މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ ރ.ފުއްގިރި ކުއްޔަށް ދިން މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.

އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ އިސްގާޒީ އަހްމަދު ޝަކީލެވެ. ޝަކީލް ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ. އަދި އެ މައްސަލަ ވަނީ ގާޒީ އަލީ ނަދީމާ ވަނީ ހަވާލު ކުރައްވާފައެވެ.

އެ މައްސަލަ ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 ގައި ބާއްވާ ގޮތަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކޮށްގެން 1.1 މިލިއަން ޑޮލަރު ޔާމީން ހޯއްދަވައި، އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

ދައުލަތުގެ މި ފަރާތްތަކުގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑަރިންގގެ ދައުވާއެވެ.

ފުއްގިރި މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ. އެމައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ނުބާއްވާތާ މިހާރު އަހަރެއްހައި ދުވަސް ވެއްޖެއެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޫރު

    އެމަނިކްފާންގެ ޤައުމީ ލޯބި ފަނޑު ނުވާނެ. 100 އަހަރު އިތުރަށް ޖެހިޔަސް، އިންޝާ ﷲ ނުކުންނާނެ. ސިޔާސީ ދައުވާ އިން ވާނީ، ފެއިލް.

    58
    6
  2. ނިޔަމި

    ދައުލަތުގެ ހަޒާނާހުސްކޮށްފަ ދިވެހިން ދަރަނިވެރިކުރިޔަސް ރުހުމުގެ ލޮލަކަށް އައިބެއްނޫން
    ބައި އެޅެއްޏާ ހުދު ކާފޫރަށް ވާނެ

    28
    6
  3. ާދަލޭކް

    ވެރިކަމަށް އަންނަން ވެގެން ރައިޔަތުންނަށް ދެއްކީ ވަރަށް ފުރިހަމަ ކޮންސްޓިޓިއުޝަނެއް .ޒީރޯޯޓޮލަރެންސް..ސްޓިކާޖެހުން ކެންސަލް އެތެރޭގެ އުދުހުން އަގު ހެޔޮ ދުނިއެން ބޭރުން ކިޔެވޭނެ.

    34
    3
  4. އާލަމް

    މީ ދެން ތަންފުކެއް ބޮޑުވަރު ދޯ؟ ރިޝްވަތު ނުނަގާ ހަމަ އެންމެ ތަނެއްވެސް ނެތް އަޅޭ! ޔާމީން މީ ފައިސާ ގެ އަޅެއްތަ؟ ހެޔޮނުވާނެދޯ؟ މީހުން ފައިސާ އާއި ހެދި މޮޔަވެސްވޭ އެކަމަކު މިވަރުގެ ފައިސާއަށް މޮޔަވެފަހުރި އިންސާނެއް ދުނިޔޭގެ އެހެންތަނެއްގައި ހުރިހެނެއް ހިޔެއްނުވޭ މި ހަމަ ފާތުމަގެ ޒީލަގަދަކަން.

    17
    37
  5. ބަލަންތިބޭ

    މި ސަރުކާރަށް ވެފައި އޮތް ހަމައެކަނި ކަމަކީ ރައީސް ޔާމީން ފަހާ ދުވުމެވެ. އެހެން އެއްކަމެއްވެސް ނެތެވެ. އެމަނިކުފާނު ފުރޭމްކޮށް މިއަދު ގަނަ ތަޅުވާލެވިދާނެއެވެ. އެކަމަކު އިންޝްﷲ ތިކަމުގެ ހިތި އެބަޔަކަށް ފެންނާނެކަމީ މުޖައްރިބު ކަމެކެވެ. ހަނދާަނަށް އަންނަނީ ތުނޑު ހަސަނާއި މީދާގެ ވާހަކެއެވެ. ކޮކަޑިކައިގެން މީދާ ގަދަވިގޮތެވެ.

    2
    1
  6. ޑަޔަލޯގް

    އިބޫއަށް ތިޔަހުރީ އެމްއެމްޕީއާރުސީގެ ފައިސާހޯދިފައެވެ. ގެއްލުނީ 1000 މިލިއަންރުފިޔާއެވެ. އެކަމަކު ޔާމީނުއެކަނި ފަހާދުވެގެން ލިބޭނީ 2.2 މިލިއަންޑޮލަރެވެ. ޢެއީ 35 މިލިއަންރުފިޔާއެވެ. ބާކީ 965 މިލިއަންނުހޯދޭނެއެވެ. ދެންކުރާނެކަމަކީ ޔާމީނު ޖޫރިމަނާކޮށް އެފައިސާހޯދުމެވެ. އެވެސް އަދި ސްޕްރީމްކޯޓާ ހަމައިންވާގޮތަކުންނެވެ.

    13