ޓީބިލް ގަންނަން އިންޑިއާ އިން ދިން ލޯނަކީ އެންމެ ނުރައްކާ ދަރަނި ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އަށް ޓީބިލް ވިއްކުމަށްފަހު ދަރަނި ފޮތުގައި ޖަހާނީ އެތެރޭގެ ދަރަންޏެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެއީ ބޭރުގެ ދަރަންޏެއް ކަމަށެވެ.

ސައީދު ވަނީ ރައީސް ސޯލިހަށް "އޮޅެނީ ނުވަތަ ވާނުވާވެސް ނުބައްލަވަނީ" ކަމަށް ވިދާޅުވެ ރައީސް ސޯލިހުއަށް ވެސް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އިންޑިއާ އިން ނެގި ލޯނަކީ އެތެރޭގެ ދަރަނި ކަމަށް ދައްކަނީ ބޮޑު އޮޅުވާލުމަކުން ކަމަށެވެ. "48 ބިލިއަނަށް ބަޖެޓްފާސްކޮށްފައި އެއްމެފަހުން އިންޑިއާ މިޖެހެނީ ޓީބިލުވެސް ގަންނަން. މިއީ އެއްމެ ނުރައްކާތެރި ބޭރުގެ ދަރަނި. ބޮޑު އޮޅުވާލުމަކުން އެތެރޭގެ ދަރަންޏެއް ގޮތަށް ފޮތްތަކުން ދައްކުވަނީ." ސައީދު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ. މިއީ އެސްބީއައި މެދުވެރިކޮށް ޓީބިލްގައި އިންވެސްޓްކޮށްގެން ދޭ ލޯނެއް ކަމަށް ސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ 100 މިލިއަން ޑޮލަރުގެ ލޯނަކީ ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ކުރިއެރުމަށް ކުރާ މަސައްކަތަށް ބޮޑު އެހީއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބޭ މި ފަދަ އެހީތަކުން އަންގައިދެނީ ދުނިޔެއިން ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަން ކަމަށެވެ. އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ގަދަރު ބޮޑުވެގެންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އހ

    ހާރިޖީ ސިޔާސަތު ފުރިހަމަ ކަމުން އޮބި ނޯވެގެން މިއުޅެނީ ޝާހިދޫ

  2. ސައުދީ

    ނާށިގަނޑު ހިފައިގެން ގައުމުތަކުގެ ފައިބުޑަށް ވެއްޓި ސަލާންޖަހައިގެން ދަރަންޏަށް ފައިސާ ހޯދައިގެން ދެން ޓީވީއަށް އަރާ މިކިޔަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރުގައުމުތަކަން ބަލައިގެންފިއޭ. އަދި ގަދަރު ބޮޑުވެއްޖެއޭ. ތިގޮތަށް ގަދަރު ބޮޑުނުވިއްޔާ ރަނގަޅީ.

    11
    1
  3. ލުޠުފީ

    އިންޑިޔާ އަކީތަ ދުނިޔެ. ދުނިޔެއިން ބަލައިގަތް ވާހަކަ މިކިޔަނީ.

  4. ހޭލާ_ހޭލާ

    ގަދަރު އުފުލެނީ އިންޑިއާ ގަ ނޫންބާ؟ އަޅުންތަކެއްކަން ޖަހާހާ ބެރަކަށް ނަށާ ވާނުވާ ނޭގޭ މަޗްޅީންތަކެއްކަން އިންޑިއާއަށް އެގޭނެ މީގެންވެސް. މި ފޮރިން މިނިސްޓަރޭކިޔާ މީހާއަށް ކިހިނެއްވެފަބާ މިހުރީ؟ އަދ ގެ ރައިސް އޭ ކިޔައިގެން ވެސް މިދޭތެރެއަކުން އުޅުނު ! އިންޑިއާ އިން އދ ގެ ހެޑްކުއާރޓަރަށް ގެންދިޔަ ސަރަންފީއެއްގައި އަހަރެއްވަންދެން އިށީދެ އިދެގެން އިން ވަށައިގެން ތިބީ ޔޯގާވާލާއިން. ޔޯގާގެ ކޮންމެސް ބަލިމަޑޫކަމެއް މީނައަށް ލައްވާލާފަ މިއޮތީ. ރައްޔިތުންނޭ މި ބައިގަޑު ބޭރުކުރަންޖެހޭ 2023 ގަ. ހޭލާ ހޭލާ

  5. ކައުންސެލަރު 🙌

    ވާނުވާ ނޭނގެނީ. ތަނެއްދޮރެއް ނުދަންނަނީ. ކިޔަވައިގެންހުރި މީހަކަށްދޯ އެއްޗެއް އެނގޭނީ. ގަމާރުކަން ބޮޑީ

  6. ހުސޭނުބޭ

    ފައިނޭންސް މިނިސްޓަރު ބުނީ ރާއްޖެ ކުރިއަރާވަރުން އަތުނުޖެހެގެނޯ މި އުޅެނީ، ތަރައްޤީ ވާލެއް ބޮޑުކަމުން އެކަން ދެލޮލަށްވެސް ނުފެންނަނީޔޯ

  7. ފާޒް

    އެކުސްޓާނަލް ޑެޓަކަށް ހަދާލާފަ އަގުބޮޑުކޮއް ރީފައިނޭންސުކޮއްލީ އޭރުން ރާއްޖޭގެ ދަރަނި އިންޑިޔާއަތުގައި ގިނަވީމަ ދެންއަންނަ ސަރުކާރެއްގެ މައްޗައްއިންޑިޔާގެ ނުފޫޒުފޯރުވޭގޮތަށް ހަދާލަން.

  8. ޝަހީމް

    މިނިސްޓަރު ޝާހިދަށް ދުނިޔެއަކީ އިންޑިޔާ ދެއްތޯ ..؟ މިސަރުކާރުން އިންޑިޔާއިން ނޫނިއްޔާ ކަމެއްވާކަމަށްވެތަ ..؟ އިންޑިޔާއިން ލޯނުނަގާފައިވެސް ރައްޔިތުންނަށް އޮޅުވާލައިގެން ތިކިޔަނީ އެހީއޭ ..! ލޯނަކީ އަނބުރާ ދައްކާއެއްޗެއް، އެ އެހީއަށްވާނެ އެއްވެސްގޮތެއް ކަލޭމެނަށްނޫނީ ނޯންނާނެ. އިންޑިޔާއިން ކަލޭމެން ގާތު ގުއިރޭންވާނީ އަތަށޭބުންޔަސް ހޭބަލިވެގެންވެސް އެކަން ކުރާނެ. މުޅި ގައުމު އިންޑިޔާގެ ދަރަނި ދަންތިރައިގައި ޖައްސާ ހަތަރު އުދަރެސް ފެނުޖައްސާނިމިއްޖެ. ދެވަނަ ދައުރުލާ ހަލާ.