އާ އަހަރާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސްރީ ލަންކާއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު މިއަދު ހެނދުނު ލަންކާއަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަޑައިގަތް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ނުރަސްމީ ދަތުފުޅުއްގައި ރައީސް، ލަންކާއަށް ވަޑައިގެންފައިވާއިރު، ލަންކާގެ މީޑިއާތަކުން ބުނީ، ރައީސް އެގައުމަށް ވަޑައިގެންފައިވަނީ ރާއްޖޭގެ އިގްތިސޯދު ކޮވިޑް-19ގެ ކުރީގެ މިންވަރަށް އިޔާދަ ކުރެވިއްޖެކަން އިއުލާނު ކުރިތާ އެއް ދުވަސް ފަހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަނެއްކާ ކީއްކުރަންބާ…ދޭދޭ މީހުން ކިޔާ އާ އަހަރަށް ލަންކާ އިންޑިޔާއަށް މީހުން ގޮސް އުޅެނީ ބިރަކާނުލާ މަޖާކުރާށޯ…

    5
    1
  2. ދަރަނި ދަންތުރަ

    ބޮޑުގެރި ބޭރަށް ހިންގުންޖެބިފައި ، ދިވެހިންގެހަޒާނާ ތަޅާ ރާކޭސް އަރުވަނީ

  3. ކުރަނޑި

    މީނަ ރަށްޔަތުންފެލާފަ ޖީއެސްޓީންވެސް ރަށްޔަތުންނަށް އަސަރެއްނުކުރާނޭ ކިޔާފަ ހޮލިޑޭ ހަދަނީ މީނަހިތުން މީނަ އުމުރުދުވަހު އިންޑިއާގެ އެހީގަ ވެރިކަން ކުރެވޭނެ ކަމަށްހީކުރަނީތަ 2023 ރ ޔާމީން ގެންނާނަން ހަދާހޮލިޑޭއެއް މިހާރު ހަދާ ފަހުން އޮތީ ޖަލު ޖަލު ޖަލު.......ޖަލު.

    5
    1
  4. ޟެރި

    ލަދެއް ހަޔާތެއް ހުރިމީހަކު ރައްޔިތުންގެ ތެކުހުން ޕިކްނިކް ހަދާކައް ނުދާނެ

  5. ޢަނީ

    ޖެހުނީ ކަންތަކާ ކިތައް މިލިޔަން މިފަހަރު ތަޅާލާނީ ރައްޔިތުންގެ ފައިސާއިން

  6. ސޯލޭ

    މުސީބާތެއް ކަހަލަ ބީތާއެއްހުވާ ދެފައި އެއްތާކުނުޖަހާ ދައުލަތް ހުލިއަރުވާ އެތިފަހަރެއް

  7. ކޭކޭ

    ތީ އަބަދުވެސް ކުރާ ކަމެއް.ތިކަމުގެ ފޮރުވިފައިވާ ސިއްރު އެއްމެން ދަނޭ.

  8. ގދ.ގަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ނޫސްބަޔާން

    ރައީސް ލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ގދ.ހަވަރު ތިނަދޫ ޓާޝަރީ ހޮސްޕިޓަލުން މެޑިކަލް ޗެކަޕްއެއް ހެއްދެވުމަށްފަހު ގދ.ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ އަދި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ގދ.ހަވަރު ތިނަޑޫއަށް ވަޑައިގެން ގދ.ހަވަރު ތިނަދޫގައި ހިއްކާފައި އޮތް ބިމުގައި މިސަރުކާރުން އަޅާދީފައިވާ 1700 ހައުސިންގް ޔުނިޓުގެ ތަޅުދަޑި އޭގެ ހައްގުވެރިންނަށް ހަވާލުކުރުން އޮންނާނެއެވެ. ޢަދި 900 ގޯތީގެ ރަޖިސްޓްރީ އޭގެ ހައްގުވެރިންނަށް ހަވާލުކުރުންވެސް އޮންނާނެއެވެ. މަނިކުފާނަށް 5 ވަނަ ދައުރެއް ދޭންވެސް ގދ.ހަވަރު ތިނަދޫ މީހުން ޖާނާ މާލުން ތައްޔާރެވެ. މިރައީސްއަކީ ރައްޔިތުންދެކެ ނުހަނުލޯބިވާ ރައްޔިތުން ގުބޯ ހެއްދުމަށް ދެވަނައެއް ނެތް ރައީސްއެކެވެ

  9. ޓެކްސް

    ޕާޓީކުރަން އުތަ؟

  10. ކަކުނި

    ގައުމުގެ ރައީސަށް ގައުމުގަ އާ އަހަރު ފާހަގަ ނުކުރެވޭ. ދެރަވަރު

  11. ޙާދީ

    ހޭބަލި ވަންދެން ބޯލައިގެން އަންނާތި.....ހައެއްކަ މަހު މި ކޮޅުގަ މަޑުކުރެވޭވަރަށް ޗާޖުކޮށްލާތި.....