"ސްމައިލް އޮން"ގެ ނަމުގައި މާލޭގެ ހުރިހާ ސްކޫލުތަކުގައި ކެމްޕެއިނެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

އިއްޔެ ފަށާފައިވާ ސްމައިލް އޮން ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިނެކެވެ.

މި ކެމްޕެއިންގައި މިފަދަ މާހައުލެއް ގާއިމުކުރުމަށްޓަކައި، ދުވަހުގެ ތާވަލުގެ ތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މި ކެމްޕޭންގެ ސަބަބުން ސްކޫލްގައި ފައްސި މާހައުލެއް ގާއިމްކުރެވި އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލް މުޖުތަމައުއެއް ގާއިމު ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ކެމްޕެއިން ފެށުނީ މާލޭގެ ސްކޫލް ތަކުގައި، ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ކެމްޕެއިން ފެށިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު