އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ހިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

މާފުށި ޖަލުގައި ބޭއްވި އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ، ޕްރިޒަން ރިފޯކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބަލައިގެން ކަމަށެވެ. އެގޮގުން ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށާއި، ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗަރ ގާއިމުކުރުން ކަމަށާއި، ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށް ވިދާޅުވިއެވެ.

އިިމްރާން ވަނީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 ޕަސެންޓް އޮފިސަރުން އިތުރުކުރެވުނު ކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އޮފިސަރުން ހޯދައި، 40 ޕަސެންޓަށް އަދަދު އިތުރު ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އޮފިސަރުން ތަމްރީން ކުރުމަށް އިސްކަން ދެއްވާ ކަން އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވީނަމަވެސް، ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް 220 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީ ޖަލުގައި ހެދުމަށް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަން ފާހަގަކުރައްވައި، ވިދާޅުވީ އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ތެރޭގައި ފުރިހަމަ ކުރި މި ތަމްރީން ޕްރޮގްރާމަކީ މުސްތަގްބަލަށް އެޅޭ ބިންގަލެއް ކަމަށާއި އެއީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގުމުރި

    އެތަން އަޖުމަބަލަން ކަލޭ ފުރަތަމަލާންޖެހޭ އޭގެ ފަހުގަ ސޯލިހަށް ދައުވަތުއަރުވަން.

    25
    1
  2. ޣަގަ

    ގައުމާ ދީނައް ގައްދާރު ވިކަލޭގެ.

    24
    1
  3. އަފީ

    ތި ހިދުމަތްތައް ދިގު އުމުރަކަށް ލިބިގަންނަން ތައްޔާރުވެ!

    14
    1
  4. ރަން ރީނދޫ

    އަންނަ އަހަރަށް ފޮށިތަންމަތި ރެޑީ ކުރޭ. ކިތާބީ ހެކި ހަމަ ބުރިކޮއްގެން ވިޔަސް މިފަހަރު ޖެހޭނެ ދައްކަން.

    11
    1
  5. އަލީ

    ތައްޔާރައް ތިބޭތި ކަލޭމެން!!

    10
    1
  6. ކަޅާހުދު

    ކަލެއްށް ކުރެވޭނެކަމަކީ ސަރުކާރު ދަވާލެވޭނީ ޤައުމު ވިއްކާލުމުގައި ބައިވެރިވެވޭނީ ފާސިދުންގެ ހެކިބަހާއެކު ނުހައްގުން ހުކުން ކުރުމަށް ތަރުހީބުދެވޭނީ ފަހެރިކޮބާ އެމައްސަލަ ނުބަލާނަްދޯ

    8
    1
  7. އަބާން

    ކަލޭމެން ވަންނަން ވާއިރައް ނަލަކޮއް ރީތިކޮއްލާ އަވަހާ، ނެތް ދުވަހެއް

    4
    1
  8. Anonymous

    ﷲއިރާދަކުރެއްވިއްޔާ ކަލޭ ތިތަނަށްލާނެ.

    4
    1
  9. ލޮލްބެ

    ލޮލް..ލޮލް