ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ކޮއްކޮ ޕީޕީއެމަށް ސޮއިކޮށްފިއެވެ.

ނާޒިލްގެ ކޮއްކޮ ނަސްލު އަބްދުﷲ ސޮއިކުރީ ސ. ހިތަދޫ ޕީޕީއެމް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ނަސްލު ސޮއިކުރުމަށް ފަހު ފޯމް ހަވާލު ކުރީ ޕާޓީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންއާއެވެ. އޭނާއާއެކު ގިނަ ޒުވާނުންތަކެއް ވެސް ޕީޕީއެމް އަށް މިއަދު ސޮއިކުރިއެވެ.

ޔާމީން އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕީޕީއެމަށް ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އާންމު މެމްބަރުން ވެސް ހިމެނެއެވެ.

ނަސްލު އާ އެކުގައި ޕީޕީއެމަށް ސޮއިކުރި ޒުވާނުން.

ނަސްލު އަކީ ވެސް ކުރިން އެމްޑީޕީގެ ވަރުގަދަ އެއް އެކްޓިވިސްޓެވެ.

ނާޒިލްގެ ކޮއްކޮ ޕީޕީއެމަށް ސޮއިކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)ގެ މަންމަ އާއި އާއިލާގެ ހަ މެންބަރުން ވަނީ ރޭ ޕީޕީއެމަށް ސޮއިކޮށްފައެވެ. އެކަމަކު، މަވޯޓާ ޝަރީފަކީ އެމްޑީޕީގެ މެމްބަރެކެވެ. އަދި އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

ރައީސް ޔާމީން އާދީއްތަ ދުވަހު އައްޑުއަށް ފެއްޓެވި ދަތުރުފުޅުގައި އެސިޓީގެ ގިނަ ބަޔަކާއި މިހާރު ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން ޔާމީންގެ ދަތުރުފުޅުގައި މިހާތަނަށް އައިއިރު ވިޔަފާރިވެރިންނާއި އިސް ރަށްވެހިންނާއި ޒުވާނުންނާ ވަކިވަކިން ބައްދަލު ކުރެއްވިއެވެ.

ރައީސް ޔާމީންގެ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެން ޕީޕީއެމްގެ މެންބަރުންނާއި އަދި އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ރައީސް ޔާމީން އައްޑުއަށް ކުރައްވާ ދަތުރުފުޅަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާބިދާ

    އަދި ނާޒިލް ވެސް ޕީޕީއެމް އަށް ސޮއިކުރާނެ، ހެޔޮވިސްނޭ އެންމެން ޕީޕީއެމަށް ސޮއިކުރާނެ

    34
    3
  2. ފިންކީސް

    ފޮޓޯއިން ފެންނަނީ ސުލްހަވެރިޒުވާނުންކޮޅެއް. ޝުކުރިއްޔާ ރައީސް ޔާމީން.

    33
    1
  3. އިބްރާހިމް

    ދިވެހި ހުރިހައި ރައްޔިތުން އެއްވާމެއްގައި ނުކުމެ ޕީޕީއެމާއި ގުޅި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަންގޮވާ ކެނޑިޑޭޓަށް ތާއީދުކުރަމާތޯއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރުކުރުވާލާފައިވާ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރެވޭނީ ޙިކްމަތްތެރިއަކަށެވެ. ރ ޢަބްދުﷲ ޔާމީނަކީ އެފަދަ ބޭފުޅެއްކަން އެބޭފުޅާގެ ވެރިކަމުގައި އިންޑިއާއާއި ޑީލްކޮށްފައިވާގޮނުންނާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވާފައިވާ ކަންކަމުން އެނގެއެވެ.

    15
    1
  4. ޑައެލޯގް

    ހަގީގަތާ ގައުމު ހިގާގޮތް ޔާމީން ރައްޔިތުންނަށް ވިސްނައިދިނުމުން މިހާރު ރައްޔިތުން އެކަން ޤަބޫލުކުރާތަން މިފެންނަނީއެވެ. ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. 2023ގައި އިންޝާ ޔާމީން އާމީން

    15
  5. މޮޑަފް

    ޔާމީނުގެ ބޭބެވެސް އުޅެނީ ޕާޓީއެއް ހަދައިގެން. އަދި މައުމޫނުގެެ ދަރިންވެސް އުޅެނީ އެކިޕާޓީ ތަކުގަ. ތީ މާބޮޑު ކަމެއްތަ. ތިފޮޓޯއިން ފެންނަނީ ސުލހަވެރި ކަންމަތީ ޒުވާނުންކޮޅަކަށް ކޮފީއެއް ދީގެން ފޮޓޯއެއް ނަގާލިތަނެއްނު.

    1
    9
  6. Raakani

    Hulhumale' beach Gai Police ais varah gadhayah thalhaaali zuvaaneh thiyaeee. Masthuvaathaketheege massalaaga.
    Thiyaeee masthuvaathaketheege record oiy meeheh
    Magumatheege namun mash'hooru Naslaa
    Dealer eh