މާލޭގައި ހިންގި މާރާމާރީގައި ބޭބެގެ ގަޔަށް ވަޅި ޖެހީ 25 އަހަރުގެ އަންހެން ކޮއްކޮގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ހެންވޭރު ގެއެެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 37 އަހަރުގެ މީހެކެވެ. އޭނާއަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާވެސް ދީފައި ވެއެވެ.

އަދި މިހާތަނަށް ބެލި ބެލުމުން މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތު ކުރެވޭ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލޮ

    ތޫ

  2. މަ

    ކޮބާހޭ ޤާސިމްގެ އަންހެން ދަރި؟؟