ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން، އެފްއޭއެމް އިން ރެފްރީންނަށް މުސާރަ ނުދިނުމުގެ ސަބަބުން، އެ އެސޯސިއޭޝަނުން ބާއްވާ 12 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް ހުއްޓުމަކަށް އަތުވެއްޖެއެވެ.

މާފަންނު ޓާފް ދަނޑުގައި ބާއްވާ މި މުބާރާތުގެ އިއްޔެ މެންދުރުފަހުގެ މެޗުތަކަށް ހާޒިރުވެފައިވަނީ އެންމެ ރެފްރީއެކެވެ. ރެފްރީން ނުދިޔައީ، ކުރީގެ މެޗުތަކަށް ދޭން ޖެހޭ ފައިސާ ދީފައިނުވާތީ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ.

"އެންމެން ގޮސް މެޗަށް ދިޔައިރު، ކެންސަލް. ރެފްރީން ނެތިގެން" ބެލެނިވެރިޔަކު "ވަގުތު" އަށް ކިޔައިދިނެވެ.

އޭނާ ބުނީ ހުކުރު ދުވަހު މެންދުރު ފަހު އޮތް މެޗަށް އޭނާ ވެސް ދިޔައީ އޭނާގެ ދަރިފުޅު ގޮވައިގެން ކަމަށާއި އެކަމަކު، މެޗަށް ދިޔައިރު ރެފްރީން ނެތުމުގެ ސަބަބުން މެޗު ކެންސަލްކޮށްލާފައިވާ ކަމަށެވެ. އެހެންވެ، ދަނޑަށް އައި އެތައް މީހުންނެއް ވަނީ އެނބުރި ގޮސްފައެވެ.

މެޗު ކެންސަލްކޮށްފައި ވަނީ އެ މެޗުތައް ކުޅޭ ޓީމުތަކާއި އެ ޓީމުތަކުގެ ކުޅުންތެރިންގެ އާއިލާތައް ދަނޑަށް ދިޔަ ފަހުންނެވެ. ބައެއް ބެލެނިވެރިން ވަނީ މިކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެފްއޭއެމްގެ ސަބަބުން އެތައް ބެލެނިވެރިޔަކަށާއި ދަރިވަރުންނަށް ކިހާ ބޮޑު ގެއްލުމެއް މިވީ؟" އޭނާ ބުންޏެވެ.

އެފްއޭއެމް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެ، މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އެތައް ބިދޭސީ ކުޅުންތެރިންނަކަށާއި އެތައް ޓީމަކަށް ދޫކުރަން ޖެހޭ ފައިސާ ދޫނުކުރާ މައްސަލަތައް ވެސް ވަނީ ބޮޑުވެފައެވެ. އެހެން އޮއްވާ، އިއްޔެ ވެސް ސިވިލް ކޯޓުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ އެއް މަސް ތެރޭ ދައްކަން ހުކުމްކޮށްފައެވެ.

ސްޓެލްކޯ އަށް ކަރަންޓު ބިލު ނުދައްކާތީ އެފްއޭއެމް ހައުސް ހިންގާ އިމާރާތުން ދާދި ފަހުން ކަރަންޓު ވެސް ކަނޑާލާފައިވާއިރު، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން، ވިޔަފާރި ކުންފުނިތަކުން މިދިޔަ އަހަރު ދިން ފައިސާ ނުދީގެން އެ ޝަކުވާ ވެސް ކުޅުންތެރިން އަންނަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޗަކޮއެ

    ސޮލިބޭ ގެ ޒީރޯ ޓޮލެރެންސްގެ ދަށުން ހިންގާ ކަންކަން.

    11
    4
  2. ދަރަނި

    ކަލޯ އަހަރުމެން ކުޑައިރު ހިއްކި ބިމުގައި ބާއްވާ ކަޕް ގަނޑުވެސް އެންމެ މެޗެއް ކެންސަލް ނުވޭ.. ބާރާބަރަށް ސަޔާއ، ރެފްރީ މުސާރަދީފައި ، ކެންޓީން އެއްޗެހި ހިންގާލާފަ އަހަރުމެން ބޭއްވީ .. ރާއްޖޭގެ އެން،މެ ބޮޑު ބަޖެޓް ދޭ ކުޅިވަރު އެސޯސިއޭޝަން ލަދުގަންނަން ޖެހޭ..

    16
  3. ޗަކޮއެ

    މިވިތަނާހަމައަށް މިމީހުން ކުރީ ވައްކަން ވައްކަން

  4. ވާނުވާ

    ލާރި ގަނޑު މަޅާ ލަންޏާ ދެން ކޯޗެއް އޮންނާނީ!

  5. ހުސޭނުބޭ

    ލާރި ވަރަށް މީރު

    11
  6. ދޯކާ

    ހުސް ދޮގު ހަދާ ބައެއް މި ސަރުކާރުގަވެސް އުޅެނީ ، މި ފަހަރު ބޯހިމެނުމުގައި މަސައްކަތް ކުރި މީހުންނަށް އަދިވެސް ލާރިއެއް ނުދޭ !! މީހުން ލައްވާ މަސައްކަތް ކުރަން ވަރަށް ފޯރި ހުރޭ !! ލާރި ދޭން ޖެހުނީމަ އެޖެހެނީ އާދޭސް ކުރަން!!

  7. ޖާދޫ

    އަފޫ މެނައް ވެސް އެތައް ލާރިއެއް ދޭން އެބަ އޮތޯ

  8. ކެޕޭ

    އެފް އޭ އެމް ދަރަނީގެ އަޕްޑޭ ކަމަށް މަޢުލޫމާތު ލިބޭ، އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ، ސްޓެލްކޯ އަށް 6.5 މިލިއަން ރުފިޔާ އަދި އެލް މޮބައިލްއަށް 2 ލައްކަ ޑޮލަރު (3 މިލިއަށް 84 ހާސް ރުފިޔާ) ގެ މައްސަލަވަނީ ސިވިކޯޓުގައި އެލް މޮބައިލްއިން ބުނާ ގޮތުން ޑޮލަރުގަތުމުގެ ބޭނުމުގައި ނެގިފައިސާ ނުލިބިގެން ކޯޓަށް ކޭސްވެއްދީ 2 އަހަރުވުމުން ހަމައިތުރު ގޮތެއްނެތިގެން

  9. ޖަވާ

    އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ 3 މަސް ވެއްޖެކަންވެސް، ކޮންމެވެސް ކުއްޖަކު ލިޔެދީބަލަ.