އައްޑޫސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެސިޓީގެ ހިތަދޫގައި ތާރު އަޅަން ފެށުމުގެ ގޮތުން އެފްކޮންސް އިންފްރާސްޓްރަކްޗާގެ މުވައްޒަފުން ހިންދޫ ދީނުގެ އަޅުކަމެއް ކުރި މައްސަލަ ހިތަދޫ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ހިތަދޫ ފުލުހުން ރޭ ބުނީ، އައްޑޫސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން މިމަހުގެ އެއް ވަނަ ދުވަހު ހިތަދޫ، ކެނެރީމަގު ތާރުއަޅަން ފެށުމުގެ ގޮތުން ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެހެން ދީނެއްގެ އަޅުކަން ކޮށްފައިވާ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިތަދޫ ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވެސް ވަނީ މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާފައެވެ.

މިމައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވަނީ ތާރު އަޅަން ފަށަން ވެގެން އެސަރަހައްދުގައި ތިބި ބިދޭސީންތަކެއް ހިންދޫ ދީނުގެ އަޅުކަމެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ފަރާތަކުން މީސްމީޑިއާގައި ހިއްސާ ކުރި ހިސާބުންނެވެ.

އެގޮތުން ވީޑިއޯއިން ފެނިގެން ދަނީ ބިދޭސީއަކު ތާރު އަޅާ މެޝިނަށް ކާއްޓެއް ބިންދާލާތަނެވެ. މިއީ ހިންދޫ ދީނުގެ މީހުން މަސައްކަތެއް ކުރަން ފެށުމުގެ ކުރިން، ނުވަތަ އާ ކަމެއް ނުވަތަ ތަނެއް ލިބުމުން ކުރަމުން އަންނަ ކަމެކެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީނާ ހިލާފު ކަންކަން ކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި އެމައްސަލަ ސަރުކާރުން ބަލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑައެލޯގް

    މިސަރުކާރުން އިސްލާމްދީނާ ދެކޮޅުކަންކަމެއް ބަލއިނުގަނެވޭނެއޭ ބުނަނީއެވެ. ތިކަންވެސް ތިހުރިހަކަމެއްވެސް ބަލަބަލަ ހުންނާނީއެވެ. ވާނެކަމެއްހަރާމެވެ. އެގޮތަށް ބުނެލެވޭވަރުވެސް އެވަނީ 2023 ޖެހިފައިވާތިއެވެ.

    17
  2. މުޙައްމަދު

    އިންޑިޔާގެ މައްސަލައެއް ދިވެހި ސަރުކާރުން ބެލޭނެބާ. ރޭގަ ޚަބަރުން އިވުނު ރާއްޖޭގެ ރަށެއްގަ ކުޑަކުއްޖަކާ ބެހުނު ދެ އިންޑިޔާ މީހަކު ފުލުހުން ދޫކޮށްލި ވާހަކަވެސް.

    16
  3. ޙަަަހަ

    ބަލާނެތޯ ، ކާށި ނޫނީ ވެހިކަލް ކުށްވެރިވުން ގާތީ

  4. ޏ

    އިންޑިއާ އިން އެހާމަކޮށްދެނީ ރާއްޖެއަކީ އެމީހުންގެ ކޮންޓްރޯލް އޮތް ތަނެއްކަމެވެ ފަހަރަކު ކަމެއް ފާޅުކުރަމުންގޮސް އެކީއެކައްޗަކަށް އެމީހުންގެ ދީން ފާޅު ކުރުމެވެ.

    10
  5. ހުސެން.

    އެއީ އިންޑިއާ ގެ އާަވަށެއް ކަމަށް ވާ އައްޑޫ ގަ އެއްނޫންތަ! އެކަހަލަ ކިތަންމެ ކަމެއް އެބަކުރޭ އެތަނުގަ ދެނެއް ނުހުއްޓުވޭނެ މިވެރިކަމަކަށް. އިލްޔާސް މެން ދުވާދަންނަވާ ތިބޭނީ .

  6. ކާލާ

    ކާށި ބިދެގެން ދޯ ހުނިގޭނޭނީ، ކަންކަމާ ތިވަރު ނުވެބަލަ!🙂

    4
    4
  7. ނާހަމަ ތެދެއް

    ތީހަމަ ނަމަކައް ކުރާ ކަމެއް ފަހުން އިއްބާލާނެ މިހާރު ތި އިބޫ ދަސްވެއްޖެ ރައްޔިތުންނައް