ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި އައްޑޫ ސިޓީން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހައްދުފަހަނައެޅި ފިކުރަށް ތަބާވާ އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ "އައުލާކީ" ހިމެނޭކަން "ވަގުތު" އަށް އެނގިއްޖެއެވެ.

ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތެއް ކަމަށްވާ އައިއެސް ތާއީދުކޮށް ރާއްޖޭގައި ނިރުބަވެރި ހަމަލާއަށް ދިނުމަށް ރާވަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ސިފައިންނާއިއެކު މި މަހު 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި މާލެ އަދި ކ. ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ އޮޕަރޭޝަންގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ގިނަބައެއްގެ ފުރާނައަށް ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުން އައްޑޫން ހައްޔަރު ކޮށްފައިވާ ބައެއް މީހުންގެ ތެރޭގައި 2020 ވަނަ އަހަރު "ވަގުތު" އިން ގެނެސްދިން އިންވެސްޓިގޭޓިވް ރިޕޯޓްގައި ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތިން މީހަކު ހިމެނެއެވެ.

އޭގެ ތެރެއިން އެކަކީ "އައުލާކީ" އެވެ. "އައުލާކީ" އަކީ އެ ފިކުރުގެ މީހުން "ޖިހާދަށް" ފުރުމުގެ ކުރީން، އެންމެ ފަހުން ބައްދަލުކުރާ މީހާއެވެ.

"ވަގުތު 26" ތަހުޤީޤު: އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!

އެ ބައްދަލުވުމުގައި އޭނާ އެމީހުންނަށް ދެން ވާންވީގޮތް ކިޔައިދީ ހިތްވަރުދީ، ދަތުރުގެ ކަންކަން ހަމަޖައްސާނެ ގޮތާއި، ފައިސާ ހޯދާނެ ގޮތްތަކާއި، ލޯނު ނަގާނެ ގޮތްތަށް ކިޔައިދެއެވެ. އަދި އެމީހުން ނަގާ ލޯނުތަކަށް ޒިންމާވާނެ ކަމަށްވެސް އައުލާކީ ބުނެއެވެ. އެހެންނަމަވެސް ޖިހާދަށް ދާ މީހުންނަށް އެމީހުންގެ ލޯނުތައް ނުދެއްކި، އެންމެ ފަހުން އެކަމަށް ޒިންމާވާން ޖެހެނީ އެމީހުންގެ އާއިލާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޫނު

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަނިކުފާނު މޫނު ބުރުގާވެސް މިރާއްޖޭގައި މަނާކުރަންވީ އޭރުން މަށަށް މަގޭ ލޯބިވާގެ މޫނު ފެންނާނެ

    12
    33
    • Anonymous

      ޔޭސް އައްޑޫގަ އުޅޭ ރިތިކުދިން މޫނު އަޅާތީ މައްސަލައަކީ

      2
      3
  2. ހށނރބ

    ނިކަން ތި ހުރިހާ ކުދިންނަށް ޓުރެއިނިންގް ދީ އިސްލާހުކޮށްބަލަ ތިކުދިން އަދި އިސްލާހުވާނެ ރައީސް ނަޝީދު ގެ އެދުރުހިޔާއިން ނަސީހަތް ލިބިގަތީމާ ތިކުދިން އަނެއް އަތަށް އަޅާފާނެ

    14
    4
  3. Anonymous

    ހިތަދޫ މައިލޯ ދަނޑު ކައިރީ ވައިޓް ޕެއިންޓެޑް ހައުސް ނެކްސްޓް ސިތަރާ މިސް ހައުސް. ވައި ޑޯންޔޫ އިންވެސްޓިގޭޓް ދަމް

    18
  4. ޖަހަހާ

    ތިބުނާ ކީކީކީ ހުރީ ހޯމް.ިނިސްޓްރީގަ.

    9
    5
    • ﷲގެ އަޅާ

      ނަމާދު އަޅާފަ ،ހުކުރު އަޅާފަ ބަންގީގެ އަޑު އިވޭ ހިސާބުގަ ނިދަން ތިބޭ މީހުންގެ ނުބައިކަމާ އެވެ.
      ރިބާ ލޯނުން ދުނިޔެ ހޯދަން އުޅޭ މީހުންގެ މުނާފިގު ކަމާ އެވެ.
      ޒިނޭ ކުރާ މީހުންގެ ޖާހިލު ކަމާ އެވެ.
      ޢަދި މިހުރިހާ ނުބައި ކަމެއް ކޮށް ﷲގެ ހަޒުރަތައް ރުޖޫޢަ (ތައުބާ) ނުވާ މީހުންނަކީ މުސްލިމުން ކަމުގައި އަހަރުމެން ނުދެކެމުއެވެ.
      ބޮމަކަށް ވުރެ ބިރުވެރި ބަޔަކީ އެއީއެެވެ .

      6
      1
      • ޢަހުމަދުވަގާރު

        ތި ބުނާ މީހުން ތަންތަން ގޮއްވާތަ.ކަލޭ އަފްގާނަށް ހިޖުރަ ކޮށްލަބަލަ

        1
        1
  5. މުނާފިޤު

    ކިހާ ދެރަ ކަމެއް، މިޤައުމުގަ ތިބި މަސްތުވާ ތަކެތި ބޯ މީހުން، ވިއްކާ މީހުން، ޒިނޭ ކުރާ ،ނާސިގެ ހިންގާ މީހުން، ވައްކަން ކުރާ މީހުން، މީހުން މަރާ މީހުން، މިތިބަ އެންމެން ހަމަ މިނިވަންކަމާއެކު. ދީނާ އަޅައިގަނެގެން ތިޔަ އުޅެނީ ކީއްވެ؟ ހުސް ދޮގު، އެއްވެސް ބޮމެއް އެއްޗެއް ނުފެނޭ، ސީދާ މޮޅު ޑުރާމާ، އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ބަޔަކު ފުރާނަ ނެތި ދިޔުމުން މީހުންގެ ފޯކަސް ގެއްލުވާލަން ޖެއްސި ސްޓަންޓެއް

    19
    8
    • ޖުހާ.

      އެއީ ދީން ރޭޕުކުރާ މީހުން. މުޅި އުންމަތަށްޖެހިފައޮތް ވަބާއެއް.

  6. ރަން ރީނދޫ

    މީހުން ގުނބޯ ހެއްދުން އެމްޑީޕީ ގެ ސިގްނޭޗަރ ކެމްޕެއިން ޓްރިކް. މި އައުލާކީ މިއީ، މަސް ކަނޑަން އަތިރިމަތީގައި އުޅޭ މީހެއް ދުވާލު ހަތަރު ދަމު. ކަނޑުގައި ހިންގާ ޓެރަރިސްޓް ހަރަކާތަކީ،ކޮންމެ ރެއަކު މަސް ޖަހަން ފޭބުން. ހީ ހީ ހަލާކު.

    18
    4
  7. ޏބބޖބ

    ވޯލްޑްކަޕް އެއްތަނެއްގައި ތިވެ ބެލުން މަނާ ކުރަން މީޑިއާނެޓް ނިކުތީ ކީއްވެތޯ ބަލަންޖެހޭ.
    ބޯޅަކުޅުމަކީ ދީނުގަައި މަނާ ކަމެއްނޫން. މީޑިއާނެޓް ހަރުކަށި ފިކުރަށް ދިޔަ ޔަސް ޒުވާނުން ބޯޅަބަލާނެ.
    މީޑިއާނެޓުން ހަރުކަށި ވާ ސަބަބު ބަލައި ދީނީ އިމމުގެ ތެރެއަށް ވައްދަބްޖެހޭ

    11
    1
  8. Anonymous

    ތިކަހަލަ ގޭން މި ލާދީނީ އަލަމް ގިރި ސަރުކާރުން ަބަދުވެސް ޖައްސާ