2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން ނުކުންނަ ކެނޑިޑޭޓަކު ހޯދަމަށް ބާއްވާ ޕްރައިމަރީގައި ވަކިގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި، އަބަދުވެސް ތާއީދުކުރައްވާނީ, ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އަދި އޭގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަން އިއުލާނު ކޮށްފައެވެ.

އަދި އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން 500 މެންބަރުންގެ ސޮޔާއި އެކު ފޯމް ހުށަހަޅަން އެމްޑީޕީގެ އިއުލާނުގައި އެދިފައި ވެއެވެ.

އެކަމަށް އިޝާރަތް ކުރައްވާ ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ޕްރައިމަރީގައި ވަކި ކޮޅަކަށް ވޯޓުލުމަށް މަޖުބޫޫރުކޮށް ބިރު ނުދެއްކޭނެ ކަމަށާއި މިތިބީ ކެރިގެން ރައީސް ނަޝީދުގެ ފަހަތަށް އަރާ ކަމަށެވެ.

ފިިރުޝާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ރައީސް ނަޝީދަށް ތައުރީފްކޮށް ޓްވީޓްކޮށްފައެވެ. އެގޮތުން ވެރިއެއްގެ ކިބައިން އޭނާ އެންމެ ދެކެން ބޭނުންވަނީ ވާނުވާ ދަތުމާ، ކަންކުރާނެ ތަސައްވުރެއް އޮތުމާ، އެއާ އެއްގޮތަށް ގަދައަޅާ މަސައްކަތް ކުރުމާއި، ފިސާރި މުރާލިވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހުރިހާ ސިފައެއް ރައީސް ނަޝީދުގެ ކިބައިގައި ހުރި ކަަމަށް ވިދާޅުވެ، އޭނާ ވަނީ އެމަނިކުފާނަށް ތައުރީފްކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ 2008 ވަނަ އަހަރަށް ފަހު އެޕާޓީން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއަށް ވާނެއެވެ. 2013 ވަނަ އަހަރު އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޓިކެޓް ދިނީ ނަޝީދަށެވެ. 2018 ވަނަ އަހަރު ޕްރައިމަރީގައި ވާދަކުރީ ނަޝީދު އެކަންޏެވެ. ނަމަވެސް ނަޝީދު އޭރު ހުންނެވީ ޖަލު ހުކުމެއްގައި ކަމުން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުން ކޯޓު އަމުރެއްގެ ދަށުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރިއެވެ. އެފަހަރު އެމްޑީޕީގެ ޕްރައިމަރީ އޮތް ދުވަހު ފުލުހުންނާއި އެމްޑީޕީގެ މެންބަރުންނާއި މެދު ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރު ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އަސްލު ތިކަމަކީ އަންނި ހަމަ ސޯލިހްގެ މަގުބޫލުކަން ރައްޔިތުންނަށް ދެއްކުމުގެ ގޮތުން ޕްލޭންކޮއްގެން ކުރާކަމެއް ތިމީހުން ބައިބައިވެ ފެކްޝަން އުފެދިފައި ވާކަމަށް ދެއްކުމަކިވެސް ހަމަ ރޭވުމުން ކުރާކަމެއް. މި ވޯޓް ނިމޭއިރު ސޯލިހަށް %80 ވޯޓް ލިބޭނެ. އައްނިއަށް ލިބޭނީ % 20 . މީ މިކަން ރޭވިފައި ވާގޮތް. ބައްލަވަން ތިބޭތި!!

  2. ހޮއްކޮބެ

    އަންނިޔަށް ތާއިދުކުރާ މަދުބަޔަކު ތާއިދު ހޯދުމައް ހިއްވަރު ހޯދަނީ އެކަކު އަނެކެއްގެ ކިބައިން ނަމަވެސް އަންނިޔަށް ތާއިނުކުރާ މީހުން ހިތްވަރު ހޯދަނީﷲ ހަޒުރަތުން މިއީ ތަފާތަކީ އެހެންވީ އަބަދުވެސް އަނިވާނީބަލި

  3. ސައިދާ

    މިކުރަނީ ޕާޓީ އެތެރޭގެ އިންތިހާބު ޓެސްޓެ މަކަރުވެރިންގެ މަކަރުގަ ޕާޓީކުދިން ޖެއްސުން ފެންނާނެ މިތިބީ ކުޅިބަލަން

    • ޜަނާ

      ޢަދި އިތުރުކޮށްލިނަމަ 24ގަޑިއިރު ހަމަހޭގައި ނުހުރުމާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީވެސް އެބޭފުޅާގެ ކިބައިގަ ހުރި ސިފަ ތަކެއްކަމަށް

  4. ހޯޑެއްދޫ

    ފިރޫ.. ތޮއި މަޑުން ހުޓޭ.
    އަންނި އަވޯ ޖެހީގެން ތަލް ނުވެންނި އެއްކަމެސް.
    ތޮއި އިބޫ ކޮޑެލް އަރަ.