ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިދަތުރުފުޅުގައި އެގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅގައި އެގައުމުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫގައި ބައްދަލު ކުރައްވައި ޖިންސީ އަނިޔާތައް ހުއްޓުވުމަށް މަޝްވަރާ ކުރެއްވުމާއި މެދު އިރުމައްޗާއި ދެކުނު އޭޝިޔާއާއި އދ. ގެ ކަންކަމާބެހޭ މިނިސްޓަރ އޮފް ސްޓޭޓް ލޯޑް އަޙްމަދު އޮފް ވިމްބްލްޓަން، މިނިސްޓަރ ފޯ އޭޝިޔާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ލޯޑް ގޯލްޑް ސްމިތާއި ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޝާހިދުގެ މި ދަތުރުފުޅުގައި "ފިއުޗާ އޮފް މަލްޓިލޭޓަރަލިޒަމް" އާއި ބެހޭ ގޮތުން ތަގުރީރެއް ވެސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އ

    ލާރި ބޭކާރު ކުރާނެ ގޮތެއް ނެތިގެން އުޅޭ ބައެއް. ދުނިޔޭގެ އެންމެ އަނިޔާވެރި މީހުން ކައިރިން އަނިޔާކުރުން ހުއްޓުވާނެ ގޮތް ދަސްކުރަންޝޭ ކިޔައިގެން ބޭކަރު ދަތުރުތައް. 2023 ގައި ބޭރު ކުރަން ޖެހޭ

    20
  2. ހައްދުންމަތި

    މީނާ ކުރާ ދަތުރުތަކުން ގައުމަށް ލިބޭ މަންފާ އެނަލައިޒުކޮށް ބަލަ!

    އެދިޔައީ ދަރިންކާރިޔަށް.. ދައުލަތުގެ ޚަރަދުގައި.. މ

    މީ ކިހާބޮޑުވެއްޖެ ކަމެއް.. ޓެކްސް ބޮޑުކުރަނީ ލޯނު ނަގަނީ ޓީ ބިލްވިއްކަނީ ދެކޮޅު ނުޖެހިގެން

    އެކަމަކު މީނާގެ ދަރީން ޔޫކޭ އެމްބަސީގައި ބޮޑުމުސާރަ ދީފައި ތިބެ ނީ ކިޔަވަން ބާތިއްބާފަ..

    މިހާރު އެދިޔައީ ދަރި ކާރިޔަށް އަހރުމެން ޓެކްސް ޕޭރޔަރުން މިޖެހެނީ މިބައިގަނޑަށް ޚަރަދުކުރަން

    22
  3. Anonymous

    އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް މިހާރު އިންޑިއާ މީހަކު އިސްކޮށްފި. ޝާހިދު ވަޑައިގަންނަވަންވީ ރާއްޖެއަށް. ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަން.

    10
    1
  4. ހުސޭނުބޭ

    ރައްޔިތުން އަތުން ޓެކްސް ބޮޑުކުރަނީ މި ބޭނުމުގައި. ކާޕެޓްވަގު އަޗާތަޅަން

    14
  5. Anonymous

    މީނަ ފާޚާނާއަށް ދާންވީމަވެސް ކޮއްމެވެސް ގައުމަކަށް ކިހާބޮޑުކަމެއް މިހެންގޮސް ލާރިކޮޅު ހުސްކުރަނީ.

    17
  6. ޗަމްޗާ

    ކުރާނެ ކަމެއްނެތް ޤައުމު އެއްކޮއް ވިއްކާ ކައިހުސްކޮއްފި

  7. އަދުރޭ

    ރައްޔިތުން ފެލައިގެން ހޯދާ ހުރިހާ ލާރިޔެއް މި ކަލޭގެ ނާޗަރަންގީކުޅެން ތަޅާހުސްކުރަނީ !

  8. ބޮލި މުލައް

    ސުރުހީ ރަނގަޅުކޮށްލަން ފެނޭ އޮންނަންވީ "ސާހިދު ރަށަށް ހިނގަތްޖެ"

  9. ސަމްކުޅިބޭ

    ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިދަތުރުފުޅުގައި އެގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
    އެކަމަކު ބައްދަލު މިވަނީ ބޮޑުވަޒީރުގެ މަންދޫބަކާ. ބޮޑުވަޒީރުގެ މަންދޫބަކީ އިސްވެރިއެއްތޯ؟ އެހެންވީމާ ޝާހިދުގެ ތިޔަ ދަތުރަކީ ފެންފޮތިލާން ކުރާ ދަތުރެއް.

  10. ނަޒީ

    މީވެސް "ދިވެހި ޤައުމު ގަންނާނޭބާ" އޭ ގޮވަމުން ދުވާ ޚާއިނެއް!

  11. ޅަހުއްތު

    ކީއްކުރަން ރާއްޖޭގަ ހުންނަނީ.ގަޑިއިރަކުވެސް ހުންނާނެކަމެއްނެތް.މިވެރިން ނާޗަރަންގީ ކުޅެން ރުފިޔާ ހޯދަންވިއްޔާ ޓެކުސް ބޮޑު ކުރަން މިއުޅުނީ.އަދި މީ ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ މީހެއްވެސް ނުން.ރާއްޖެއިން ބޭރުގަ މަގާމެއްގަހުރި ދިވެހި ރާއްޖޭގެ ފޮރިންމިނިސްޓަރުގެ މަގާމުގެ މުސާރައާއި އިނާޔަތް ބަރާބަރަށް ބޭނުން ކުރަމނުން ދިޔައީ.އެވަރުގެ މީހަކު އަނެއްކާ ވެރިކަމަށް އައުމުގެ ވިސްނުމުގަ އެއުޅެނީ.

  12. އިބޫ

    ސަރުކާރު ޚަރަދު ކުޑަކުރުމަށް ނިކަމެތި އާދައިގެ މުވައްޒަފުންގެ މުސާރަ/އިތުރުގަޑި ކުޑަ ކުރުމަށްފަހު، ހެސްކިޔާފަ ބިޔަ ޚަރަދު މިކުރަނީ، ޖެހުނުތަނަކުން ކާންވޭ