ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 3.4 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ހަ މަސް ދުވަހުން އަނބުރާ ދެއްކުމަށް 999.8 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.7 ބިލިއަން ރުފިޔާގެ ޓީ ބިލެއް އަދި މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 453 މިލިއަން ރުފިޔާ ގެ ޓީ ބިލެއްގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެެއްކުމަށް 333.7 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް އެމިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

މިބިލްތަކުގެ އިންޓްރެސްޓް ރޭޓްތަކަށް ބަލާލާއިރު:

  • * ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓަކީ 4.23 އިންސައްތަ
  • * އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.6 އިންސައްތަ
  • * މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ހުޅުވާލި 453 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓަކީ 3.50 އިންސައްތަ
  • * ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ހުޅުވާލި 333.7 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓަކީ 3.87 އިންސައްތައެވެ.

އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

ޓީ-ބިލްއަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ….

    ސަރުކާރާއި ސަރުކާރާ ގުޅުންހުރި ވިޔަފާރިވެރިންނަށް މިކަމުން ނަހަމަ ފައިދާތަކެއް ލިބުނެއް ކަމަކު މީގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ…
    ޓީ ބިލެއްގެ ސަބަބުން މިގައުމުގައި ކުށްވެރިންނަށް އަދަބު ނުދެވިފައި މައްސަލަ ނުބެލިފައި ވެސް އެބަހުރި

    12
  2. އަލީ

    ކޮއްމެމަހަކު ޓީބިލްނުވިއްކާނަމަމުސާރައެއްނުދެވޭ މިވަރުންވެސް ހަމަޗޮއިސްއެއްމީ ވެރިކަންކުރަން މިގައުމުގެ މިވަރުންވާނީ ދޭބައެއްގެއަޅުންނައް

  3. ކޮރަލް

    ދަރަނި ބިލް ތައް ވިއްކާ ބަޔަކު މުއްސަނދި ވާނެ އެވެ.

  4. ކުއްޓި އިބުރޭ

    ވިއްކާފަބަހައްޓާ.2023 ވަނައަހަރު އިންތިހާބު ކާމިޔާބު ކުރަން ރުފިޔާ އެބަބޭނުންވޭ.ނުފޯރާ ފޮތިން ފޫގަޅާގޮތައް ކަންތައް ކޮންދޭން އެބަޖެހޭ.މުސާރަ ބޮޑުކުރަން އެބަޖެހޭ.2023 ގެ ފަހުން ވާނެ އެއްޗެއް ވާންވީ.މިސަރުކާރަށް ވޯޓް ދީފަ ފަހުން ނުރޯތި.މީ ވަރަށް ވާހަކަ.އެދުވަހަކުން އަދި ކޮމެންޓެއް ކޮށްލާނަން.

  5. މިއަދު

    ދައުލަތުގެ މުއައްޒަފުންނަށްމުސާރަދޭންވެސް މިޖެހެނީ ދައުލަތުން ދަރަންޏަށް ދަރަނިވިއްކަން މިއީފަހެދެން ގައުމެއްހިންގުމުގައި ބޮޑުވަރުދޯ ރައިއްޔަތުންނަށް ހަރާމްކޯރުވިއަސް މިވަރުކުރާކަށްނުވާނެ ޖީއެސްޓީ ބޮޑުކޮށްގެން ރަޢިއްޔަތުން ފެލޭވަރު ކުޑަކަމުން އަދިވެސް އިތުރުގޮތެއްއޮތްތޯބަލާ އެގޮތަކަށްވެސް ފިޔަވަޅެއް އަޅައިގެން ބޮޑުކޯޓެއްލައިގެން އުދުހިލާފަ އަގުބޮޑު ގައުމަކަށްދެވޭތޯބަލާ

  6. ޙަމްޒާ

    ޓްރެޒަރީ ބިލް . މާނައަކީ ޚަޒާނާ ކުރެވޭ ނޯޓެއް . އެ ނޯޓްގައި ލިއެފައި މިއޮންނަނީ މިވެނި މީހެއްގެ އަތުން ސަރުކާރަށް ތިނެއް ޕޮއިންޓް ފަހެއް ނޫނީ 7 ޕޮއިންޓް އަށެއް ރުފިޔާ ނަގައިފީމެވެ. އަދި 6 މަސް ދުވަސް ތެރޭގައި 4 ޕަސެންޓް ނޫނީ 3 ޕަސެންޓް އިތުރުވުމަކާއި އެކު އެފަރާތަށް އަނބުރާ ދައްކާއިރު ދައްކާނަމެވެ.
    ( މިއަށް ލޯނު ނުކިއާ ޓީ ބިލް މިކިއަނީ ރައްޔިތުންނަށް އޮޅުވާލަން ވެގެން )
    ޝުކްރިއްޔާ ރައީސް ޔާމީން