ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި މާދަމާ އިހްތިޖާޖް ބާއްވަން ފުލުހުން ހުއްދަ ދީފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މި މުޒާހަރާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާދަމާ ބައްވާ އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ފުލުހުން ހުއްދަ ދީފައިވާ ކަަމަށެވެ.

ހުކުރު ދުވަހު ހަވީރު 4:00 ގައި މުޒާހަރާ ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި މުޒާހަރާ ފަށާ ސަރަހައްދެއް ފަހުން އިއުލާން ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

ޔާމީން ހުކުމް ތަންޒީރު ކުރަނީ ރާއްޖޭގައި ކުރީގެ ވެރިކަން ކުރެއްވި ފަރާތްތަކުން ޖަލަށްލުމުން މީގެ ކުރިން ވެސް ބެހެއްޓެވި ވީއައިޕީ ޔުނިޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރިއްފަތު

    މަވެސް ދާނަށް.

  2. ހުސޭނާދުވޭ

    މާލޭގައި އެއްވެ އުޅެ މުޒާހަރާކުރުމުގެ ގަވާއިދަށް ޕޕޕ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާއިއެކު މާލޭގައި ގާނޫނާއެއްގޮތަށް މުޒާހަރާކުރެވޭނީ އަލިމަސް ކާނިވަލާ އާޓިފިޝިއަލް ބީޗުގަ އެކަނި މުޒާހަރާކުރަން މާލޭގެ އެހެންތަނަކަށް އެއްވުމަކީ ގާނޫނާ ޚިލާފުކަމެއް ގާނޫނީ ކުށެއް

  3. ނާދިރާތަ

    އަމީނީ މަގުގަ ދެކޮޅަށް ދުވަން ހުއްދަ ދިނުމަކީ ދެވޭ ހުއްދައެއް ނޫ. ސަރުކާރުގެ އިޚްލާޞްތެރި ކަމެއް ނެތް

  4. ބުމް

    ހުއްދަނުދީ ކީއްކުރާނީ ފުލުހުންނަށްވެސް އެނގޭ މިސަރުކާރުން ރ ޔާމީނަށް ހުކުމްކުރީ ސަދޫމުގެ ހުކުމްކަން ރ ޔާމީނަކީ މިގައުމުގެ ތަރަށްގީގެ ބާނީ އޭނަ ހަށްޔަރުކުރުމާދެކޮޅަށް މުޅިރާއްޖެ ކެކިއަރާނެ ރަށްޔަތުން މިތިބީ ޖާނާއިމާލުން ރ ޔާމީނަށްޓަކާ ގުރުބާންވެގެން ސޯލިމިކަންދަންނަންޖެހޭ.

  5. ކޮބަޑިބޫމް

    ސޯލިބޭ ގުއިރަށްވާލާނަން މިފަހަރުއަހަރުމެން މިތިބީ ރ ޔާމީނަށްޓަކާ ގުރުބާންވެގެން.