ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން މުދާ އުފުލާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައި އޭގެން ދަތުރު ކުރި މީހަކު ގެއްލިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، އެރަށު ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން މުދާ އުފުލާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 13:25 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ކޮޅުވެއްޓި ކައިރީގައި ވާދޫ ސީވީޑް ދޯނި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އޭގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އަދި އެކަކު ގެއްލިފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުން". ފުލުހުން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން އެންއެމްޑީއެފުން ވިދާޅުވީ، ބަންޑުން ޖަހަލާފައިވަނީ "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ކަމަށެވެ. އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައިވަނީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މެންދުރު 12:50 އެހާކަންހާއިރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    ސާފުކޮށް މި ބުނަނީ،ހިންނަވަރު ކުޑަ މޯދީ ގެ ވެރިކަމަކީ ސުންޕާ ،ރައްޔިތުން ހަނާވެ،ފަނާވާ ވެރިކަމެއް.

    21
    9
  2. ރެފްރީ

    އިންޑިއާމީހުނަށް ހިތާމައިގެދުވަސްކޮޅެއް.

    8
    2
  3. ނެތީމޭނެތީމޭ

    މިހާ ފެންވަރުގެ ބޮޑެތި ނުރައްކަލަށް ގައުމު މިއޮށްގެން ގެނބިގެންދަނީ އެއީ ލިވާތު ކުޅި ކުޅުނު މީހުން ތަމެން ދިފާއު ކުރަން ހަދައިގެންނޭ އެކަމުގެ އަލާމާތް ތަކޭ މިހާރު ފެނިގެން މިދަނީއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...

    7
    1
  4. ސާބަސް

    ގެއްލުނުމީހަކީ ކޮންގައުމެއްގެ މީހެއްބާ

    6
    1
  5. އަހަންމަދުު

    ހޮރައިޒަން ކުންފުންޏަކީ ކާކުގެ ކުންފުންޏެއްތަ!
    ޥޯޓުލާންކައރިވާތީ ދުރާލާ ބަލައިލުން ރަގަޅުދޯ!

    5
    1
  6. ޓޫވެލް

    މިރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށް ބަލާލުމުން ރައީސް އިބޫގެ ވެރިކަމުގައި ފެންނަނީ ނާމާން ކަމާއި ހަނަފަސް ކަން ބޮޑު ކަމާއި ބިރުވެރި ކަމޭ މިގޮތަށް މިވަނީ އެއީ ސީދާ އެމްޑީޕީގެ ވެރިކަން ނާމާން ވުމުންނޭ އެމެން އެވަނީ ލިވާތު ކުޅި ކުޅުން އާންމު ކޮށްފައޭ އަދި ޑްރަގް އިންތިހާ އަށް ރައީސް އޮފީހުގައި ވެސް ބޭނުން ކުރަނީއޭ ގައުމުގެ ދުވަސް ދުއްވާލައިފިއޭ ގައުމު ނާމާން ވެއްޖެއޭ ޕިންކީންގެ ވެރިކަމުގައި ރީއްޗަށް ހިނގަ ހިނގާ އޮތް ގައުމެއް އެމްޑީޕީ ވެރިކަމުގައި ބޮޑެތި ވަގުން ތަކެއް އައިސް ނޮޅާލާ ރައްޔިތުން ފެލާލާ ރައްޔިތުން ހަނާ އަރުވާލައިފިއޭ ހަނާއަރުވާލައިފި ހަނާއަރުވާލައިފިއޭ ޕީޕީއެމް އަނބުރާ ވެރިކަމަށް ގެނައުން އެއީ މާބޮޑަށް ވެސް ރަނގަޅު ކަމެކޭ މާބޮޑަށް ރަނގަޅޭ މާބޮޑަށް ރަނގަޅޭ އޯއް އޯއް އޯއް ޕިންކީސް އާރ ދަ މާރސްޓަރ ޕީސް އޯއް އޯއް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް...