ދިވެހި ހަތަރު ސިފައިން އިންޑިއާގެ ޗެންނާއީގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ޗެންނާއީގެ ޓްރެއިން އެކަޑަމީން ތަމްރީންވީ އެމްއެންޑީއެފްގެ ކެޑޭޓް އަހުމަދު ފިރުޝާން އާއި އަބްދުﷲ މުވައްވިޒާއި ފަސީހަތު އުމައްޔާ އަދި ޝެހްނާޒް އަލީ ފާރޫގް ކަމަށެވެ.

އެ ހަތަރު ސިފައިންނަށް ޓްރެއިނިން އެކަޑަމީން ވަރަށް ރަނގަޅު ނަތީޖާއެއް ވެސް ލިބިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެފައި ވެއެވެ.

އެމްއެންޑީއެފްއިން ބުނީ އޮފިސާ ޓްރެއިނިން އެކަޑަމީގައި ކިޔަވަމުން ދިޔަ ދިވެހި ހަތަރު ސިފައިން ވެސް ގްރެޖުއޭޓް ވެފައިވާ ކަމަށެވެ.

އެ ސިފައިން ތަމްރީން ޕްރޮގްރާމް ފުރިހަމަކުރީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހި ސިފައިން ރާއްޖެ އިން ބޭރުގައި ތަމްރީން ވުމުގެ އެކިއެކި ފުރުސަތުތައް މީގެކުރިން ވެސް ދީފައިވެއެވެ. އޭގައި ބައިވެރިވާ ސިފައިން ރަނގަޅު ނަތީޖާތަކެއް ވެސް ހޯދައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަމޭ

    މިއީދޯ ކޮޕް ސަމިޓޭ ކިޔާފަ މި ދިޔަ ތަނަކީ...

  2. ސައިނީ

    މީހުސް ދިވެހި ސިފައިން ހާދަވައްތަރޭ ދޯ އެކުދިންނާ!