މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް މިއަދު އައްޔަނު ކޮށްފިއެވެ.

މީގެ ކުރިން އެ މަގާމުގައި ހުރީ ޖޯން ގްރިންޑާލް ނަމަކަށް ކިޔާ ރާއްޖެއިން ބޭރު ބޭފުޅެކެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސުލޫކީ މައްސަލައެއްގައި މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ޕެންޝަނާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުގެ ބޯޑުން، އެ މަގާމަށް ސުޖާތާ އައްޔަން ކޮށްފައި ވަނީ ފަސް އަހަރު ދުވަހަށް ކަމަށެވެ.

ސުޖާތާ ވަނީ އެ އޮފީހުގައި އެކްޓިންގ ސީއީއޯއެއްގެ ހައިސިއްޔަތުން އެ އޮފީސް ހިންގެވުމުގައި ޒިންމާ ދެ އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަދާ ކުރައްވާފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުވެސް މިއަދާއި ހަމައަށް ފުރުއްވާފައި ވެއެވެ.

ސުޖާތާ ވަނީ އެ އޮފީހުގައި 16 އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟނ

    ވަރަށް ކައިންޑްވާނެ

  2. Anonymous

    ޕެންޝަން އޮފީހުން މިހާ ބޮޑެތި މަޤާމް އުފައްދައިގެން ކުރާނެ ކަމެއް އޮވޭބާ އެތަނުގައި، އެތަނަށް ޖަމާވާ ޕެންޝަން ފައިސާ ކޮންމެސް ބޭންކަކަށް ދީގެން ތިބެނީ ނުވަތަ ވަކިބަޔަކަށް ލޯން ދީގެން ތިބެނީބާ، އިތު އިންވެސްޓް ތަކުގައި ޕެންޝަން ފައިސާ ބައިވެރި ކޮށްގެން ނަފާ މަންފާ ހޯދޭބާ !

  3. މުޖުތަމަޢު

    ކަމަނާ ތީގެ ހައްގުވެރިންނަށް ފައިދާއެއްކުރާނެގޮތަކަށް ތިކަންކޮށްދީބަލަ.

  4. ހަސަން މިރާސް

    މަރުހަބާ ސުޖާތާ. ދެންއަނެއްކާ ލިޔާނީއެއް ނޫން ފުރަތަމަ އަންހެން ސީއީއޯ އޭ. ފުރަތަމަ އަންހެން ސީއީއޯ އަކީ އެ.ޗް.ޑީ.އެފް.ސީ ގެ ރަހީމާ ސަލީމް.

  5. އައިންތު

    ޕެންޝަން ފަންޑަށް ތަފާތުވެރިންތައްލުމަކުން އޭގެ ޙައްޤުވެރިންނަށް ފައިދާއެއްނެތެވެ. ސަބަބަކީ މުޅި އުމުރު ވަޒީފާ އަދާކޮށްގެން ފަންޑަށްލާ ފައިސާކޮޅު ލިބެނީ އުމުރުން 65 އަހަރުވުމުންނެވެ. އޭރު މީހާ ފައިސާއިން ކުރަންވާ ވަރަށް ގިނަކަންތައް ނުކުރެވި ގައިބާރުދެރަވެއެވެ. މުޅި އުމުރު ދަރާ ވިކިގެން ކުދިންދަރިން ތިބެނީ ބޮޑުކޮށްފައެވެ. އެންމެ ގެދޮރުގެ އަރާމުކަން ލިބިގަންނަންވީ ދުވަހު ގެދޮރެއް ނުހުރެއެވެ. މީރުކާނާ އެންމެ ގަދައަށް ކެވޭ ދުވަސްވަރު ފައިސާނެތިގެން ނުކެވެއެވެ. މުސްކުޅިވުމުން ކޮންމެއެއްޗެއް ނުކެވޭދުވަހު ލާރިހުއްޓަސް ނުވެއްކެވެއެވެ. އެހެންކަމުން ފަންޑުން ގެދޮރު އެޅުމާ ދަރިވެރިން ދަރިނި ކަނޑާލުންފަދަ ކަންކަމަށް ފައިސާގެ އިންސައްތައެއް ނުލިބޭނަމަ އޭގެ ފައިދާއެއްނެތެވެ. ޢާއްމުކޮށް ރާއްޖޭގައި މީހެއްގެ އެވްރެޖް އުމުރު 60 އާ 70 އަހަރާ ދެމެދު އުޅޭއިރު އެފައިސާގެ ބޭނުން އޮންނަނީ ކެނޑިފައެވެ. އަދި ސަރުކާރު ވަޒީފާ އަދާނުކުރިޔަސް މުސްކުޅިވުމުން ކޮންމެ މީހަކަށް 5000ރ ދެންޏާ ޕެންޝަން ފަނޑުގެ ބައިވިޔަސް ނުވިޔަސް ވަނީ އެއްގޮތްތާއެވެ. އަހަރެންގެ ފަންޑުގައި ލައްކައިން ރުފިޔާ އެބަހުއްޓެވެ. އެކަމަކު އެކިފަރާތްފަރާތަށް ދަރާވެސް ލައްކައިން އެބަހުއްޓެވެ. އެދަރި އަދާކުރަން މިޖެހެނީ ހަމަ ލިބޭ މުސާރަކޮޅުންނެވެ. އެހެންކަމުން އަހަރެންނަށް އުފަލުގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެއްޔެވެ؟ މިރާއްޖޭގައި ޓީޗަރުންނާ ނަރުހުންނަށް އުޅެވޭވަރުގެ މުސާރައެއްދިނަސް މުޅި އުމުރު އޮފީހުގެ އިދާރީ ވަޒީފާތަކުގައިއުޅޭ މީހަކަށް 7000 ރ ދިނުން އެއީ އިންސާފުހެއްޔެވެ؟

  6. ފަރު

    މަރުހަބާ. ސުޖާތާ އަކީ ތައުލީމީ ޤާބިލް ބޭފުޅެއް. ރައްޔިތުން އެދޭ ގޮތަށް ޕެންޝަން ފަންޑްގެ ކަންތައް މިހާރަށް ވުރެ ފަސޭހަ ގޮތެއް ވުން އެއީ ވަރަށްގިނަ ރައްޔިތުންގެ އެދުމެއް.