މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ލިބޭ ފަރާތްތައް އަންނަ މޭމަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯތި އަދި ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކަމަށެވެ.

މިހާރު މި ގޯތިތަކަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވެފައިވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ފޯމުތައް ހުށަހަޅަމުން ދިޔަ އިރުވެސް ހުށަހަޅާ ފޯމުތައް ބަލާ އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ހުށަހަޅާ ފަރާތަށް ގުޅާ ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގޯތިތަކަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބެލުމަށް ހާއްސަ ކޮމެޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާނެ ކަމަށެވެ. އެކޮމެޓީން ފޯމުތައް ބަލާ އެ ފޯމުތައް ޝޯޓްލިސްޓުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް އަހަރުގެ މޭއި މަހާއި ހިސާބަށްށޭ އަޅުގަނޑުމެންނަށް މީހުން ޝޯޓްލިސްޓުކޮށްފަ ގޯތި ލިބޭނެ މީހުން ކަނޑައަޅާ ނިންމޭނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ހުޅުމާލެއިން ދޭން ނިންމާފައިވާ ގޯތިތައް ދޭނެ ބިންތައްވެސް ފާހަގަކޮށް ނިމިފައިވާ ކަމަށާއި، ގުޅީފަޅުން ގޯތި ދޭނެ ސަރަހައްދުވެސް ކުރެހުމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ގުޅިފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އަދި ނުފެށޭ ކަމަށް ވިދާޅުވިއެވެ.

"ކޮންޓްރެކްޓުގަ ސޮއިކުރެވިފައި، ލޯނުވެސް ހަމަޖެހިފައި، އަދި ހިންގަން ޖެހޭ ބައެއް އިދާރީ މަސައްކަތްތައް މުޅިންް ފުރިހަމަ ނުވެ ހުރީމަ ކޮންޓްރެކްޓަރ މޯބަލައިޒްނުވެ މިއޮތީ. އެހެން ނަމަވެސް އެ މަސައްކަތް ހިނގާނެ. އަޅުގަނޑު އެދޭ މިންވަރަށް ވުރެ [ގުޅީފަޅު] ހިއްކުމުގެ މަސައްކަތް މާލަސްވެެއްޖެ މިހާރު" ގުޅީފަޅު ހިއްކުމުގެ މަސައްކަތް ނުފެށި އޮތް ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

"ބިންވެރިޔާ" ނަމުގައި އިއުލާން ކޮށްފައިވާ ގޯތި ދޫކުރުމުގެ މަޝްރޫއުގެ ދަށުން ގޯތި ހޯދުމަށް 15164 ފޯމް ވަނީ ހުށަހަޅާފައެވެ.

ގޯއްޗަށް އެދޭ ފަރާތްތަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ އެވެ. ނަމަވެސް ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމުލަ 4,000 އަކަފޫޓެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން 3،000 ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މަވޯޓާ ޔާމީން އައް.

    25
    1
  2. Anonymous

    ގޯތި ލިބޭ މީހުން ހޮވާނެ ގޮތުގެ މިންގަނޑެއް ކަނޑައަޅައި އިޢުލާން ކޮށްފައެއް ނުވޭ. އެ މިންގަނޑު ކަނޑައަޅައި ގޯތި ދިނުމަށް ހުޅުވާލާއިރު އެ މިންގަނޑު އިޢުލާން ކުރަންޖެހޭނެ. އެގޮތަށް އިޢުލާން ނުކޮށް، ވަކި ބަޔަކު ކަނޑައަޅައި ގޯތި ދިނުމަކީ ގޯތި ދިނުމުގެ ގަވާއިދާ ޚިލާފު ކަމެއް.

    33
  3. ހުސޭނުބޭ

    ވޯޓުލާ ދުވަހަށް މަޑުކޮށްލަންވީނު! އޭރުންދޯ ރަގަޅު ހައިޖާނެއްވެސް އުފެއްދޭނީ

    35
    1
  4. ދަރަނި ދަންތުރަ

    ސޯލިބޭއަށް ދެން ވޯޓު ނުދޭނަން ގޯތި ކީއްކުރަން ގަނޑުވަރު ތަކެއް ދިނަސް ، ދިވެހި ގައުމު އަޅުވެތި ކޮން ދަރަނި ވެރި ކޮށްފި މަވާ ސަލާމް

    44
    2
    • ބޯގަޅި

      ބަލަ އެ ދޭން އެ އުޅޭނީ އެމްޑީޕީ މެންބަރުންނަށޭ

      24
  5. ޅޮލ

    ހާދަ ފާސްޓޭ

    20
  6. ބޯގަޅި

    ތިޔަ ލިބޭނީ އެމްޑީޕީ މީހުނަށް އެކަނި. އެވާހަކަ 2012 ގަ އެމްޑީޕީގެ ނައިބްރައިސް ޝިފާޒް އޮތީ ލައިވް ޖަލްސާއެއްގައި ބުނެފަ. އެހެންވީމަ ތިޔައީ މާ އުފާވެރި ވާހަކަ އެއްނޫން.

    23
  7. ސަލީމް

    ދަފްތަރު މީހުންނަށް ގޯތި ނުދިން ސަރުކާރަކަށް ވޯޓު ނުލިބޭނެ.ކަނޑަ އެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް އެންމެން ރާވައިގެން ގޯތި ނުދިނީ.

    17
    5
    • ޑަފޮޑި ޑަރު

      ނުޖެހޭ ދަފޯތަރު މީހުނަށް ގޯތި ދޭކަށް

      4
      10
  8. ޙައްވަ

    ފުލެޓުވެސް މޭމަހު ލިބޭނެތޯ

    10
  9. ހއ

    ތިއީ ބޮޑު ކޮރަޕްޝަނެއް. ޜާއްޖޭގެ އެންމެން ދަރުވާލާފަ ދަރިންގެ ދަރިން ދަރުވާލާފަ ދައުލަތުގެ ބަޖެޓުން ހިއްކާފަ އޮތް ބިމަކަށް . ދައުލަތަށް ވަންނަންޖެހޭ ލާރިތައް ނުނަގާ ވަކި ބަޔަކަށް މާލެއިން ހިލޭ ގޯތިނުދެވޭނެ. މައްސަލަ ބަލަން ޖެހޭ..

  10. ހުސެން

    މީ މިސަރުކާރުން ހިންގާ ރީތި ޖަރީމާއެއް