އާރްޓީއެލްގެ ބަސްތަކުން ސޯސަން ރޫޓްގައި ކުރަމުންދާ ބަސް ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ.

މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ދެމުންގެންދާ އެމްޓީސީސީން ބުނީ މި ބަދަލު ގެންނަން ޖެހިފައި ވަނީ ފުލުހުންގެ އެންގުމަކާއި ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ މިއަދު ހެނދުނު 06:30 އިން 13:00 އަށް ގްރީން ޒޯން ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް އަންގާފައިއެވެ.

އެހެންކަމުން އާރްޓީއެލް ބަހުގެ R12 (ސޯސަން ރޫޓް)ގެ ދަތުރުތައް މި ވަގުތުކޮޅު ތެރޭގައި މެދުކަނޑާލެވޭނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، R10 (އޯކިޑް ރޫޓް) ގެ ދަތުރުތައްވެސް މިވަގުތުކޮޅު މަޖީދީ މަަގަަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ 13:00ގެ ފަހުން މަގު އަލުން ހުޅުވުމުން ހުރިހާ ރޫޓެއްވެސް އާންމު ހާލަތަށް އަލުން އިއާދަ ކުރެވޭނެ ކަމަށެވެ.

ފުލުހުން މާލޭގެ ބައެއް މަގުތައް ބަންދުކޮށްފައި ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މާލެ ވަޑައިގަތުމާއި ގުޅިގެންނެވެ.