ވ.އާރަށުގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅޭ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަވަސްކޮށްފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދިޔައީ ނޮވެމްބަރު 30 ވަނަ ދުވަހުއެެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން ދެބޭފުޅުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އެ ކަން ސާބިތު ކުރަން ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން ކުރިން އޮތީ ޑިސެމްބަރު 30 ގައެވެ.

އެކަމަކު މިހާރު ހުކުމް ކުރުން އާދީއްތަ ދުވަހަށް ވަނީ ބަދަލު ކޮށްފައެވެ. އެގޮތުން މިހާރު އެމަނިކުފާނަަށް ހުކުމް ކުރުން އޮތީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. Anonymous

    މަބުނި ދުވަހަށް ވުރެ 1 ދުވަސް ކުރިޔަށް ޖެއްސީ.. އެއްވެސް ޝައްކެތް ނެތް. މި ސަރުކާރުން ރ.ޔާމީން މިނިވަނެއްގެ ގޮތުގައި ދޫކޮއްނުލާނެ. މަދުވެގެން 3 - 6 ދެމެދުގެ ޖަލުހުކުމެއް ކުރާނެ. ދއުވާ ސާބިތު ކުރަނީ . އަދީބާއި ، ޒިޔަތުގެ ހެކިބަހުން. !!!!!

    70
    5
    • ލުޓޭރުންގެ ސަރުކާރު

      ޖަލަށް ލިޔަސް މިސަރުކާރު ކޯލިޝަނުގެ އެ އްވެސް ބަ އިވެރިޔަށް ވޯޓުނުދޭން ރޔާމީން އަށް ތާ އިދުކުރާމީހުން ތަ އްޔާރުވޭ...ޕޕމ އިން ރޔާމީން ދަ އްކާ މީހަކަށް ވޯޓުދީ 2023ކާމިޔާބު ކުރަންހިފަންވީ..2023ގެ ފަހުން ހަރާން ހުކުމްކުރި މީހުންނާ އިންސާފު އަރާ ހަމަކުރާނެ...އިންޝާﷲ މިވެރިކަން 2023ގަ ރަ އްޔިތުން ނިންމާނީ ޕޕމގެ ސަރުކާރެ ގާ އިމުކޮ އްފަ..

      28
      1
  2. Anonymous

    ބަލާ އެމްޑީޕީ މީހުން މަޖަލުގައި ކޭމްޕޭން ކުރަނީ. ޔާމީނު ޖަލަށޯ. !!!!

    57
    6
    • ކާލާ

      ސަޅިއެއްނު

      22
      24
  3. Anonymous

    ތި ގޮތަށް ހުރިހާ ދައުވާއެއް ވެސް އަވަސްކުރާނެ ނަމަ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެ. ސިޔާސީ މީހުން ބޭނުންވީމަ ބައެއް ދައުވާ އަވަސްކުރަނީ. ޔާމީނުގެ ވެރިކަމުގައި ޔާމީނު ވެސް އުޅުނީ ތިހެން. އޭނަ ރުޅިއަންނަ މީހުންގެ ދައުވާ އަވަސްކޮށްފަ، ނުހައްގު އަދަބު ދެމުން ގެންދިޔައީ. މިއަދު މިއޮތީ އޭނައަށް އެހެންވެފަ. އަވަހަށް ހުކުމް ކޮށްފަ އަވަހަށް ޖަލަށް ލާންވީ. އުމުރަށް ޖަލަށް ލާންވީ.

    8
    89
    • ޙައްގުބަސް

      ޔާމީން ޖަލަށްލިޔަސް ދެން ވެރިކަން އެމްޑީޕީއަކަށް ނުލިބޭނެ!! ވަރަށް ސާފު!! ޕީޕީއެމް ލާ ކެންޑިޑޭޓަކަށް ރައްޔިތުން ވޯޓްދޭނީ!! ޔާމީން ޖަލަށް ލިއްޔާ ބޮޑުތަނުން ތާއީދުވެސް އިތުރުވާނެ!! ވަގު ސަރުކާރަށް ކުރެވިދާނެ އެކަން ހަރާމް ހުކުމް ގާޒީން ލައްވާ ކުރުވައިގެން އެކަންކުރެވިދާނެ!!

      22
      4
  4. ޙާދީ

    ކިނބޫ އަށް ވެސް އމއމޕއރސ ން ލާރި ލިބުނު....އެކަމް ޔާންޓޭ އެކަނި ދައުވާ އެއް ކަހުވާލީ....އަންދާ ޤާނޫން....ވަގު ކިނބޫ

    84
    1
    • ކިނބުލޭ

      އަސްލު ވައްކަންކުރީ ޔާމީނު ދެން އެފައިސާ އެހެންމީހުންނަށް ބެހީ ޔާމީނު އެހެންމީހުން ވައްކަމެއްނުކުރޭ ވެދާނެ އެހެންމީހުން ރިޝްވަތު ނެގީކަމަށް

      3
      20
  5. ސޯލޭ

    ޢެމްޑީޕީ ކުދިން ބޮނޑިބަތް ކާން ރެޑީވަނީ ދޯ ލޮލް

    43
    2
  6. ޒާ

    ތިޔަހެންވެތާ ކޯޓުގެ ހުރުމަތް ނެތި އެއީ މިސަރުކާރުން ކުޅޭ ކުޅޭ ތަނެކީ މިކިޔަނީ. އެއްކަލަ މަހުލޫފުގެ މައްސަލަ ކުޑާވެސް ނުލި އެކަމަކު ޔާމީނާމެދު ކޯޓުން ކުޅެނީ ހަޑިމުޑުދާރު ކުޅިވަރެއް. ﷲ އިރާދަ ކުރެއްވިއްޔާ އަނިޔާވެރިން އަތްދަށުން ޔާމީނު މިނިވަން ކުރާނަން.

    22
    1
  7. ޢ

    ބައެއް މައްސަލަތައް ހުލާސާބަޔާންއިންވާ ހުރިހާކަމެއް ނިމި 3 ނުވަތަ 4 މަސް ވާއިރުވެސް ހުކުމެއްނީއްވެ އަހާލީމަބުނަނީ ގާޒީ ޗުއްޓީގަޔޭ ނޫނީ މިވަގުތު ކޯޓްރިސެސްގަޔޭ ސަދޫމައްވުރެ ކަންތައްފަލަ

    41
  8. ސުބު

    އަވަސްކުރޭ މިހާރުވެސް މާލަސްވެއްޖެ.

    4
    42
  9. ހުސެން

    އެމްޑީޕީ އޮތް އަރާރުންގަނޑަށް ޔާމީނު ކަތިލަނީ .އެމްޑީޕީ ދެ ފެކްޟަން ނުތަނަވަސްކަން ކުޑަކުރަން ކުޅޭ ސިޔާސީ ހުކުމެއް މިއީ އަވަސް އަރުވައިގެން މިހާކަށްވަރަށް ބަޔކު ޖުޑީޟަރީ އަށް އަތްބާނާނީ.ޖުޑޫޟިއަރީ އަށް ނުފޫޒު ފޯރުވާ ވަރު މިހިރީ ހުކުމް ވެސް އަވަސް އަރުވާލަނީ ކީކޭ ދެން ބުނާނީ

    44
  10. އހ

    ހެކި ބަސް ވެސް ގޯސްކޮއް ނެގީ އަދީބު އާއި ޒިޔަތުގެ ހެކިބަހަކީ އަސްލު ސައްހަ ޝަރީއަތަކުން ބަލައިގަންނާނެ އެއްޗެއްނޫން އަދި މާފަހުން ނިމިފަ އޮއްވަ ނެގި ހެކިބަސް އެއީވެސް ސައްހައް އެއްޗެއްނޫން

    47
    • ޙެހެހ

      ޢެމްޑީޕީ ކޮށްފިއްޔާ އިންސާފް

      17
  11. ކޮބަޑި

    ސޯލިބޭ މިހާރު މޭކެކޭނެ ބިރުން.

    38
  12. ރަބަރޭ

    ތިޔަ ޔާމީނު އެމްއެމްޕީއާރުސީގެ ލާރިގަނޑުން ވަންކަން ކުރިއަސް ޑޮލަރު ގަތަސް އެކައުންޓަށް ފައިސާ ވަނަސް ދޫވެއްސަށް ފައިސާ ވަނަސް ޔާމީނުއަށް ހުކުމް ނުކުރާނެ

    2
    23
  13. ކަރަންޓޭ

    ބޭހާއިނުކުޅޭތިބަޑި ނޭގިހުއްޓާ އަދައިދާނޭ ގޭމަކޮޔާފިހިދާނޭ
    މީވަރަށްގިނަވާހަކަ

    47
  14. ޙާދީ

    ކެރަފާ ސޮރު އެހެލަން ވާއިރަށް ޕާޓީ ކުދިންނަށް ހަދިޔާއެއް ދޭން ކިނބޫ އެއުޅުއްވަނީ. އެއީ ޔާންޓޭ ގުރުބާނަށް ދިނުން...ޔައުނީ ޖަލަށް ކަހާލާ 2023 ގެ އިންތިހާބު ދޮވެލުން...

    12
  15. ނާދިރާތަ

    ނަޞާރާއިންނާ ޔަހޫދީންނާއި ބުދު ދީނުގެ މީހުންނާއި މިފަދަ މާދީނީ މީހުން ރައީސް ޔާމީން ދެކެ ވަރަށް ޖެހިލުންވާނެ.

    19
  16. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    އެމްޑީޕީ އަކީވަލު ކުއްތާތަކެއް ފަދަބައެއް މީތިވަރަށްސާފް ފަހަށްނުވިސްނާ ބޭއިންސާފް ނުކުރާތި

    16
  17. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ 9305205

    އަދީބު އަކީ ޔާމީން އިންނެވި ފިނިފެންމާ ލޯންޗް ގޮއްވާލާ ޔާމީން އަވަހާރަ ކޮށްލަން އުޅުނު މީހެއް. މިވަރު މީހެއްގެ ހެކިބަސް ޤަބޫލް ކޮށްފިނަމަ ޔާމީން އަށް ސަޕޯޓް ކުރާ މީހުން އިބޫ ކިބައިން ބަދަލު ހިފާނެ.

    22
  18. ކެޔޮޅު

    ޔާﷲ ނާއިންސާފު އަނިޔާވެރި ހުކުމް ކަރާ ފަނޑިޔާރުން ދުނިޔެމަތީގައިވެސް ވޭންދެނިވި ހިއްޕެވުމަކުން ހިއްޕަވާންދޭވެ އަދި އާހިރަތުގައި އެބައިމީހުންނައް ނަރަކައިގެ ގަދަފަދަ އަޒާބު ވާކަންކަށަވަރެވެ.

    21
  19. ޖާބެ

    އިބޫ ކަމަކައްރެޑީވާކޮންމެފަހަރަކު ޔާމީން ބައިންދަނީ ކޮނމެވެސްކަމެއްގަ ޑިސްޓްރެކްކޮށްފަ މުޅިން އޮފެންސިވްގަ ތިޔަ އުޅުއްވަނީ ޔާމީން

    9
    1
  20. ނަން

    ސޯލިވެރިކަމާހެދި ބިކަވަނީ 4 އަހަރުން އަޅަންބުނި ބުރިޖުވެސް ބިލާހަކަށްވެ މިބޭ ދެންއަންނަދައުރަށް ނުހޮވި ކުރިވަށްކަންތަށް ފަޅާއަރާ މުސްކުޅިވިދުވަހު ޖަލަށްދިއުމަކީ ހާދަހާދެރަކަމެކޭ ބޭބޭ ޔާމީނަށްދެންވެސް ވެރިކަންލިބޭނެތީ ހުރިހާކަމަކުން ރ ޔާމީނަށް ހުކުމްކުރަނީ ސަދޫމުގެހުކުމް ބޭބެއަށްވެސް މިދުވަސްއަންނާނެ އަންނާނެޔޯ.

    16
  21. މަގޭބުނީ

    ކޮށް ފިނަމަ ހުތުރު ހުކުމެއް ޔާމީނުއަށް
    ގޮއްނުޖެހި ނުދާނެ މިގައުމުގެ ހިންގުމައް
    ކުރާނެހުކުމެއް ކުރޭ!! އެކަމަކު ފަހުން ވެވިގެން އަންނަ ހުކުމާމެދު ކެތްކޮށްލަން ޖެހޭނެ. އެހުކުމަކުން ނުރެކެވޭނެ
    ހުކުމެއް ވެވޭދުވަހު ދާނެ ވަލެއް ނޯންނާނެކަން ޔަގީން.

  22. ދަހިމިޔަރު

    މިހާރު އިންނާނެވޮށިމަސްމިޔަރު މަސްގަނޑައް ބަލަހައްޓައިގެން އިންނަހެން ދަހިލަވާފަ ކަލޯކިތަންމެވަރަކައް ކާންއުޅުނަސް ރޯދިކުރެއްވިއްޔާ ކެވޭނީ ކިތަންމެ ބޮޑައް އަނގަހުޅުވައިގެން އިނަސް ނުވެއް ކެވޭނެ

  23. ކާފަބޭ2020

    ޞައްދާމް އީދުދުވަހު ރައީސްޔާމީން ކުރިސްމަސްދުވަހު ދެން؟؟؟؟؟؟

    7
    1
  24. ރާއްޖެތެރެ

    އަދާލަތު ޕާޓީ އިންޑިޔާއިން ގަނެލީ.