެރިކަން ނަގާލައިގެން. ހުތުރު އެއްޗެހި ގޮވަން ތަމްރީނުކުރޭ.ރަހުމްކުޑަ އަމަލުތައް ކުރުވާ. އެހެންވީމަ ރަހުމުކޮށް އިންސާނިއްޔަތުކަން އިސްކުރަން ޖެހޭ ހާލަތުގައިވެސް އެހެން މީހުން އެޖައްސަނީ ފޭކު އެކްޓެއްގޮތަށް އެމީހުން ވިސްނާނީ. މަރުހޫމުގެ ފުރާނައަށް ހެޔޮރަހުމަތް ލައްވާށި. އާމީން.

    22
  2. ޑައެލޯގް

    ހަދާންވަނީ އަންނި ވެރިކަމުން ވެއްޓުނު ދުވަހު މުލިއާގެތެރެއިން ނެރުނު ރާފުޅިތަކަށް އެމްޑިޕީކުދިންގެ ޖަވާބެވެ. އެކުދިންބުނީ އެއީ ސިފައިންވެއްދި ރާފުޅިތަކެއްކަމަށެވެ. އަންނިއެއްގޯހެއްނުވެއެވެ. ހަމައެބީދައިން މިފަހަރު ޢަބްދުﷲ ފުލުހުންގެ އިހުމާލުންމަރުވެފައިވާތީވެ އޭނާއަށް ވަނީ ޑްރަގްގެ ތުހުމަތު ކޮށްފައެވެ. މިގޮތުންބަލާއިރު ފުލުހުން އެތާގައި ވަޅުލި ޑްރަގުކަމަށްވެސް ވެދާނެއެވެ. ބޭނުމަކީ ފުލުހުންގެ އިހުމާލުން ޢަބްދުﷲ ކަށަވަރުވެފަވާއިރު އެކަމުން ރައްޔިތުންގެ ހަމްދަރުދީ ފުލުހުންނަށް ލިބުމެވެ. ވިމާ މޮޅަށްދެނެވޮޑިގެންވާ ﷲ އަށްނުފޮރުވޭނެއެވެ.

    21
    • ހައްޔަރު

      ޑްރަގު ވިއްކައިގެން ގައުމު ފަސާދަކުރާ ބައިގަނޑު މަރުވެ ނެތިދިޔުމަކީ ދިރިތިބީންނަށް މާތްﷲ ލައްވަވާ ރަޙުމަތެއް.

      7
      9
  3. މޯޑީ

    އެމްޑީއެން ހަމީދޫ މިފަހަރު ޢަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ތިޔޮތީ ހަމަ ރަނގަޅަށްވެސް އަތަށްގޮވާފަ. ދެން ކަންކަން ފަސްއަޅާ ފޮރުވަން އުޅޭނެކަމެއް ނެތް. އެއްފަހަރަކު ބުނާނެ މަސްތުވާތަކެތި ހުރީ ފަޅު ރަށެއްގައި ދެން ބުނީ މީހުން އުޅޭ ރަށެއްގައޭ. ހުސް ދޮގު ހަދާ ބައިގަނޑެއް. މިފަހަރު ސަލާމަތެއް ނުވާނެ. ރައްޔިތުން ތިކަން ވަރަށްގާތުން ބަލަމުންދަނީ.

    21
    1
  4. ކިތެންމެ ފަށުވި ޅެމެއް އެހާމެ ބަލާޣާތްތެރި ބަސްތަކުން އަމުނާ އުދުއްސިޔަސް އެ އަހާ ގަބޫލު ކުރާނެ ދިވެއްސަކު އަދަކު ނެތް…ޕޮލިސް، ސިފައިން އަދި ސިޔާސީ މީހުންނަށް ދިވެހިން އިތުބާރެއް ނުކުރާނެ…ކުރިޔަށް އޮތް ވޯޓަށް ބިޔަ އަސަރެއް މިހާދިސާ އިން ކުރާނެ ކަމަށް ލަފާ ކުރަން…

    20
  5. ކޮޔާ

    ފަޅުރަށަކުން އޭތި ހޮވީ އެކަން އަބުދުﷲ ގެ ބޮލުގަ އަޅުވަން ހޯނޑެއްދޫއޭ ބުނީ ސަޅި

    19
  6. މަހާރެހެންދި ފެނަޑޯލް ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ކޮބާ މައްސަލައަކީ ރެސްޓް އިން ޕީސް

    3
    4
    • ރަން ރީނދޫ

      ކޮމެންޓް ތި ކުރަނީ ކާކު ކަން ނޭނގޭނޭ ކަމަށް ތަ. ވަރަށް ފަސޭހައިން ހޯދި ދާނެ. ބަދަލު ވަމުން ދާ ދުނިޔޭގައި ކަލެއަށް ވެސް މިކަހަލަ ކަމެއް ކުރިމަތި ވެދާނެ.

  7. ސަންބެޑު

    މިހާރު ފުލުހުން އެޖަށްސަނީ ހަގީގީ ޑުރާމާއެވެ ޑުރަގުވަޅުލީ މިޑުރާމާ ކުޅެންކަމަށްވެދާނެއެވެ ފުލުހުން އެމީހުންގެެއަތުން ނިޔާވުމުން ގޮތްނޭގޭ އެތަށްކަމެއް ހިނގާނެ.

    10
    1
  8. ަައިބޫ

    ހިނދުކޮޅުން ފިލީމައެއްނު ވާނީ. އަބަދު ހުންނަވަނީ ހިނދު ކޮޅުގަވިއްޔަ

  9. Anonymous

    ތިޔަ މީހުންގެ ވާހަކަ ހެޔޮނުވާނެ ދައްކަން.

  10. ނަތޫ

    ތިކަހަލަ ނުބައި ކަންތައްތައް ކުރާ މީހުންނާމެދު އަހަރުމެން ހިތާމައެއް ނުކުރަން. ޢޭނަގެ ސަބަބުން ކިހާ ބަޔަކު ހަލާކުގެ ތެރެއަށް އެދިޔައީ

  11. ްަހުޖާނާ

    ގއ. މާމެންދޫއިން ހޮވި 200ކިލޯގެ ޚަބރެއނުވޭ މުޅިންވެސް ހޯނޑެއްދޫ ވާހަކަ ދައްކަނީއައީފުލހުންގެ އިހުމަލުން މާޓީ މަރުވީމަ ރައްޔިތުން ހައްދާލަނީ