ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި ގިނަބަޔަކު ހައްޔަރުކޮށްފައި ވަނީ ގިނަބައެއްގެ ފުރާނައަށް ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިޙާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްްޓްރިމިޒަމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތެއް ކަމަށްވާ އައިއެސް ތާއީދުކޮށް ރާއްޖޭގައި ނިރުބަވެރިކަމުގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ގޮވާތަކެތި ބޭނުންކޮށްގެން ހަމަލާއަށް ދިނުމަށް ރާވަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ސިފައިންނާއިއެކު މި މަހު 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި މާލެ އަދި ކ. ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އުސްވަތު ވިދާޅުވި އެވެ.

އެ އޮޕަރޭޝަންގައި އައްޑޫ ސިޓީއިން 10 މީހަކު ހައްޔަރުކޮށްފައިވާއިރު 11 ގެއެއް ބަލާ ފާސްކުރި ކަމަށާއި މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު 4 ގެއެއް ބަލާފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގުރައިދޫއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ހައްޔަރުކުރި 14 މީހުންނަކީ ވެސް 18 އަހަރުން މަތީގެ މީހުން. އެ މީހުނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން. އޭގެތެރެއިން 9 މީހުނަކީ މީގެ ކުރިންވެސް ޓެރެރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން. ބަލާ ފާސްކުރިގެތަކުން މައްސަލައާއި ގުޅުންހުރި ބައެއްތަކެތި ވަނީ ފެނިފައި. އެތަކެތި ތަހްލީލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ." އުސްވަތު ވިދާޅުވި އެވެ.

‎އުސްވަތު ވިދާޅުވީ ފުލުހުންނަށް މިހާރު ލިބިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އެ ފަރާތްތަކުން ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަބައެއްގެ ފުރާނައަށް ގެއްލުންވާނެފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ކަމަށެވެ.

‎ފުލުހުން އަދި އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ މަގްސަދަކީ އާންމުންގެ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ރާވަމުން ދިޔަ ފަރާތްތަކުގެ ރޭވުން ނާކާމިޔާބު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

‎ނިރުބަވެރި ހަމަލާއެއް ދިނުމަށް މަސައްކަތްކުރާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށް އުސްވަތު އިލްތިމާސްކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަހުރަބު

    ލާދީނީ ވެރިކަމުގެ ފެއިލިއަރ ކަނޑުވާލަން ދައްކާ ދޮގު ބުހުތާނު ވާހަކަ ތީ ނުކުރާނަން ޤަބޫލެއް

    30
    5
    • ޜުފާ

      ކުށެއްނެތް ބަޔަކު މެރީމާ ސީދާ ސުވަރުގެ އަށް ދެވޭ” ކަމަށް ބުނާ ގޮސް އައިސް ތިބި ބަޔަކު އެބަތިބިބާ؟ ކުށެއްނެތް މީހުން މެރުން ދީނީ ވަންޔާ ލާދީނީ ނޫން ބަޔަކު މިދުނިޔެއަކަށް އުފަންވެފައެއްނެތް

      4
      2
  2. Anonymous

    ހުސް ބުހުތާނު

    21
    3
    • ރަން ރީނދޫ

      މީ ހަމަ ހުސް ބުހުތާނު ދޮގު. ބޮމެއް ތަހްލީލު ކުރޭތަ. ފިނދަނަ މާރިޔާ އާއި އެމްޑީއެން ޙަމީދު ކުޅޭ ޑްރާމާ. މިކަމުގެ އަޑީގައި ތިބީ ސޭޚް ކާފަރަ އައްލާގެ ސޭޚް އަނީލް އާއި އިމްރާން. މިއީ އަދާލަތު ޕާޓީގެ އިސް މީހަކު ޕީޕީއެމް އަށް ސޮއި ކުރީމާ ކެތްނުވެގެން ،ކުޅޭ ޑްރާމާ.

      6
      1
  3. މާތާހިރުވާނެ

    ހަކުރުބޯ ޕާޓޭއިން ހައްޔަރުކުރާށޭ މާތާހިރުވާނެ އޭ މިއުޅެނީ ޕާޓޭއިންނާހެދި ދިއުޅެންދަތިވެގެނޭ މާތާހިރުވާނެ މާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެމާތާހިރުވާނެ

    21
    3
  4. ޒާ

    ފުލުހުންގެ ވާހަަކައަށް އިތުބާރު ނުކުރެވޭ. މީހުން ޕްރޭމްކުރާ ބައެއްތީ

  5. ތަމެންދޯ

    ތިޔާއީ އެއް ފަރާތުން ދައްކާ ވާހަކަތަކޭ ދެފަރާތުން ދައްކާ ވާހަކަ އަޑުއިވުމުންނޭ މަމެން ތަމެން ދައްކާ ކައްޕަޅި ވާހަކަ ގަބޫލުކުރާނީ މިހާރު ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލާ ޓެކްސް ރައްޔިތުން އަތުން ނަގަން ވެގެން ތަމެން ޖަހާ މަޅިއޭ ތިޔާއީ މަމެން ތަމެން ތިޔާ ގޮތަށް ދައްކާ ވާހަކަ ގަބޫލުނުކުރާނަމޭ...

  6. Anonymous

    މިހާރު ލާދީނީ ސަރުކާރުން ކުރަމުންދާ ކަންކަން މިސްރާބް ގެއްލުވާލަން ވެގެން ޖައްސަމުންދާ ގޭމް

  7. ޓްރާންސްފަރ މާކެޓް

    ފިލިޕީނޯއެއްތައް އެ އިނީ