ޅ. ހިންނަވަރު ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 66.48 އިންސައްތަ ނިންމާފައިވާ ކަމަށެވެ.

އަދި އެއްގަމުތޮށި ލުމާއި ބޭރުތޮށި ލުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ރ. ޔާމިން ގެ ދުރުވިސްނުންފުޅުން އިންވެސްޓް ކުރެއްވި މަހާ ޖައްރާފު ގެ ސަބަބުން ލިބޭފައިދާ ތައް ގިނަ ގުނަ.