"ވަގުތު" ގެ މާކެޓިން އެގްޒެކެޓިވް ފަތުހުﷲ ވަޖުދީގެ ބައްޕަ މޫސާ ވަޖުދީ ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ.

މޫސާ ވަޖުދީ ނިޔާވުމާއި ގުޅިގެން ފަތުހުﷲ ވަޖުދީގެ އާއިލާ އަށް ލިބިފައިވާ ހިތާމައިގައި "ވަގުތު" އާއި "ވަގުތު" ގެ މުވައްޒަފުން ބައިވެރިވެ، ތައުޒިއާ ދަންނަވަމެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

މޫސާ ވަޖުދީ އަކީ އައްޑޫ ސިޓީ ހިތަދޫގެ ކުޑަކަތީބު ކަމާއި ބޮޑުކަތީބު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ.

މޫސާ ވަޖުދީގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ހިތަދޫ ހުކުރު މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެރީމާ

    ﷲ ގެ ހެޔޮރަހްމަތަށް އެދި ދުއާ ކުރަން އާމީން

  2. އަމީ

    ‫إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
    މޫސާބޭގެ ފާަފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި، އާއިލާގެ އެންމެ ބޭފުޅުނ‬‎ްނަށް ކެއްތެރިކަން ދެއްވާށި އާމީން.?