އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލަ ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުނު ފަހުން ޖެހިގެން އައި ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސް ވަނީ ގޮވާލައްވައިފައެވެ.

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް އައްބާސް ކުރެއްވި ޓުވީޓުގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށްވެއެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ކުރި ޓްވީޓުގައި ވަނީ އެ މައްސަލަ ބެލުމަށް ގޮވާލައިފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ތަކުރާރުކޮށް ކުރަމުންދާ ކަންކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ޓުވީޓުގައިވެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެ މައްސަލަ ކުށްވެރިކޮށް ކުރި ޓުވީޓުގައި ވަނީ އިންޑިއާ ހައި ކޮމިޝަނުގައި ރޯކުރަން ގޮވި މައްސަލަ އިދާރާތަކުން ތަހުގީގުކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ކުރި ޓްވީޓުގައި ބުނީ ޕީޕީއެމްގެ މެމްބަރެއް އަދި ކުރީ ސަރުކާރެއްގެ އޮފިޝަލެއް ކަމަށްވާ އައްބާސް، އިންޑިއާ އެމްބަސީގައި ރޯކުރަން ގޮވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އިންޑިއާއަކީ އަހަރެމެންގެ އެންމެ ގާތް އަަވަށްޓެރި އަދި ކޮންމެ ވަގުތެއްގައި ވެސް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް،" އެމްޓީޑީގެ ޓްވީޓުގައިވެއެވެ.

އައްބާސް ވަނީ ކުރީގެ ސަރުކާރުގައި ކަސްޓަމްސް ކޮމިޝަނަރުކަމާއި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަދާ

    އިންޑިޔާ ސަރީރުގެ ނުފުރުއްޕާން ވަރަށްވެސް ބޮޑު! ނޫސްވެރިންނާ ފަޑިޔާރުން ސަފީރުގެ ގެއަށް ގެންދަން ޖެހެނީ ކޮންސަބަކާހުރެތޯ!ސަފީރުވެސް ގައުމެއްގެ ދާޚިލީކަންތަކުގެ ތެރެއަށް އަތްފައިބާނަމަ މީހުންގެ ނުރުހުން އަމާޒުވާނެ! އެމްއާރއެމް ތީ ދެލައްކަ މެމްބަރުންގެ ޕާޓީއެއް !

    19
    2
  2. ޢަހޫތަ

    ފުއްގިރި ވަގުންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީބާ.

    5
    10
    • Anonymous

      ކޮވިޑުބަލިމީހުންގެ ވެންޓިލޭޓަރ ވަގުން ދިވެހިކަނޑުގެ ބައިތައް ވިއްކާ އަންބޮނޑި ބޮޑުކުރާވަގުން، ނިކަމެތި ރައްޔިތުން ފިލައިގެން ރައްޔިތުންގެ ލޭބޮމުންދާ މިހާރު މިގައުމު ހިންގަމުންދާ ޓެކްސްޕޭޔަރ އައްދާރުންގެވެސް އެއްވެސް ލަދެއް ހަޔާތެއް ހިުރިތަން "އަޚޫތަ" އަށް އެބަފެނޭތަ، ކަލޭހުރީ 5ހިއްސު ސަލާމަތުންތަ؟؟ ހުސް އެއްކޮޅެއް ތިފެންނަނީ؟؟؟

  3. ލަކީ

    ހެހެ މަ ހަމަ ބުނާ ގޮތަށް ޔާމީނު އިންޑިޔާ ހިފާނެ

    3
    6
    • އާދަނާ

      މުޅިގައުމުގަ ހުޅުޖެހި އަމިއްލައެދުމުން ފޯވެފަތިބި ގުންޑާއިންނަށް ފުރަތަމަ ޓެރަރިޒަމް ދައުވާކުރަންވީ! ދެން އޭގެފަހުގަ ތިކަހަލުގެ ގަޅިބަކަރިތަކަށް!!!

  4. Anonymous

    ތީ ޔާމީނު ބުނެގެން ކުރި ކަމެއް. ތިމީހުންގެ މައްޗަށް ޓެރަރިޒަމުގެ ދަޢުވާކޮށް އުމުރަށް ޖަލަށް ލާންވީ.

    3
    11
  5. ޑައެލޯގް

    އަހަރުމެން ޕީޕީކުދިންވެސް އެކަހަަ ކަންކަމަކަށް ތާއިދެއްނުކުރާނަމެވެ. އައްބާސް ކީއްކުރަން ޔާމީނުވެސް އެގޮތަށް ބުނެފިނަމަ އެއީ ގޯހެއްކަން ބުނަން އަހަރުމެން ޕީޕީކުދިންގެ ގަޓްހުންނާނެއެވެ. އެމްޑީޕީމީހުން ބުނާހެން ބޮކެއްވިޔަސް ވޯޓުދޭނީ ކުލައަށެވެ. އެހެން އަހަރުމެން ވޯޓުނުދޭނަމެވެ. އައްބާސް އެގޮތަށްބުނުންއެއީގޯހެކެވެ. އަދި ކުއްވެރިކުރަމެވެ. އެކަމަކު އައްބާސް އެވިދާޅުވީތެދެކެވެ.

    16
    2
  6. Anonymous

    ކިހިނެތް ތިކަން ސާބިތު ކުރާނީ މީހުންގެ އެކައުންޓް ހެކްކޮއްގެން ތިކަހަލަ ކިތައްމެ ކަންތައް ކޮއފަ އެބަހުރި. ވެބްސަިއިޓް ތައްފަޅަިއިގެން މެއިން ޕާޖްގަ ބޭނުންހާއެއްޗެއް ލިޔެހަދާފަ އެބަހުރި.

    6
    1
  7. އަހުމަދު

    ހުޅުޖެހުމަހަށް ގޮވުން މައްސަލަ އަކަށް ވެފައި 7 ފެބުރުއަރީ ގައި ހުޅުޖެހުން އެއީ ބަތޮލުންނަށް ވީމަ މިކިޔަނީ ކީކޭ؟

  8. Anonymous

    ކޮވިޑުބަލިމީހުންގެ ވެންޓިލޭޓަރ ވަގުން ދިވެހިކަނޑުގެ ބައިތައް ވިއްކާ އަންބޮނޑި ބޮޑުކުރާވަގުން، ނިކަމެތި ރައްޔިތުން ފިލައިގެން ރައްޔިތުންގެ ލޭބޮމުންދާ މިހާރު މިގައުމު ހިންގަމުންދާ ޓެކްސްޕޭޔަރ އައްދާރުންގެވެސް އެއްވެސް ލަދެއް ހަޔާތެއް ހިުރިތަން "އަޚޫތަ" އަށް އެބަފެނޭތަ، ކަލޭހުރީ 5ހިއްސު ސަލާމަތުންތަ؟؟ ހުސް އެއްކޮޅެއް ތިފެންނަނީ؟؟؟

  9. އާދަނާ

    މުޅިގައުމުގާ ތިމަންމެންހުޅުޖެހިވާހަކަ ދެއްކީމަ އެއީ ގައުމުތަކާޖެއްސުމެއްނޫން، މުޅިގައުމު އަންދާލި ހީލަތްތެރި ވަގު ލާދީނީ ފިރިހެންކުޅި ތެޔޮބިޑި ބަނގުރާބޯ ޕާޓީ މިގައުމުގެ ވުޖޫދައިން ފޮހެލެންޖެހޭ!

  10. އާތިފް

    މިމީހަކު މިހާރު ކިތައްފަހަރު މިކަހަލަ ވާހަކަ ދައްކާގެން ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފިތަ. ތަހްގީގެއް ހިންގާލާނެ ވަރުވެސް ނެތީ މިއީ އިންޑިއާގެ އެޖެންޑަކަށް ވާތީތޯ، މިރިޒާގެ ވާހަކަ އަބަދުވެސް މިލެވެލްގައި ހުންނާނީ. އިންދިއާއިން އެހެން ތަންތަނުން އެއްްޗެތި ހޯދަން ގެންގުޅޭ ވަގެއްމީވެސް