މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހިފައި ތިބި ގައިދީންނާ އެކު ކަރެކްޝަންސްގެ ސީނިއާ އޮފިސަރުން ހަރަކާތްތެރިވާ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
އޮޕަރޭޝަން "ހޭހަން" ނަމުގައި ފެށި މި އޮޕަރޭޝަނަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، އެމީހުން ޑޮކްޓަރުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެ ނޫން ވެސް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިންގޭ ހާއްސަ އޮޕަރޭޝަނެކެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން ގައިދީންނާ އެސްކޯޓްކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައި މެޑިކަލް ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Today we launch #OperationHeyhan. All senior officers would actively engage in escorting inmates to hospitals for specialist-doctor appointments & medical investigations. The Operation would clear backlog of overdue referrals & strengthen systemic changes in escorting inmates. pic.twitter.com/B2bU896r5v
— Ahmed Mohamed (@ahumadhumohamed) October 29, 2022
މި އޮޕަރޭޝަންގެ ސަބަބުން ހާއްސަ ޑޮކްޓަރުންނަށް ނުދެއްކި ތިބި ގައިދީންގެ ބެކްލޮގް ނިމުމަކަށް އަިސް، އެކްސްކޯޓް ކުރުމުގައި ހުރި ދަތިތައް ދެނެގަނެ، ހައްލު ކުރަން އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގައިދީންނާއި ބަންދު މީހުން ހަދަން ޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް، އެ ހިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.
މި އޮޕަރެޝަނުގައި ބައިވެރިވާ ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ރިފްރެޝާ ޕްރޮގްރާމެއް ވެސް ހިންގައިފައެވެ.
މިއޮޕަރޭޝަންގައި ބައިވެރިވާނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކު ތަކުގެ އޮފިސަރުންނެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެއެވެ.
މެޑިކަލް ޓީމް ހިމަނައިގެން މި އޮފަރޭޝަންގައި ޖުމްލަ އަށް ޓީމް ހަރަކާތްތެރިވާނެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް ޢެއް ނޫން ކޮމިޝަނާ އޮފް ޕްރިސަންސް. އަދި ކޮންމެ ޕެރެގްރާފެއް ފަށައިއިރު މި އޮޕަރޭޝަން ޖަހާކަށް ނުޖެހޭ…
ކީއްކުރާނީ.. ފިސާރި ނޫސްވެރިން. މީހަކު ބުނާ ހެޔޮބަހެއްވެސް ނާހާނެ. މާ މޮޅުބައެއް ހިތުން. އަމިއްލަ ބަހުން އެއްޗެއް ލިޔެލަން ނޭނގޭ ބަޔަކަށް ކޮން ނޫސްވެރިކަމެއް ކުރެވޭނީ..
ޙާޢްސަ ޑޮކްތަރުންނަށް ދަައްކަން ހޭ ހާޢްސަ ގައިދީންހޭ ހާޢްސަ އެތިކޮޅެއް ވައްދަންވީހޭ ކޮބާހޭ ބްރޯ އެގޮތަށް ގެޔަށް ފޮނުވާދޭށޭ
ދައުކަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ތެރެއިން ބަލިމީހުން މެޑިކަލް ޗެކަޕް ހަދަންޖެހޭ މީހުން ޑޮކްޓަރަށް ދައްކާ ހެދުމަކީ އެމީހުން އެތިބޭ ދައުލަތުގެ މުއައްސަސާއިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް !
ދެން ތި ގޮތަކަށް އެމީހުންގެ ފަރާތުން އަނިޔާލިބި ޔަތީމުވި އާއިލާތަކަށްވެސް 4 އިރު ކެއުމާ ބޭސްފަރުވާ ދޭންފެނޭ.. ކުއްވެރިޔާއަށް ހުރިހާ ހައްގެއް. ޔަތީމުވި އާއިލާ ޔަތީމުކަން މަތީ އަބަދަށް. ހިޔުމަޏް ރައިޓްސްއަށްވެސް ޖަލަށް ހާޒިރުވެވޭ. ޢެކަމު އަނިޔާ ލިބުން އާއިލާއަށް ހާޒިރުވެ އމީހުންގެ ހާލަތު ބަލާނިލެވޭ
މިއީ ކަންދެއްކުމާ ، މިހާރު ޕޮލިހުންގެ އިހުމާލުން މަރުވެފައިވާ ރަޝީދުގެ މަރުގެވާހަކަ އޮތްބާލަން ކުރާކަމެއް. މާރަނގަޅުބަޔަކަށްވެގެން ދައްކާ ދަޅަޔެއް.
ތީ ކަމެއް އޮއްބާލަން ވެގެން ކުރާ ކަމެއް
ހަމަ ކުލަވަރެއް ތީ ލޯމައްޗަށް ދައްކާލާ!!
ޑޮކްޓަރަށް ދެއްކުންވެސް މިވެރިން ޖެހެނީ އޮޕަރޭޝަނަކަށް ހަދަން ފޯވަހި ފޯވައްސަ ކުރާކަމަކަށް.
އަހަރުމެން މިއުޅެނީ ޑރ އެޕޮއިންމެޓްއެއް ނުލިބިގެން. ޖަލައްދޯ ދާންވީ އަރާމު ކައިގެ ޑރ ދައްކަދައްކާ އޮންނަން