މިއަދު ހެނދުނު ހޮޓެލް ޖެންގައި ފެށި ކެމްބޯޑިއާ- ރާއްޖޭގެ ބިޒްނަސް ފޯރަމްއަށް ރާއްޖޭގެ ނޫސްވެރިން ގެންދިއުމަށް ފަހު އެ ފޯރަމްގެ ޑިސްކަޝަން ސިއްރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ފޯރަމްގައި ދެ ގައުމުގެ ވިޔަފާރިތަކާ ގުޅޭ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

އެހެން ނަމަވެސް އެ ފޯރަމްގައި ބައިވެރިވީ ކިހާ ބޭފުޅުންނެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ނުބުނެ އެވެ.

އެ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަޑައިނުގެންނެވި އިރު ރާއްޖޭގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެެރިވެލެއްވީ އިކޮނޮމިކްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު މުހައްމަދު އެވެ.

އެ ފޯރަމްއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އިއާދުގެ ކިބައިން މަސައްކަތް ކުރުމުން އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި ރާއްޖެއާ ކެމްބޯޑިއާއާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ޕެނެލް ޑިސްކަޝަން ސިއްރު ކުރި ސަބަބެއް ވެސް އިކޮނޮމިކް މިނިސްޓްރީން ނުބުނެ އެވެ.

ރާއްޖެއާއި ކެމްބޯޑިއާއާގެ ވިޔަފާރީގެ ފޯރަމެއް ބޭއްވި އިރު އެ ގައުމުގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިހާރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގަ އެވެ.

އަދި މިއަދު ވަނީ ރާއްޖެެއާ ކެމްބޯޑިއާއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ. އޭގެ ތެރޭގައ ރާއްޖެއަށް މޭވާއާއި ހަނޑޫ އެތެރެކުރުމާއި އަދި ރާއްޖޭގެ ދަޅު މަހާއި ކަނޑު މަސް އެގައުމަށް އެކްސްޕޯޓް ކުރުމާ ބެހޭ އެއްބަސްވުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖާނޭ

    ތީ ވަރަށް ވަގު ޑޮލަރު ގެންގުޅޭ ޤައުމެއް. ހީވަނީ ކެމްޕޭނަށް ވަގު ޑޮލަރުކޮޅެއް އެތެރެ ކުރަންވެގެން ބިޒިނަސް ފޯރަމް ސިއްރު ކުރީ

    22
  2. Anonymous

    ޓިޔައީ ދިވެހިން ވަގުޑޮލަރ ވިޔަފާރިކުރާ ގައުމު

    13
  3. Anonymous

    ދެގައުމެއްގެ ދެމެދުގައިކުރެވޭ މުއާމަލާތް ނުވަތަ އެގްރިމެންޓް ރައްޔިތުންނަށް ސިއްުރުކުރުމަކީ ރައްޔިތުންނަށް ވެވޭ ވަރަށްބޮޑު ޚިޔާނާތެއް، މީގެކުރިން މިގައުމު ދެކޭފަފަދަ ކަންތައްތަކެއްނޫން، ތިއަށް ބުނެވޭނީ ރައްޔިތުންނަށް ޙަރާމްކޯރުވަނީއޭ ނޫންތަ؟؟ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތް ތިޔަގޮތަށް ސިއްރުކުރެވޭނީ، ތިފަދަ ޖަރީމާއިގެ ސަބަބުން ރައްޔިތުން މިތިބެނީ ބިރެއްގެ ތެރޭގައި

    15
  4. ޙީހޫހަ

    މިހާރު ގައުމު ހާލުގައި ޖެހިގެން ، ކުދި ކޮރަޕްޓް ގައުމުތަކާއި ޑީލް ހަދަނީ...

    15
  5. ރަން ރީނދޫ

    ސިއްރު ކުރަން ޖެހޭނީ އުސޫލު ތަކުގެ ބޭރުން ކަންކަން ކުރަން ވެގެން. ނަތީޖާއަކަށްވާނީ ވައްކަމާއި ކޮރަޕްޝަން. ކުޑަ މޯދީގެ ހުރި ވަގުކަމާއި ،ގައުމު އެކި ގޮތްގޮތުން ދޮވެލުމަށް ހިންގާ ޖަރީމާ މިއީ.

  6. ކަޅު ހުއްތު

    ރައްޔިތުންނާގާތުން،، ތާހިރު، ދެފުއްފެންނަ، އަދުލުވެރި، ވެރިކަމެއް ކުރަންކަމައްބުނެ އެހެންމީހުނާ ދިމާލައް "ވަގުން" ގެ ނަންދީގެން ވެރިކަމައް އައިސަރުކާރައް އެއްކަމެއްވެސް އެބުނިގޮތައް ކުރެވިއްޖެތަ؟ ފަޅެއްވިއްކާލިޔަސް، ބޭސްކޮޅެއް ގެނެޔަސް، ބްރިޖެއްއެޅިޔަސް، މާހާ ދޮގުޖައްރާފެއް ގެނެޔަސް ގައުމީ ސަލާމަތައް ނުރައްކާވާނެތީ އެސޮއެކުރާއެއްޗެއްގެ ދެލިކޮޕީއެއްވެސް އެކަމުގެ ހަގީގަތެއްވެސް ހާމަކުރެވޭކައްނޯވެ. އެކަމު މިވެސްހަމަ....
    މިވަރުނެވެސް އަތްޖަހާ ސަނާކިޔާ ބޮނޑިބަތް ކައްކާމީހުން ހަމަ އެގޮތުގަ

  7. އަހުމަދު ފަޔާޞް 1030

    ކީއްކުރާނީ ރައްޔަތުންގެ އެތައްހާސް ބަޔަކު މިގޮތައްވެސް ރުހި ގަބޫލު ވެގެން އަތްޖަހާ ނަގަނީވިއްޔަ.

  8. ޙެ ހެ

    ޢާންމު ހަނޑޫ އެހެން ގައުމަކުން އެތެރެ ކުރިޔަދޭނެތަ އިންޑިޔާ......ތީ ޖަމަލު ފޮޑި.....އެމް އޯޔޫ....އަމަލު ކުރަން މަޖުބޫރު ނޫން ދަޅަ އެއްބަސްވުން