ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ޕޯމަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމުމުން، ހުށަަހަޅާ ވަގު ފޯމްތައް މަދުވެފައިވާ ކަމަށް ދައްްކައިފިއެވެ.

އީސީން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ޕޯމަކަށް 10،000 ރުފިޔާއިން އެ ޕާޓީއެއް ޖޫރިމަނާ ކުރަން ނިންމާފައެވެ.

އަދި ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000ރ. ދެވަނަ ފަހަރުން ފެށިގެން 10،000ރ. ޖޫރިމާނާ ކުރަން ފަށަށް ވަނީ ނިންމައިފައެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްހަކަން އިތުރަށް ކަށަަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްެއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މައުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދެވޭ ކަމަށެވެ.

ހަބީބް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށީގެން ފޯމް ހަރުދަނާ ކުރުމަށް ގެނެވުނު ބަދަލާއި ގުޅިގެން، އެ މަހުގައި ޕީތަކުން ހުށަހެޅި ފޯމްގެ އަދަދު، އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ހޫސަހެޅި ފޯމަށް ވުރެ 22 ގުނަ މަދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އީސީން ވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ސިޔާސީ ޕާޓީތަކަށް ވައްދައިގެމް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބުތައް އާންމު ކޮށްފައެވެ.

އެގޮތުން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ދެކޮޅަށެވެ. އެ ޕާޓީގައި ރަޖިސްޓަރީ އޮވެގެން 391 މީހަކު ވަނީ ޝަކުވާ ހުށަހަޅައިފައެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާޟީ

    ވަގެއް ވީމަ އެނގޭނެ ވައްކަން ކުރަންވާ ގޮތް

    1
    2
  2. އަދުރޭ

    ޥަގުން އެނގޭ އެންމެންނަށް.ކޯޓުތަކަށްވެސް