ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ، ހާޒިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ލ. ގަން، ވިލާ، ހުސެއިން އާތިފް 28، އެވެ.

އާތިފް ހޯދަމުން ދަނީ ދައުލަތުން ދައުވާ ކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީއެވެ. އެ އަމުރު ކޯޓުން ނެރުނީ މާދަމާ މެންދުރު ފަހު 12 އަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދިއެވެ.

އާތިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން އެ އިދާރާ އިން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު