ވ.އާރަށުގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ "ބޮލަށް ކަނޑާލަން" އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތައް ބަލައި ނުގަނެވޭނެ ކަމަށް ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ޔޫސުފް ނައީމްގެ ފަރާތުން ހެކިވެރިންނާއި ގުޅޭ ގޮތުން ވާހަކަދައްކަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަމްޒާ ވިދާޅުވީ ދައުލަތާއިއެކު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދައުލަތުން ދިން އާދަޔާއި ހިލާފު ލުއިތަކެއްގައި މިހާރު ވެސް ތިބި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެކަން ސާބިތު ކުރުމަށް ރާއްޖޭގެ ގާނޫނުތަކާއި، ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ އިތުރުން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ވަރަށް ގިނަ ގަޒިއްޔާތަކެއް ހުލާސާކޮށް އިވެޓް ކިޔާ ފަރާތަކުން ކޮށްފައިވާ ދިރާސާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ދައުލަތާއިއެކު އެއްބަސްވުމެއް ހެދިފައިވާ ފަރާތަކުން ހެކިބަސް އަދާކުރާއިރު އެއެއްބަސްވުންތައް ޝަރީއަތައް އަދި މައްސަލައިގައި ދެން ހިމެނޭ ހަސްމަށް ހާމަކުރުން އެއީ ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް އެތައް މައްސަލައެއްގައި ނިންމާފައިވާ ކަން ހަމްޒާ ފާހަގަ ކުރެއްވިއެވެ.

ހަމްޒާ ވިދާޅުވީ އެއްބަސްވުންތައް ހާމަކުރުން ލާޒިމުވަނީ އެއެއްބަސްވުންތަކުގެ ޝަރުތުތަކާއި އިލްތިޒާމުތައް ނޭނގި ހެކިބަސް އަދާކުރާނަމަ އެއްބަސްވުންތަކުން ލިބޭ މަންފާތައް ހޯދުމަށްޓަކައި ދޮގު ހެދުމަކީ ވަމުންދާ ކަމެއް ކަމަށާއި، އަދި އަމުދުން އެއްކުށެއްގެ ތުހުމަތު ލިބޭ މީހުންގެ މައްޗަށް މިއުސޫލު ވަކިން ބޮޑަށް ހިނގާނެ ކަމަށެވެ.

އަދީބާއި ޒިޔަތުގެ ފަރާތުން ދައުލަތައް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް އޮތްއިރު އެއިން އެއްވެސް ފައިސާއެއް ދައުލަތުން ހޯދާފައި ނުވާކަން ފާހަގަކޮށް އެފައިސާ ހޯދަން ދައުލަތުން ގަސްދުގައި ލަސް ކުރަނީ ކަމަށް މާނަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހަމްޒާ ވިދާޅުވިއެވެ. އަދި އަދީބާއި ޒިޔަތު ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު ގޭގައި ތިބެގެން ހޭދަކުރުމުގެ ފުރުސަތު ދައުލަތުން ފަހިކޮށްދީފައިވާކަން ވެސް ހަމްޒާ ފާހަގަ ކުރެއްވިއެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އާރަށް ކުއްޔަށް ދިނުމަކީ އޭރު ހުރި ސިޔާސަތުތަކަށް ބަލާއިރު އާދަޔާއި ހިލާފު، ނުކިއްސަރު ގޮތަކަށް ހިނގައި ދިޔަ ކަމެއް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނި ނަމަވެސް ޓްއަރިޒަމް ގާނޫނަށް ބަލާއިރު އާއްމުކޮށް އިއުލާން ކުރުމެއްނެތި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އަތުގައި އޮންނަ ރަށެއް ރިސޯޓް ހެދުމަށް އެހެން ކުންފުންޏަކަށް ކުއްޔަށް ދެވިދާނެކަން ގާނޫނުން ވަރަށް ސާފު ކަމަށް ހަމްޒާ ވިދާޅުވިއެވެ.

އާރަށް ކުއްޔަށް ދިނުމުގައި ގޯހެއް ހިނގާފައި އޮތް ކަން ސާބިތުކުރުމަށް ފުލުހުންގެ ޗާޓެއް ދައުލަތުން ހުށަހަޅާފައި އެބައޮތް ކަމަށާއި ނަމަވެސް އެޗާޓުގައި ހުރީ ވެސް ގޯސް މައުލޫމާތުތަކެއް ކަމަށް ހަމްޒާ ވިދާޅުވިއެވެ.

އާރަށުގައި ރިސޯޓް ހަދަން ލެޓަރ އޮފް އިންޓަރެސްޓް ޓޫޖީ ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިނުވާ ކަމަށް ފުލުހުންގެ ޗާޓްގައި ބުނިނަމަވެސް 23 އޮގަސްޓް 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރްސީއަށް ފޮނުވި ލެޓަރ އޮފް އިންޓަރެސްޓް ސިޓީ ފޮނުވާފައި އެބައޮތް ކަމަށް ހަމްޒާ ވިދާޅުވިއެވެ. އެސިޓީގެ ކޮޕީއެއް ވަނީ ޝަރީއަތައް ހުށަހަޅާފައެވެ.

ފުލުހުންގެ ޗާޓްގައި އޮފާ ލެޓަރއެއް އެމްއެމްޕީއާރްސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައި ނެތް ކަމަށް އޮތް ނަމަވެސް އޮފާ ލެޓަރއެއް އެމްއެމްޕީއާރްސީން ފޮނުވާފައިވާ ކަމަށާއި، އެސިޓީ ފެންނަން އެބައޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި ރިސޯޓް ހެދުމަށް ރަށެއް ދޫކުރާއިރު ކަންތައްތައް ކުރަން ޖެހޭ އިޖުރާއަތުތަކާއި އެއްގޮތައް ޓްއަރިޒަމް މިނިސްޓްރީން އެންމެހައި އިޖުރާއީ ކަންކަން ފުރިހަމަ ކޮށްފައިވާކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން ވެސް ފެންނަން އެބައޮތް ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ އާރަށަކީ ސައްހަ މަގުން ހޯދި ރަށެއް ކަމުގެ ހެއްކަކީ މިހާރު ވެސް އެރަށް އާރަށް ޕްރައިވެޓް ލިމިޓެޑްގެ ދަށުގައި އޮތުން ކަމަށާއި، އެއީ ގާނޫނީ ބޮޑު ކުށަކުން ހޯދި ރަށެއްނަމަ މިހާރު އެރަށް ސަރުކާރުން އަތުލާފާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ ޝަރީއަތުގައި ހެކިބަސް ދެމުން އެއްމިލިއަން ޑޮލަރު ޔާމީނަށް ދިން ކަމަށް ޔޫސުފް ނައީމާއި ހަވާލާދީ އަދީބު ބުނެފައިވާ ކަމަށާއި ނަމަވެސް ތަހްގީގު ބަޔާނުގައި އެއްމިލިއަން ޑޮލަރުގެ ވާހަކައެއް ނެތް ކަމަށާއި، ތަހްގީގު ބަޔާނާއި ޝަރީއަތުގައި އަދީބު ދިން ހެކިބަހުގައި އޮތް ބޮޑު ފުށުއެރުމަކީ މުޅި މައްސަލައަށް އަސަރު ކުރާވަރުގެ ފުށުއެރުމެއް ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުންނާއި އަދި ޔޫސުފް ނައީމްގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ރިއާޔަތްކޮށް އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވަން ތާވަލް ކޮށްފައި ވަނީ މިމަހުގެ 30 ވަނަ ދުވަހަށެވެ. އެއަށްފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަރީ

    އެހެންވިޔާ ޑޮލަރުގުނީ އަދީބާއި ޒިޔަތުގުގޭގަތޯ ވަކީލު ނުގުނީ ކީވެގެންތޯ

    6
    32
    • ޜަސް

      ކަލޭނުބުނާތީވެ؟؟؟

      6
      1
  2. މެކުނު

    ޑޮލަރު ބޮނޑިއެއް ލިބުނީ

    4
    11
  3. ޑައެލޯގް

    މަރީ އެހެންވިއްޔާ ޒިޔަތާއި އަދީބު ގޭގައުޅުއްވަނީ ކީއްވެތޯ؟ އަދި އެސްއޯއެފް ކުންފުންޏަށް ހުރިހައިފައިސާ ވަދެފަވާއިރު އެކުންފުނި ކުއްވެރިނުވަނީ ކީއްވެތޯ؟

    34
    1
    • މަރީ

      ޑައެލޯގު ޔާމިނު އެއުޅެނީބިރުން ހެކި ހުށަހެޅިޔަނުދޭން ނިކަން ވިސްނަބަލަ

      2
      8
  4. ކައްކާ

    ބަލަ ވައްކަން ނުކުރަނީ ކާކުތަ ނަސީމޫ އަހަރުމެން ރައްޔިތުންނަށް ވެސް އެނގޭ މިސަރުކާރު ވައްކަންކަންކުރާކަން ޔާމީނު ސަރުކާރަށް ވުރެ ބޮޑު ތަނުން ވައްކަން އެބަކުރޭ ދެން ކަލެއަށް ޔަގް އެކަނިތަ ފެންނަނީ
    ކާފަރުން ގެ ދުވަސްތަކުގައި ހެޕީ ދިވާލީއާ އަނެކައްޗެކޭ ކިޔަކިޔާ ކަލޭ ތިހުރީ ދީން ރޯނުފިލާ ޒަމްޒަމް ފާރިޝް އާ ޖައްސާލައިގެން އަދިވެސް އުޅޭތި ނަސީމޫ އީނާސްގެ ފިރިމީހާ

    12
    1
  5. Anonymous

    "މަރީ" ކިތައްމެވަރަކަށް މިޝަރީއަތަކީ އިންސާފުކޮށްދާ ޝަރީއަތަކަށް ހަދަން އުޅުނަށް ބުއްދި ހަމަޖެހޭ މީހެއްނަމަ ކަލެއަށްވެސް އިގޭނެ ބޭއިންސާފުކޮށް ހިންގާ ޝަރީއަތެއަކަން، 200އަށްވުރެ ގިނަމީހުން މި ޚިޔާނާތު ފައިސާ ބޭނުންކޮށްފއިވެ އަދި އެއިގެތެރޭގައި ރ.އިބުރާހީމްސާލިހު ވެސް ހިމެނިފައިވާއިރު ހަމަ އެއްމެ މީހަކު ތަޅުވަމުން ތިދަނީ، އަދި މައި 2ވަގުން މައްސަލައަށް އިއުތިރާފުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އެމީހުން އަރާމު ގަނޑުވަރުގައި ބައިތިއްބާފަ އެ ދެޚާނުންގެ ހެކި ހޯދައިގެން ކުރިއަށް ގެންދާ ޝަރީއަތެއް، ބޮޑަށް ބެލެވެނީ އިބޫސާލިހު 35 މިލިައަން އުފުއްލި ކަޅުދަބަހުގެ ތަފުސީލު ނަފީކުރަން ހިންގާ ޖަރީމާއެއްކަމަށް.

  6. ހުސޭނުބެ

    ވާހަކައެއް ދައްކާނެ ކަމެއް ނެތް. މި ރާއްޖޭގައި މިހާރު މިތިބަ ވެރިން މި ކުރަނީ ވެރިކަމެއް ނޫން. ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ތިބެ ސަކަރާތް ޖަހަނީ . ރައްޔިތުންގެ މަޖްލީހުގެ ރައީސް އަތުގައި އެބައޮތޯ ރައީސް ޒިނޭކުރަނިކޮށް ނަގާފައި އޮތް 4 ފޮޓޯ . ރައީސް ޓީވީ ކުރިމައްޗަށް އަރާފަ ބުނީ މި ސަރުކާރުގައި ކޮރަޕްޝަން އަށް އޮންނާނީ ޒީރޯ ޓޮލެރެންސް އޯ ! އޭގެ އަނެއް ދުވަހު ބުނީ މި ސަރުކާރުގައި ވަރަށް ކޮރަޕްޝަން އެބައޮތޯ . ! ސަކަރާތެއް ނޫންތަ މި ޖަހަނީ ؟. ދިވެހި ރައްޔިތުން ތަކެއް ރޯވެގެން ނުވަތަ ގެނބިގެން މަރުވިޔަސް އެތަނަށް ގޮސް މި މީހުން ބުނާނީ ، ނަސީބެއް ނޫންހޭ ތަނަކަށް ވައި އަރައިގެން މަރުނުވިކަން . ސީރިއަސް ވެރިކަމެއް ކުރަން އުޅޭ ބައެއް ނޫން މީ

  7. 13ވގ

    ވައްްކަން ކުރީ ވަގު ޔާމީން ދެން އެހެންމީހެއްގެ ބޮލައް ކަޑާލަންޏާ ބޮނޑިބައް ހަވާލްވެ އެވައްކަމާ ޔާމީން އެއީ ވަގެއްކަމައް ޖަމީލް އެތައް އެތައް ފަހަރަކު ބުނި މިހާރު ބުނަނީ ވައްކަމެއްނުކުރެޔޭ ރައްޔިތުން ގަބޫލްކުރަނީ. ރ ޔާމީން އަކީ ވަގެއްކަމައް

    2
    10
  8. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މިއީ ދުނިޔޭގެ އެއްވެސް ކޯޓެއްގައި ކައްތައް ކުރާގޮތެއް ނޫން. ޔާމީން މަދީނާ އަށް ވަޑައިގެންފައި ހުޅުލެއިން މާލެ އަށް ވަޑައިގެން ލޯންޗު ގޮއްވާލާ ޔާމީނު އަވަހާރަކޮށްލަން އުޅުނު ކަމަށް ޢަދީބު އަށް ޝައްކު ކުރެވުނެވެ. މިވަރު މީހެއްގެ ހެއްކެއް އެއްވެސް ކޯޓަކަށް ޤަބޫލެއް ނުކުރާނެއެވެ.

    13
    1
    • ޑޮކްޓަރު ރާމީ ޙަސަން

      ފިނިފެންމާ ލޯންޗު ގޮއްވާލާ، ޔާމީން މަރާލަން އުޅުނު މީހެއްގެ ހެކިބަސް ބަލައިގަނެގެން ނުވާނެ.

  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މިއަށް ވުރެ މާ ރަނގަޅުވާނެ އިބޫ ބޭނުމީ އިބޫ އާއި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓް ޖަލަށްލާފައި އިބޫ އާއި ވާދަ ނުކުރެވޭގޮތް ހަދާށޭ ބުނިއްޔާ މާ ތާހިރު ވާނެ. މިއެއްނު އިބޫ ހަދަން މި އުޅޭ އެއްޗަކީ. އިބޫ ހީކުރީ އަހަރުމެންނަށް ނޭންގޭނެ ކަމަށްތަ؟ ޔާމީން ޖަލަށްލާފަ ބޭއްވޭ އިންތިހާބު ވަރަށް ނާމާންވާނެކަން އިނގޭ އެއްޗަކީ.

    15
    1
  10. ކޮބަޑި

    ހަމަ މިގޮތަށް ސޯލިހު ވެރިކަން ނިމި ކޮށްފައިވާ ވަށްކަންތަށް ޒިޔަތާއި އަދީބު ލަށްވާ ބަޔާންނަގާ އިތުރަށް ސޯލިހު ކުއްވެރިކުރާނެ ވެރިޔަކު އައުމަކީ ވަރަށްގާތް ކަމެއް އެނގޭކަމަކީ ސޯލހަށް ދާއިމީކޮށް މުސްކުޅިވިދުވަހު ވެރިކަން ނުކުރެވޭނެކަން .

  11. ސަދޫމްސިޓީ

    ވަކީލު އައް އެނގިނުލައްވާ ކަމަކީ ސަދޫމްގެ ޝަރީއަތް ހިގާގޮތް އެހެން ހުރިހާތަނެއްގަ ޝަރީއަތް ހިގާގޮތް އެބަ އެގިލައްވާ ދަންނަވާލަންއޮތީ ސަދޫމްގެ ޝަރީއަތްވެސް ތަޖްރިބާކޮއްލައްވާށެވެ