ސ. ހިތަދޫން، ފާތުމަތު ސައުޝަން އަލީ

އެމްޑީޕީން ދެން އެކުލަވާލާ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތުދޫގެ ދެކުނު ރައްޔިތުންނަށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެކި ކަންތައް ކޮށްދެން ވައުދުވެފައި އެބަހުރިކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން އައްޑޫއަށް ކޮށްދިން ވަރުގެ ކަމެއް އެހެން ސަރުކާރަކުން ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އައްޑޫގެ ތަރައްގީއަށް ފެއްޓެވި މަސައްކަތްތައް، ކުރިއަށް ގެންދަން އެމްޑީީޕީ ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޕްރައިމަރީގައި އައްޑޫގެ ތާއީދު ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫއިން އެމަނިކުފާނަށް ލިބޭ ތާއީދަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން ކަމަށާއި އެމްޑީޕީއިން ދެން އެކުލަވާލާ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން އައްޑޫއަށް ގެންނަ ތަރައްގީއަކީ އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް ކުރަން ފަށާފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފޯރި ވަރަށް ބޮޑަށް ގަދަވެ، ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ރަށްރަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    އިބުރާހިމާ ތީތި ކަޑައޭ! އަންނަ ސަރުކާރެއްގައި އައްޑޫ ކޮންމެ ރައްޔިތަކު ސްޓޭޓް މިނިސްޓަރަކަށް ހަދާދީބަލަ. އޭރުންދޯ ކަލޭގެ ވަށައިގެނެ އެއުޅޭ ސަންގޯރުތަކަށް ލިބޭވަރަށް އައްޑޫ ރައްޔިތުންނަށްވެސް ލިބޭނީ

    18
    1
  2. ސީނުކަރަ

    މިފަހަރަ ދެން އަފިރިން އޮޅުވަން ނުކުރާށޭ މަޖުބޫރު

    12
  3. Anonymous

    ކަމޭތިހެންބުނި ކުރީފަހަރުވެސް !!ކަލޭބީތާވެފަހުރީމަ ކަލެއަށްހީވާކަހަލަ އެއްމެންވެސް ތިބީ ބީތާވެފަހެން!

    12
  4. އއ

    ހިތަދޫ މީހުންނަކީ އަމިއްލަ ވިސްނުން ނުހުންނަ ފަހަތުންހިނގާ ބައެއް . ސާލިހު އަލި ދީދީ އާ މޫސާދީގެ ގުރޫޕްގަ ނެތް މިނިވަން މީހަކު ނޫޅޭނެ. މިހާރުވެސް ސާބެ ފަހަތުން ނޫނީ ނިޒާރު ފަހަތުން ބުނާއެތި ގަބޫލުކޮއްގެން އުޅޭނީ.

  5. ނެރު

    މާދަމާ މާދަމާ. މާދަމާ ނެވަރު ކަމްސް.

  6. ގެމަނަ

    ދެންކަލެއަކަށް ވެރިކަމެއް ރަށްޔަތުން ނުދޭނެ 2000 ރުފިޔާ ދޮށީއުމުރު މީހުންނަށްވެސް ދިނީ އަންނި ރ ޔާމީން 3000 ރުފިޔާދިނީ ސޯލިބެއަށް ރަށްޔަތުން އަތުން ލޫޓުވަން ޖީއެސްޓީ ނެގީ ގައުމަށް ކަމެއް ކޮށްނުދެވުނު ޓަވަރުގަނޑެެއްހާހިސާބުވެސް ނޭޅުނު ކީއްކުރާމީހެއް އެނގުނު ކަމަކީ ރޯން ގިސްލަގިސްލާފަ ރޯން،..

  7. މުޙައްމަދު

    އެހެން އަތޮޅަކަށް ގޮސް ހަމަ ތި ލަވަ ކިޔާލާ. 26 އަތޮޅަށް ގޮސް އެއް ލަވައެއް ކީމަ ހުންނާނީ ރަގަޅަށް. ނުދޭނަން ވޯޓެއް.

  8. އެރަށު މީހާ

    އިބްރާހީމް މާދަމާ ބުނާނެ އަނެއްކާވެސް އުފެދުނީ ކޯލިޝަން ސަރުކާރެކޯ، އެހެންވީމަ ކުރިން ބުނި އެތި ކެންސަލްވީޔޯ

  9. ފައްތޭ

    އެމްޑީޕީން "ދެން" އެކުލަވާލާ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުވާނެ: ރައީސް

    މި ޖުމްލައިގަ ދެން އައިސްފާ އިނީމަ ބުނެލަން "ދެންވެސް" އައްޑޫގެ ހިއްސާ ބޮޑެއް ނުކުރާނޭ ނުކުރާނޭ ނުކުރާނޭ އައްޑޫ މީހުން ގުނބޯ ހައްދަނީއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯ އާހހހ!!!