ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ހިންދޫންގެ އަޅުކަމަކުން އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ފެށި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހިތަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސްއިން ފެށި ގޮތާ މެދުގައި ވަރަށް ގިނަ ބަޔަކު މިހާރު ދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

އެއީ، ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއެއް ފެށުމަށް އެހެން ގައުމެއްގެ ދީނީ އަޅުކަން ބަޔަކު އިސްކޮށް، އެ ގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ.

އެކަމަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް ވެސް އިލްޔާށް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީނާ ދީނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

"ދީނާ ހިލާފު ކަމެއް ހިނގާ ނަމަ އެފަދަ ކަމެއް ހިނގާތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ. އަޅުގަނޑުމެން ދޫކޮށް ނުލާނެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނާ ހިލާފު އަމަލެއް ރާއްޖޭގައި ހިންގުމުގު ފުރުސަތެއް ނުދޭނެ،" މިއުވާން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. Anonymous

    އިއްލަބޭ ހޭފުޅު ލެއްވުނީތޯ.! ތިކަހަލަ ކިތައްކަންތޯ މިގައުމުގަ މިހާރު ކުރަނީ .

    84
    • ހަރީޟް

      މިގައްދާމީ އެހެންދީންތަކުގެ ސިޔާރު ފާޅުކުރުމަށް އެހީތެރިވާ ހާއިނެއް މިބާގަނޑަށް ވާގިވެރިވާ އެހީތެރިވެ އެމީހުންގެ މުންކަރާތްތަށް ދިފާއުކުރާ އެއްގައްދާމީ މަހިތަށް އަރާ މިގައްދާ ދީނޭކިޔާގެން މިސްކިތުގަ ދަރުސްދޭއިރު ލަފެއްވެސް ނުގަނޭ މިލާދީނީ ހުރިހާމުމްކަރާތްތަކުގެ ފަހަތުގަ ހުރި ޖައްބާރެއް ތީ މަގާމާ ވަޒީފާގެދަހިވެތިކަމުގަ އުޅޭ ރިލޯޑެއް

  2. އހ

    ހާދަ ލޮނު މަޑު ކޮއް ތިބުނީ ޔާމީން ވެރިކަމުގަ ހުރިނަމަ ހުޅު ޖަހާ ހިސާބުގަ ހުންނާނީ

    88
    • ބީރުމީހާ

      ޝައިހް އިލްޔާސަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވައިފި ދެން ކުރެވޭނއ ކަމެއްނެތް ދެން ބުނޭ އެހެން ދީންތަކަށް އިހްތިރާމްކުރަންޖެހޭނެ

      27
    • ކަމަނަ

      ދިވެހިންވެސްތިބި ބަލަން ހުރިހާކަމެއް ސަރުކާރަށް ފާކޮއްފަ ނުތިބެ ހިނގާ ރައްޔިތުން ނުކުްބަށް ބަލަންތިބި ދިވެހިންނަށްވެސް ކަމެއްކުރަންވެސް ނުކެރުނު

      19
      1
  3. އިބްރާހިމް

    ކޮންމެގޮތެއް ވަރިހަމަ ސަރުކާރެއް. އުރަތްޕެއް ނެތް ސަރުކާރެއް. ދިވެހިން ދުނިޔެއަށް އޮރިޔާންވެއްޖެ މިވެރިކަމުގައި.

    87
    1
  4. ރަން ރީނދޫ

    ދުޢާ ދެންނެވި ފަދަ ވެރިން.

    46
  5. ާއަބުދުﷲ

    މައުލާނާ ފަޟުލުއްރަހުމާނު!!!!! އިންތިހާބުކާރިވީމަ އަމިއްލަ އެދުމާއިގެން މަސައްކަތް ފެއްޓެވީތޯ؟؟؟؟؟

    52
  6. Anonymous

    ހާދަ ފަހުން . ރަނގަޅުތިޔަވަރުވެސް ވީކަން .
    ކޮން ހައިސިއްޔަތަކުންތޯ ތިޔަ ޝޫޢޫރު ފާޅު ކުރެއްވީ.
    ދުނިޔެއަށް ޓަކާތޯ ނޫނީ ދީނަށްޓަކައިތޯ

    47
  7. ޙަނދުކޭތަ

    ބަލާނުގަނެ ކަލޭކޮންތާކައް ވަންނާނީ މިވަރުވާއިރުވެސް ސޯލިހައް ދުވާދެއްވާފަ ހުރީމަ އަނގައިގަ ޓޭޕްއަޅައިގެން ތިޔަހުންނަނީ ލާދީނީ ކަލޭއައް ހަލަަކުހުރި

    34
  8. ހުސޭނުބޭ

    ދުޢާދެއްވިއޭ ކިޔައިގެން މީހުންނަށް ދޮގުހަދާފައި ފަޅާއެރީމާ ފަޅޮލޭތަ ތިކިޔަނީ

    38
  9. ޙާމީމް

    ޢިލްޔާސް މީހަކު ދައްކާފަ މިއީ ރަސޫލް ސ.ޢވ ދުއާދެއްވިފަދަ ބޭކަލޭކޭ ބުނިމީހާގެ ވެރިކަމުގަ މިހުރިހާ ގޯހެއް ހިގަނީ!

    36
    1
  10. ބަލާމީހާ

    ޑިވެހި ގައުމުގެ ހައްގުގައި ބަސްބުނުން ނިމުމަކަށް ގެނައުން މުހިއްމު، ލިބުނު ނިއުމަތް ހަނދުމަކޮށް ނިއުމަތަށް ޝުކުރު ކުރުމަށް ގޭގައި މަޑުކޮށް ދެއްވުމަށް ގައުމީ ލޭ ހިނގާ ދިވެހިން އެދޭ.

    27
  11. ކާފަބޭ2020

    މިފަހަރުކޮންކަމެއްތޯބޭނުންވީ؟ މުންކަރާތްތަކަށް ކަމަކަށްފަހުކަމަކަށްއަރައިގަންނަމުންދާފަރާތްތައް ހިމާޔަތްކުރާތީ އަދިވެސްނުފެނޭތޯ؟ މުންކަރާތްތައްހުއްޓުވާނަސޭހަތްތެރިވި ޝޭޚުންނަށް ޓެރަރިޒަމުގެދައުވާއުފުލާ އެޝޭޚުންނަށްއަނިޔާވެރިވަމުންދާއިރު ތިބޭޅާކޮބައިތޯ؟ ހިޔަޅަކަށް ބައިއަތުހިފާނީވެސް............

    28
  12. އަހްމަދު

    އަނެއްކާވެސް ސްޓޭޓްމިނިސްޓަރުކަން ހޯދަދޭންބޭނުންވާދަރިއަކުހުރީބާ؟ އެއީމީގެކުރީންވެސް މަތަނުގައި ދީނާޚިލާފުއެތައްކަމެއްހިގައިގެންދިޔައިރުވެސް އަނގައިންނުބުނެހުރެފަ ކުއްލިއަކަށްއަގަފެޅީމާ ހަމައަނހާލެވުނީ

    29
  13. ޑައެލޯގް

    "އެހެންދީނެއްގެ ޝިއާރުބަލައި ގަނެވޭނެކަމެއްނޫން މިސަރުކާރުން އެކަމަށް ޖާގައެއްނުދޭނެ" އިލިޔާސްއާއި މިއުވާނާއި އިޔާޒާއި އިބޫއާއި މިސަރުކާރުގެ ބޮޑުން މިހެން ކިޔާލަކިޔާލަ ތިބޭނީއެވެ. ވާނެކަމެއްހަރާމެވެ. އެވެސް 2023 އަންނާތީއެވެ. އެހެންނޫންނަމަ އެވަރުވެސްނުވާނެއެވެ.

    29
  14. މަކަލޭލީ

    އަނގަފުޅު މަޑުކުރައްވާ ބޭފުޅާ! ބޭފުޅާގެ ޑިޕްލޮމެޓިކް ޕާސްޕޯރޓް މަތިން ހަނދާންކޮށްލައްވާ.. އިލިޔާހާ ކަލޭ ދީނޭ ކިޔައިގެން އަނގަހުޅުވާނެ ފެންވަރެއް ނެތް. މުނާފިޤުންގެ ވެސް އެންމެ ނުބައި ވައްތަރު.

    23
  15. ޖާބެ

    ހަމަ ތިޔަމީހުން ދުއާދައްނަވާގެން ގެނާ ވެރިކަމުގަ ތިޔަކަންކަން ތިޔަހުރީ އެހެންވީމަ އޯކޭވާނަޖެހޭނޫންތަ

    21
    1
  16. ހުސެންބެ

    ކިތައް ކަންތައް ތަކުރާރު ވެއްޖެތޯ އަދި އަމުދުން އިންޑިއާ މީހަކަށް ފިޔަވަޅު އެޅުނުތޯ.އަދި ވެސް މި ނުބައި ނުލަފާ ވެރިމީހާ އަށް ސަނާކިޔާލަ ކިޔާލަ ތިބޭ .ޤިޔާމަތްދުވަހުން ވެރިމީހާ ގެ ފާފަ އުފުލަންނުޖެހުނިއްޔާ ކިތަންމެހާވެސް ރަނގަޅު.މި ވެރިމީހާއާއި ބަރީޢަވޭ އެހެންނޫނީ އޭނާގެ ފާފަ އުފުލަންޖެހޭނެ

    17
  17. ގުދުގުދާބެއްޔާ

    މިއުޅޭ ޕީޕީ ކުދިން ހަދާފައިވާ މިފަދަ ވީޑިއޯއިން އިލިޔާސް ފަދަމީހުން ހެއްލިދާނެ! އެވީޑިއޯ އަކީ އައްޑޫސިޓީގެ ވީޑިއޯއެއްނޫން! އެއީ އިންޑިޔާގެ ވީޑިއޯއެއް! މިކަހަކަ ފުރޯޑް ވީޑިއޯތައް ދެނެގަންނަން ހަދާފައިވާ ވެބްސައިޓް އައް މިވީޑިއޯ ލީމާ ފެންނާނެ ހަޤީޤީ ވީޑިއޯ! މިހާރު ތިޔަހެން ދިވެހިންގެ ބޮލަށް ޗިޕް ޖެހޭ ދުވަސް މާޒީވެއްޖެ!

    25
  18. ޒީރޯ ޓޮލަރަންސް

    ބަލާނަމޭ، އެބަބަލަމޭ ކިޔާލަ ކިޔާލަ ކަލޭމެން ތިބޭ. ސަރުކާރުގެ އެއްބާރުލުން ނުލިބި އެހެން ދީންތަކުގެ ޝިއާރެއް ނުއުފުލޭނެ. މީގެ ކުރިން މިފަދަ ކަންކަން ހިގާފަނެތީ މިފަދަ ކަންކަމަށް އޭރުގެ ސަރުކާރުތަކުން ޖާގަނުދިނީމަ. ރޭޑީއޯ، ޓީވީއަށް އަރާ ރައްޔިތުން ހައްދައިގެން ކަލޭމެން ތިޔަގޮތުގަ ތިބޭ.

    16
  19. އަލިބެ

    އޭރުން ޑިޕްލޮމެޓިކް ޕާސްޕޯޓް

    14
  20. ޜަނާ

    100% މުސްލިމުން ކަމަށް ބުނާ ގައުމެއްގެ ވެރިމީހާގެ އަނބިމީހާ އައުރަ ނިވާނުކޮށް ހުރުމަކީ ބަލައި ގަނެވޭ ކަމެއްތޯ

    23
  21. 9

    ލޮލް

  22. ޙަަަހަ

    މިއަދުގެ ސަރުކާރަށް މައްސަލައަކަށް ނުވާއިރު ކަލެއަށް ކޮންކަމެއްތޯ ، އަދި ކަލޭމެންގެ ދީނާއިމެދު ބަސްމަގު ތިހުންނަ ގޮތުންވެސް އެބައެނގޭ ކަލޭމެންވެސް ދީނަށް މާބޮޑު ސަމާލުކަމެއް ނުދޭކަން

    11
  23. ދުންތަރިބަގުވާން

    އަނހާތަކުރާ! އެބައިމީހުން ހާދަހާވަރުހުރި ކިޔަވެއްޔެއް ކިޔަވައިގެންނޭ ހިލަމެއްނުވެ އެތަކެއް ޒަމާނަށްފަހު މިގޮލާ ފެންމައްޗަށް އަރާނީ.

    14
  24. ސޯލާ

    މި ޤައުމުގައި ވޭތުވި 4އަހަރުގައި ދީނާ ޚިލާފުޢަމަލުތައް އެހެންދީންތައް ޕްރޮމޯޓްކުރުމަށް ވަރަށްގިނަ ކަންކަން ކޮށް ޢާއްމުވާއިރު އިންޑިއާމީހުން ކަމަށްވަންޏާ އަޅައެއްނުލައި އިމްރާނަށް އެނގެއި އަދިކިރިޔާ އިލްޔާސް ހޭލެވުނީ މިޤައުމެއްނެތް ރައްތިތުން ތެދުވަންވެއްޖެކަމަށް ޤަބޫލުކުރެވެއިތަ

    6
    1
  25. ލީލީ.

    ތިވަރުގެ ސަރުކާރެއް ހިމާޔަތްކުރަން އަދިވެސް ތިއުޅެނީ

  26. ސޮނިބެ

    އެހެންވީމާތާ ލާދީނީ ބައިގަޑަށް ބައިއަތު ހިފައިގެން ތި ތިބީ

  27. އިއްލަބެ

    ތިހެން ބުނެލީމަ ނިމުނީ ދެން

  28. ޙުސެމްބެ

    ޟިކަހަލަ ސޭކުން މިވަނީ އަދާލަތު ޕާޓީގަ ކީއްކުރާނީދޯ ފައިސާ ފައިސާ

  29. Anonymous

    ޢިސްލާމްދީން ވިއްކާކައިގެން އުޅޭ ލަދުކުޑަ ޝޭހު މިހާރު ޒިކުޜާމިސްކިތައް ކެމްޕެއިންކުރަން ކޮންމރެއަކުދޭ

  30. Anonymous

    ތިހެން ބުނެލުމުން ވާޖިބުއަދާވީކަމަށްވޭތަ. ނުވާނެ އެފަދަ ބަޔަކާ ދުރުވާންވެސްޖެހޭ. ތީހަމަ ދުލުކުރިން ބުނެލާބަހެެއް. މުއުމިނުންގެ ސިފައަކީ މުސްލިމުންނާއި ޢަދާވާތްތެރި.މީހުންނާ ދުރަށްދިޔުން. އެހެންނޫނީ ކިޔާނީ މުނާފިޤުންނޭ

    10
  31. ވިނަވި

    އަދާލަތަކަށް ތާއީދެއްނެތް

  32. ސޯލިބޭ

    އެކަމަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

    އެއީ އެމީހުން އާންމުކޮށް ފާޅުކުރާ ކަމެއްނޫން. ޚާއްޞޮކަމެއްގެގޮތުގައި ފާޅުކުރީ. އެހެންވީމާ ބަލައި ގަނެވޭނެ.