ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ބަދަހިކޮށް ކަމަށާއި އެޕާޓީ ފައްތައެއް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު، ރީކޯ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ވެރިކަން މި ލިބުނީ ދެވަނަ ފަހަރަށެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.

އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ދޭތެރެ ދޭތެރެއަކުން ހިޔާލުތަފާތުވެ، އަރައިރުންވެއެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުން ތާއީދުކުރެއްވި ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުނުކުރާކަން ހާމަކުރަމުންނެވެ. މަޖިލީސް ތަޅުމުގައި އެފަދައިން ދެކެވޭ ވާހަކަތަކަށް ސަރުކާރު ފެކްޝަންގެ މެންބަރުން ގެންދަނީ އެޕާޓީގެ ވަޓްސްއެޕް ގުރޫޕުގަޔާއި ޓްވިޓާގައި ވެސް ރައްދުދެމުންނެވެ.

އެހެންވެ، ހިޔާލުތަފާތުވުން ބޮޑުވެ، ފާޅުގާ އަރާރުން ވަނިކޮށް ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ގަދަކޮށް، ބަދަހިކޮށް ކަމަށެވެ. އަދި، އެޕާޓީން އުފެއްދި ކޮންމެ ސިޔާސި ލީޑަރަކީ ޕާޓީގެ އަމާޒުތައް ރަނގަޅަށް ދަންނަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި އޮޑިއެއް ފައްތައެއް ނުލެވޭނެ. މާލިމީންނާ ފަޅުވެރިންނަށް ފައްތާނުލެވޭ ވަރަށް އޮޑި ބަނީ" ރީކޯ ވިދާޅުވިއެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި، ރީކޯ އެޕާޓީން ވަކިކުރުމުން، އިދިކޮޅު ޕީޕީއެމާއި ވެސް ވަނީ ގުޅިފައެވެ. މިގޮތަށް އަށް އަހަރު ވަންދެން އެކިއެކި ގޮތްގޮތަށް އޭނާ ވަނީ އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފާޑު ވެސް ވިދާޅުވެފައެވެ.

އެކަމަކު، މި މަހުގެ އަށް ވަނަ ދުވަހު އަލުން އަނބުރާ ޕާޓިއަށް ސޮއިކުރުމަށް ފަހުގައި އޭނާ ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ތާއީދުކޮށް އަދި، އެމްޑީޕީ އެކަތި ކުރުމަށް ވަކާލާތު ކުރަމުންނެވެ.

ރީކޯ މޫސަ އެމްޑީޕީއަށް ސޮއިކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރިން ކޮށްފައިވާ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހްމަދު ފާއިޒް ވަކިކުރަން ވޯޓް ދެއްވުމުން އެމައްސަލަ ބެލުމަށް ފަހު 2014 ވަނަ އަހަރު އެވެ. އޭރު އެމްޑީޕީން ނިންމީ ރީކޯ މޫސަ އަށް އަލުން އެމްޑީޕިއަށް ވަދެވޭނީ 50 މެންބަރުންގެ ސޮޔާއި އެކުގައި ކަމަށެވެ.

އެމްޑީޕީން ވަކިކުރުމުން ރީކޯ މޫސަ ޕީޕީއެމްއަށް ސޮއި ކުރީ 2017 ވަނަ އަހަރުގެ ޖުލައި 11 ގައެވެ. އޭގެފަހުން އޭނާ ފެނުނީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދައިދޭން ވެސް ރީކޯ މޫސަ ވަރަށް ވަރުގަދައަށް ކެމްޕޭން ކުރިއެވެ.

އެކަމަކު، ރިޔާސީ އިންތިހާބަށް ފަހު އޭނާ ޕީޕީއެމްގެ ހަރަކާތްތަކުން ނުފެނެއެވެ.

ރީކޯ މޫސަ އެމްޑީޕީ އަށް ސޮއި ކުރެއްވިއިރު ރައީސް ސޯލިހް ގެންދަވަނީ ދެވަނަ ދައުރަކަށް ވެރިކަން ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. ރައީސް ސޯލިހާއި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ފާޅުގައި ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ރީކޯ މޫސަ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ނަމަ

    ރީކޯ ރަގަޅު ފެތިފަ އޮތީ ދެންނުފެތޭނެ

    33
    1
    • އަންޖު

      ރީކޯވެސް ސޯލިހު ފެކުސަނައް ވަނީމަ އޭނަ ދައުލަތައް ރިސޯޓު ކުއްޔާ ޓެކްސްގެ ގޮތުގައި ނުދައްކާއޮތް އެތައް މިލިއަން ރުފިޔާ މާފުވީ. ކޮބާހޭ ލަދު ރީކޯ؟؟؟

      17
  2. ޑަމްޕަރ މޫސަ

    އެހެންވެދޯ އޮޑިން ފުންމާލީ..

    40
  3. ލުޠުފީ

    ވަގުތު ޖެހުނީ ފެތުނީ. ޓައިޓޭނިކު ބަނދެ ނިންމާފަވެސް ތިހެން ބުނި. ﷲ ގެ އިރާދަފުޅާއި އެކު ތިޔަ އޮޑި ވަރަށް އަވަހަށް ފެތިގެންދާނެ. އިންޝާ ﷲ

    47
    1
  4. އަންނި

    އުނބައްޖެހިމޫސާ.ލަލަލާ އޮޑި ނުފެތުނަސް ދެން ދިޔަވަތް ރަނގަޅެއްނުވާނެ. އަބަދު ތިބެންޖެހޭނީ ދިޔަވަތަށް ފައިބާ ދިޔަހިއްކާލަ ހިއްކާލާ.

    41
  5. އަވަށުމީހުން

    ތީ އިތުބާރު ކުރެވޭ ފަޅުވެރިއެއްނޫން.. ފައިސާކޮޅެއް ބަޔަކު ދީފިއްޔާ އޮޑީގެ ބަނޑުފިލާގަނޑު ނަގާވިއްކާލާނެ

    41
  6. އކކ

    ވަރަށް ރީއްޗައް ތިޔަ އޮޑިފެތޭތަން މިފެންނަނީ.

    38
  7. ހާލުފޮޅި

    ފެތިފަ އޮތީ… އިތުރަށް ފައްތާކަށް ނުޖެހޭނެ

    39
  8. އހ

    މިއީ ކާކު މާފަހުން ދަލުބޭރުން ޖެހިގެން އުޅޭ މީހެއް

    36
    • ދޮގުއައްޕަ

      އެއުޅެނީ ރީކޯ ދައުލަތައް އެތައް މިލިއަނަކުން ދައްކަންއޮތް ރިސޯޓު ކުލިން ރެކެން

      15
  9. ޚާލިދު

    ޓައިޓޭނިކް ވެސް ނުފެތޭނޭ ބުނި

    38
  10. ޢަހުމަދު

    ކުރީގަވެސް ތިހެންކީ މިއޮޑިފައްތައެްނުލެވޭނެއޭ. ޢެކަމަކުފެތިގެންގޮސްނޭވާނުލެވޭވަރު ވެފަވަނިކޮން ރައީސް މައުމޫނު ތިއޮޑިއަށް އަރާ ދިޔަހިއްކީމަ ނޭވާލެވެންތިފެށީ އަދިވެސް މައުމޫނަށް އެއްޗެތިގޮވާ ލަދުހަޔާތެއްނެތި

    32
  11. ޙަނދުކޭތަ

    ފެތިގެނެއްނޫންތަ ޕީޕީއެމައް ދެފައި ފޭކުރަމުން އައީ ޗަކޮއެ ބޭނުންކަމެއްނުވީމަ ޔާމިނު ގޯސްވީ ދެން ޕީޕީއެމުން ތަޅާ ބޭރުކުރީމަ އަނެއްކާ ފެތިފަ އޮތް ބަތްތެލިގަނޑައް ތިޔަ ފައި ކޮއްޕީ ތިޔަ ޕާރޓީ ތެރޭގަ އެކަކު އަނެކަކައް ވަގައް ވިއްޔަ ގޮވާނަގަނީ މިހާރު ޗަކޮއެވެސްތީ ރަތްލާޖެހި ވަގެއް

    30
  12. ހުސައިން803

    ރަނގަޅަށް ބަލާ މިހާރުވެސް އޮންނާނީ ދައުލަތައް ދައްކަންޖެހޭ ބޮޑުފައިސާ ގަޑެއްނުދައްކާ. މިކަހަލަ އެންމެންވެސް މިތިބެނީ ނިގޫފިތިފަ. ރައްޔިތުން ކިހިނެއް ދެން މިމީހުން މިދައްކާ ވާހަކަ ޤަބޫލް ކުރާނީ.. ނޫސްތަކުގެ ހެޑްލައިންނަށް މިމީހުން ހަމަބުނާ ކޮންމެ އެއްޗެއް އަރާތީ މައްސަލައަކީ 12 އަގައިން މިމީހުން ވާހަކަ ދައްކާނެ.

    28
  13. Anonymous

    ރީކޯ މޫސައަށްވުރެ މަކަރުވެރިއެއް ވާނެތަ؟؟، މީނަގެ ކަމަކީ އެއިރެއްގެ ހުންނަ ރައީސަކު ފައިބުޑަށް ވެއްޓިގެން އުޅުން، ސަބަބަކީ މީރާއަށާއި އަދިވެސް ދައުލަތަށް ދޭންޖެހޭ ދަރަނި ބިލިޔަން ބިލިޔަން ޑޮލަރަށް އަރާފައިވަނީ، އެދަރަނި ހުރީމަ ސަލާމަތްނުވެގެން، ރ.ޔާމީނު ދައުރުގައި އެމަނިކުފާނު ފައިބުޑުގައި އެލިގެންއުޅުނީ އެދައުރު ދިޔައީމަ މިހާރުގެ ރ. އިބޫ ގެ ފައިބުޑުގައި އޮންނަނީ ދަރަނި ނުދައްކާ ސަލާމަތްވޭތޯ ބަލަނީ، ކައްވަޅުގައިވެސް ދަރަނިވެރިން ތިޔަގޮތަށްބާއޭ ހައްލު ހޯދާނީ ހިތަށްއަރާ ؟؟

    27
  14. ހުސޭނުބޭ

    ރިސޯޓުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 23 މިލިއަނެއްވެސް ޖީބަކުން ދަމައެއްނުގަނެވޭނެ ...... މިހެން ބުނެބަލަ

    26
  15. ބަގުއްޑޭ

    ބަލައެއް ނުގަންނަން ބޮޑު ފިތުނައެއް

    23
  16. ކޮރަލް

    ފައްތާލާފަ ދިޔަ މީހުންނެވެ.

  17. ލުލު

    ދައުލަތައް މިލިއަނުން ދަރާ އޮތީމަ އަނެއްކާވެސް ސަރުކާރުފަހަތުން ދުއްވައިގަތީ އަމިއަލަ އެދުން

    10
  18. Anonymous

    ރ ނަޝީދު ވެރިކަމުގަ ހުންނެވިނަމަ މި ކޮރަޕްޓް ރީކޯމޫސަ އޮންނާނީ މިހާރުވެސް ރ.ނަޝީދުގެ ފައިބުޑަށް ވެއްޓިގެން، ރނަޝީދުގެ ދައުރުގަ ރިސޯޓްހަދަން 5 ފަޅުރަށް އަތުލި 2ފަޅުރަށް ވިއްކާލާފައި އަނެއް 3ރަށް ރިސޯޓު ހިންގަމުންދަނީ، މިހާރު ރ.އަންނީ ފަކީރު ކޮއްޕާލާފަ އެން އޮތް ދިމާލަކަށް މަސްދާގޮތަށްގޮސް ރ.އިބޫސާލިހު ކޮނޑުގައި އެލިގަނެގެން ކާންދިން އަތުގައި ދަތްއަޅައި ރ.ނަޝީދު ފަހަތަށް ކޮއްޕަމުންދާ ކޮރަޕްޓް ޖާހިލެއްގެ މަންޒަރު ދައްކަނީ، ޖާހިލު ކޮރޮޕްޓް ރީކޯ😁

    • އައިސް

      ޗަވަރުންވެސް ރ.ނަސީދު ގެ ކޮރަޕްޝަން ހާމަވެއެއްނު. ރީކޯއަށް އެގޮތަށް ބޭއެޅީމާ.

  19. ޔާންޔާ

    ރީކޯ އަކައް ތާއީދެއްނެޔް . ޕާޓީގަ ހުއްޓަސް ހަމަ ބޮލެއް . ދަރަނިވެ ހާދާނެ ގޮޔްހުސްވުމުން ޕާޓީއާ ގުޅެންނޫޅެއްޗޭ .

    11
  20. ތޯހަން

    މި އޮޑި ފައްތައެއް ނުލެވޭނެ މިއީވެސް ރައީސް ނަޝީދުގެ ސުލޯގަންއެއް. މޫސަ ކަލޭ މޮޔަނުވޭ

    10
  21. އަލީ

    ރިސޯޓްހަދަން ތަކެތިގަނެފަ ލާރިނުދައްކާފޯނުނުގާ މެއިލްކުރީމަ ބުލޮކްކޮއް އޮފީސްތަޅުލާ އެތެރޭގަ ފިލާއޮވެ ތިނިކުތީ ހައްގުހޯދަދޭން ރައްޔިތުންގެމިކަލޭގެއައް މުދާވިއްކުމުންލާރިނުދިނުމުގެސަބަބުން އެތައްބަޔަކައް މުސާރަ އަދިޓެކުސް ނުދެއްކިކުންފުނިހާލުގަމިޖެހުނީ ހުރިލަދުހަޔާތް ކުޑަކަމުން ނުކުމެހައްގޭ ދައުރޭކިޔާތެޅިބާލަނީ އަދިމީހުނައް ވަގެއްގޮވާނުކެމެ

    12
  22. ނިޝާ

    މަގޭ ގާތުބުނި އޮޑި ފެތިއްޖެއޭ. ފެތޭކަށް ނެތޭ. ޢޮޑީކުދިންް ހިތްހަމަ ޖައްސާލަން އަލުން ސޮއިކުރީއޭ.

    10
  23. ދީދީ

    ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްވުރެން މިމީސްމީހުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުން މާރަގަޅުކަމަށް ދެކެން. މިހާރުވެސް ރަނގަޅު އޮޑިޓެއް ހަދައިފިނަމަ ސަރުކާރުގެ ވެރިންގެ ނުވަތަ ސިޔާސީ އިސްމީހުން ގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކުން ދައުލަތަށް ލިބެންޖެހޭ އެތަކެއް ބިލިޔަން ފައިސާ ހުންނާނެ.
    އެހެން ނަމަވެސް ސަރުކާރުން މިބަލަނީ މިބާވަތުގެ ސިޔާސީ ވަގުންގެ ވައްކަން ފޮރުވައިގެން ރައްޔިތުން ބިކަ ކުރެވޭތޯ.

    12
  24. ކުލްސޫމް

    ޢަގަފެޅީ ކަންތަކާ ޖެހުނީ ދެންޕޯޑިޔަމް ތަކައް އަރާ ފަތާވަރުން ބޮލުގަރިއްސާނެ

  25. ގުލާބު

    ރީކޯ މިހާރު ހަވާލުވީތަ؟ ރައީސަކަށް ކުރިމަތިލާންވީނުން އެއިރުން އަނެއްކާވެސް ބޭރުކޮށްލާނެ!

  26. Zaeem

    Anehkaa ehchehithakeh dhaaigannan Mikaleyge miulhenee biruverikameh!!

  27. ބުރާންތި

    މިކަލޭގެ އަކީ ކަހީނެއްކަމަށް ވަކާލަތު ކުރާމީހެއްދޯ؟ ވާނެކަންތަކާއި ނުވާނެ ކަން ކަލެއަށް އެގެނީ ކިހިނެއްތަ. ތިމާ މީހާ ދައުލަތައް ދައްކަން އޮތް ލާރިގަނޑު ދެއްކުމުގެ ބަދަލުގައި އެމީހެއްގެ ނެތްސިފައިން ސިފަދީ ތައުރީފު ކުރުމުގެ ބޭނުމަކީ އޮޅުވާލުމާއި ހުށާމަދު ކުރުންނޫން ކަމެއް ނޫނެވެ. ކަލެއަކީ ބޮޑު ގައްދާރެއްކަން މިހާރު އެންމެން ދަނެއެވެ. ކޮންމެހެން ބޭކާރު އަނގަނާރުވާށެވެ. ކަލެއާއި ރައީސަކީ އެއްޗެއް އެގޭނެ ބައެއްނޫނެވެ. ނޮވެމްބަރު މަހުން 11 ގައި ގަޑުތަކެއް ބަލައިގެން ތަގުރީރެއް ދިނޯކިޔާއަޑު އިވެއެވެ. އެކަމަކު އެކިޔަނީ ކީކޭކަމެއް ނޭގުނެވެ.