ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ހެކި ނައްތާލި ކަމުގެ ދައުވާ ކުރަން މިއަދު ފޮނުވައިފިއެވެ.

ޤާނޫނީ ގޮތުން އުފެދިފައިއޮތް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ތިން ބޭފުޅުން މިމަހުގެ ހަ ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އިރު ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ރައީސް މައުމޫނަށް ކުރެއެވެ. އަދި ރިޝްވަތު ހިފި ކަމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ކުރެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ހެކި މިބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް ހެކި ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހްމަދް

  ވަރަށް ރަނގަޅު މައުމޫނުގެ މައްޗައްދަޢުވާކުރޭ.
  ތީނުރައްކާތެރި ޒަޢީމެތް.

 2. ޙުސޭނު

  ކިތާބީ ހެކިތައްވަނީ ކޮންތާކަށް؟ ހަމަބޮޅެއްދޯ. ޔާމީނު ބުނި ކަމެއް ކުރީއޭ ބުނީމާ ނިމުނީއެއްނު

 3. ޝޫޒަން

  ދައުވާ ކުރަންޖެހޭ، ޖައްވަށް ހަވާއަށް ފަޒާއަށް އެއަށްފަހު ގަޔަށް ޖަހަން ޖެހުނީ، ހަމަ ޖެހުމާއެކު މަރުވީ. ތިބުނާ ޤާނޫނު އަސާސީވެސް އޮތް. ޢިނދިކޮޅަށް މިހާރު އެވެސް ރަނގަޅު، ހިނި އަންނަނީ.

 4. ހޮނޑާފުށީބޮޑުހުސޭނު

  ކީއްކުރާނި ، އެގޮތް މިިގޮތް ހަދާއިގެން ނަމަވެސް އެބަޖެހޭ ހިފަހައްޓަން