ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން މައާފަށް އެދިވަޑައިގެންފިއެވެ.
ރައީސް މައާފަށް އެދިވަޑައިގަތީ ރިލްވާނާއި ގުޅޭ ގޮތުން ގދ. މަޑަވެލީގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުންނެވެ. އެގޮތުން މަޑަވެލީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިލްވާން ނިޔާވެފައިވާ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
ނަމަވެސް މިއަދު މެންދުރު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާނާއި ގުޅޭ ގޮތުން މަޑަވެލީގައި ދެއްކެވި ވާހަކަައިގެ މައިގަނޑު އަސާސަކީ ކުރީގެ ނައިބު ރައީސް އަދީބު އަހުމަދު އަދީބު ދައްކަވާ ވާހަކައަކީ އަސާސެއް ނެތް ވާހަކައެއް ކަން ހާމަ ކުރެއްވުން ކަމަށެވެ.
އަދި އެމަނިކުފާނު ދެއްކެވި ވާހަކަ ރައްޔިތުންނަށް އޮޅޭ ގޮތަށް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ކަމަށާއި އެ ވާހަކަތަކަކީ އެއްވެސް ހާލެއްގައި ރިލްވާންގެ މަރު ސާބިތު ކުރުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ޝަރުއީ ގޮތުން މީހަކު މަރުވިތޯ ނުވަތަ ނޫންތޯ ނިންމާ މީހާ ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"ﷲ ގެ ރަހުމަތުން، އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ. އަޅުގަނޑުމެންނަށް އޭނަ ހޯދޭނެވެސްމެ" ރައީސް ވިދާޅުވިއެވެ.
ރިލްވާނުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިލްވާން ހޯދުމަށް ވަޒީރުންގެ ލެވަލްގައި ފެށި މަސައްކަތް ހުއްޓުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށެވެ.
"މިކަން މިހެން ހިނގާފައިވާ ކަން އޭރުގެ ކެބިނެޓްގައި ތިއްބެވި ހުރިހާ މިނިސްޓަރުންނަށް އެނގޭނެ ކަންވެސް މިފުރުސަތުގައި އަޅުގަނޑު ފާހަގަކުރަމެވެ. އަދި ރައީސް ޔާމީން ރިލްވާން ގެއްލުވާލި މައްސަލަ ބަލަން އިސްކަން ދޭން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީއާއި، އަދި މިއަދާ ހިސާބަށް އައިއިރުވެސް ތަހުގީގުވެސް ފުރިހަަމަވެފައި ނެތުމާއި އިންސާފު ލިބިފައި ނުވާތީ އެކަމުގެ ޒިންމާ ނަގައި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ރިލްވާނުގެ މައްސަލަ ތަޙުޤީޤު ކުރުމުގެ އެއްވެސް މަސައްކަތެއް ކެބިނެޓުން ކޮށްފައި ނުވާކަމަށާއި އެއީ ފެށުނީންސުރެ ވެސް ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވާ މައްސަލައެއްކަމަށެވެ.
ހަމައެހެންމެ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ރިލްވާނުގެ މައްސަލަ އަދި އެނޫންވެސް ފަރާތްތަކުގެ މަރުގެ މައްސަލަވެސް ބެލެން ޖެހޭނެކަމަށާއި އެހެންނަމަވެސް، އެއީ ކެބިނެޓުން ކޮމިޓީއެއް ނަންގަވައިގެން ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
މި ފެންވަރުގެ މީހަކު ދައްކާ ވާހަކައަކީ، މިއަދު ނޫސްތަކުގައި "ނިއުސް ވާތީ" އެއްޗެއްސަށްވެފައިވާކަމަށާއި، އެފަދަ ފަރާތްތަކުން ދައްކާ ވާހަކަ، މިއަދު އެނބުރި އަންނަނީ ރައީސް ޔާމީނަށް ކަމަށް ވެސް، އެމަނިކުފާނު މިއަދު ވިދާޅުވުއެވެ.
އަދި، އިންތިޙާބު ގާތްވެފައިވާ މިފަދަ ދުވަސްވަރެއްގައި މިފަދަ ކަންކަން ހިނގާ މިންވަރު އިތުރުވެގެން ދާނެކަމަށް ވެސް، އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައިީސް ޔާމީން ވަރެއްނެތް
ޢެފަދަ ނުބައިކަންތަކުން ޔަގީނުންވެސް ސަލާމަތެއް ނުވެވޭނެ އިރާދަކުރެއްވިއްޔާ ދުނިޔެމަތީގަވެސް އެކަމުގެ ސޒާ ދައްކަވާނެ
މީނާ ހަމަތަ؟
އޭނާ އަދި މަރެއް ނުވޭ! އޭނާ އެބަ ހަނާއަޅާ!
އެކިފަހަރު އެކިވާހަކަ ޕޮލިހުން ހޯއްދަވާނެ ދެއްތޯ؟ ވޯޓަށްވީމަ ނުފުރޮޅާ އެއްވެސް ގަލެއް ނުބާންދާނަން! ވަރަށް އިހުމާލު ހާލަތުއް ޒަރޫރާ އިހުމާލު